Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮޕީ ރައިޓް

ކޮޕީރައިޓްގެ ބިލު ފާސްކޮށްފި - ގާނޫނާ ޚިލާފުވެއްޖެނަމަ 300،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް

ހޯމަ ދުވަހު މަޖިލީހުގައި ވަނީ އެ ބިލުގެ މަސައްކަތް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްކުރުން ކުރިއަށް ގެންގޮސްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2024 | ހޯމަ 07:59
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާ

ގާނޫނާ ޚިލާފުވެއްޖެނަމަ 300،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ކަނޑައަޅާ ކޮޕީރައިޓްގެ ބިލު ފާސްކޮށްފިއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުށަހެޅުއްވި ބިލެކެވެ.

Advertisement - newsAdvertisement

އެ ބިލު ފާސްކޮށްފައި ވަނީ ހޯމަ ދުވަހު ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ އިއްތިފާގުންނެވެ. ކޮޕީ ރައިޓް ގާނޫނުގެ ދަަަަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް އަރައިގެންފިނަމަ އެކަމުގެ އަދަބެއްގެ ގޮތުން އެ ކުށުގެ ކުޑަބޮޑު މިނަށް ބެލުމަަށް ފަހު 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ.

އެ ބިލުގައި ވާ ގޮތުން ކޮޕީރައިޓުގެ ވެރިފަރާތުން އެހެން ފަރާތަކަށް ހުއްދަދީފައިނުވާ ނަމަ އެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އާންމުންނަށް ވިއްކުމާއި ކުއްޔަށް ދިނުމަށް ނުވަތަ އެ ނޫންވެސް ބޭނުމަކަށް އާންމުންނަށް ފޯރުކޮށް ދިނުމަކީ މަނާކަމެކެވެ.

ހޯމަ ދުވަހު މަޖިލީހުގައި ވަނީ އެ ބިލުގެ މަސައްކަތް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްކުރުން ކުރިއަށް ގެންގޮސްފައެވެ. ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

ބިލުގައި ބުނެފަވާގޮތުން ކޮޕީރައިޓް ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތް ކުރެވޭނީ އެ އުފެއްދުމެއް ހުށަހަޅައިދޭ ގޮތާއި އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގުސަދަށް ބަލައިގެނެއް ނޫނެވެ.

ހަމައެހެންމެ ލިޔުމުގެ އަސްލީ އުފެއްދުމާއި، މިއުޒިކީ އަސްލީ އުފެއްދުންތައް އަދި އަސްލީ ފަންނުވެރި އުފެއްދުންތައް ކަމަށް ގާނޫނުގައިވާ މާއްދާއަށް ނަންބަރެއް އިތުރުކޮށް އޭގައި އޯޑިއޯ ވިޝުއަލް މަސައްކަތްތައް ވަނީ ހިމަނާފައެެވެ. މީގެ އިތުރުން އޯޑިއޯ ރެކޯޑިންއާއި، ސެޓްލައިޓް، އިންޓަނެޓް، އަދި ކޭބަލް މެދުވެރިކޮށްކުރެވޭ ބްރޯޑްކާސްޓު ވެސް ބިލުގައި ވަނީހިމަނާފައެވެ.

ކޮޕީރައިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަަށްބަލައިގަތީ ވަނީ ޖުލައި ނުވައެއްގައެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި

01 މާރިޗު 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި
28 ފެބުރުއަރީ 2017

ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

28 ފެބުރުއަރީ 2017
ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
26 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

26 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު