Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފަސް ލަނޑުގެ މޮޅާއެކު އެތުލެޓިކޯ ދެ ވަނަ އަށް

1 ޑިސެމްބަރު 2024 | އާދީއްތަ 06:57

މޮޅާއެކު އެތުލެޓިކޯ ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅުނު 15 މެޗުން 32 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޑިސެމްބަރު 2024 | އާދީއްތަ 06:57
ރެއާލް ވަޔަޑޮލިޑް އަދި އެތުލެޓިކޯ މެޑްރިޑު ކުޅުނު މެޗުގެ ތެރެއިން

ރެއާލް ވަޔަޑޮލިޑް އަދި އެތުލެޓިކޯ މެޑްރިޑު ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗުން ހޯދި ބޮޑު މޮޅާއެކު، އެތުލެޓިކޯ މެޑްރިޑުން ލީގު ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

ވަޔަޑޮލިޑުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެތުލެޓިކޯ އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯ އިން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ކްލެމެންޓް ލެންގްލެޓް އެވެ. އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް ވަނީ އެތުލެޓިކޯގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ދެ މިނެޓު ފަހުން އެތުލެޓިކޯގެ ތިން ވަނަ ލަނޑު ޖެހީ އާޖެންޓީނާގެ ރޮޑްރީގޯ ޑި ޕޯލް އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު ޖެހީ އެންޓޮއިން ގްރީޒްމަން އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އަލްވަރޭޒް އެވެ. މެޗުގައި އެތުލެޓިކޯގެ ފަހު ލަނޑު އެލެގްޒެންޑާ ސޯލޮތު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ.

މޮޅާއެކު އެތުލެޓިކޯ ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅުނު 15 މެޗުން 32 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ބާސެލޯނާ އަށް ލިބެނީ 34 ޕޮއިންޓެވެ. ދެ ޓީމަށް ވުރެ ދެ މެޗު މަދުން ކުޅެގެން، ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 30 ޕޮއިންޓެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް

19 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް
19 މާރިޗު 2017

ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި

19 މާރިޗު 2017
ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި
14 މާރިޗު 2017

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
06 މާރިޗު 2017

ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި

06 މާރިޗު 2017
ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި
21 ފެބުރުއަރީ 2017

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް