Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ގައުމީ މަޖިލީސް

ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކުގެ ދިރަސާކުރުމަށް ކޮމެޓީއެއް ވަނީ އެކުލަވާލަފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2017 | އާދީއްތަ 00:06
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 150 ވަނަ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 150 ވަނަ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިތޯ ދެނެގަތުމަށާއި، އަދި ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ދިރަސާކުރުމަށް އެމްޑީޕީންގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.

މި ދިރަސާކުރުމަށް ކޮމެޓީއެއް ކަނޑައެޅުމަށް، ހޮނިހިރު ދުވަހުގެ ރޭ މާބުލް ހޮޓަލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ޤަރާރު ހުށައެޅުއްވީ އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. ޕާޓީގެ އާ ޗެއާޕާސަން ހަސަން ލަތީފު ފުރަތަމަ ފަހަރަށް ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ގަރާރު ފާސްވީ ބައިވެރިވި 40 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ ވޯޓުންނެވެ.

ގައުމީ މަޖިލީހުގެ 150 ވަނަ ޖަލްސާގައި އްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިތޯ ދެނެގަތުމަށާއި، އަދި ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރަސާކުރަން ފާސްކުރި 10 މެމްބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޗެއާޕާސަން ހަސަން ލަތީފާއި، ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އަންހެނުންގެ ރޫހުގެ ރައީސް ޝިފާ މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ގާނޫނީ ވަކީލް ހިސާން ހުސައިން އެވެ.

ފ. އަތޮޅު ވިއްކުން ހުއްޓުވުމަށްޓަކައި ކުރަން ފެންނަ ކަންކަން ގައުމީ މަޖިލީހުގެ މެމްބަރުން ހިއްސާ ކުރެއްވެވި އެވެ. އެގޮތުން ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެނައުމާއި މުޒާހަރާ ކުރުމާއި ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ޕެޓިޝަން ހުށަހެޅުއްވުމުގެ އިތުރުން މި މައްސަލަ ސައުދީ އެމްބަސީ އަށާއި ސައުދީ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ވެސް ހިޔާލު ހުށަހެޅުއްވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ބަޔާނެއް ނެރެފައި ނިންމާލެވެން ނެތް ކަމަށައި އެކަން ހުއްޓުވުމަށް މަގުމަތީ ހަރަކާތްތައްވެސް ކުރިއަށްގެންދަންޖެހޭނެ ކަމަށެވެ. ބިންތައް ވިއްކުމަކީ ރައްޔިތުން އެދޭ ކަމަކަށް ނުވާތީ، މިކަން ހުއްޓުވަން ނިޔާޒު ހުށަހެޅުއްވި އަނެއް ހިޔާލަކީ އިންޓަނޭޝަނަލް މީޑިއާގައި ކެމްޕޭނެއް ފެށުމެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކަންތައްތައް ހުރިގޮތަށް ބަލާއިރު، ކޮންމެ ފަދަ ގާނޫނެއްވެސް ވެރިކަން ކުރާ ޕީޕީއެމުން ފާސްކޮށްފާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ވިއްކާ ބިންތައް އެމްޑީޕީގެ ވެރިކަމެއްގައި ނެގޭނެ ގޮތަށް އެޕާޓީން ގަރާރެއް ފާސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ގައުމީ މަޖިލީހުގެ އެހެން މެމްބަރުން ހިޔާލުތައް ހުށަހެޅުއްވި އެވެ. އެ ހިޔާލުތަކާއެކު ގޮތެއް ނިންމުމަށް ކޮމިޓީއަށް ކަންކަން އިންތިޒާމުކޮށް ދެއްވާނެ ކަމަށް ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީ ރަސްގެފާނު އަންނަ މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ފ. އަތޮޅު ބައްލަވައިގަތުމާ ގުޅޭގޮތުން އެއްބަސްވުންތަކުގައި ސޮއިކުރައްވަން ވަނީ ނިންމަވައިފަ އެވެ. އެކަމަށް ބާރުލިބޭ ގޮތަށް ރައީސް އަބްދުﷲ ޔާމީންވެސް ވާހަކަދައްކަވާފައިވާއިރު، ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މެމްބަރުންވެސް ގެންދަވަނީ އެކަމަށް ބާރުލިބިދޭގޮތަށް ވާހަކަދައްކަވަމުންނެވެ. މިހާތަނަށްވެސް އެކަން ދޮގުކޮށް ރަސްމީ ގޮތުން ސަރުކާރުގެ ފަރާތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ތޭވީސް ރަށާއި، ރީތި ފަރުތަކާއި، ފިނޮޅުތައް ހިމެނޭ ފ. އަތޮޅު ވިއްކާލައިފިނަމަ އެއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ޤައުމުގެ އަތޮޅެއް ބޭރުގެ ބަޔަކަށް ވިއްކާލެވޭ ފުރަތަމަ ފަހަރަށްވެގެންދާނެ އެވެ. ދުނިޔޭގެ އެންމެ ކޮރަޕްޓް ސަރުކާރުތަކުގެ ތެރޭގައި ހިމެނޭ ސައުދީ ސަރުކާރުގެ އިސްވެރިންނަށް ޤައުމުން ބައެއް ވިއްކާލާކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެ ސަރަހައްދުގައި ޤައުމުގެ ދުސްތޫރުގެ ބާރުވެސް ނުހިނގާނެ ބައެއް ފަރާތްތަކުން ބުނެ އެވެ.

ރައްޔިތުންގެ މެދުގައި މި މައްސަލައާ ބެހޭ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުން ގެންދާ އިރުވެސް ސަރުކާރުން އަދިވެސް މިކަން އޮތްގޮތް ރައްޔިތުންނަށް ސާފުކޮށެއް ނުދެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު