Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ހިންގުން

ރައީސް މުއިއްޒަށް ގައުމު ހިންގަން އުދަނގޫވެ، ބޮޑު ލަނޑެއް ދީފައިވަނީ އެމަނިކުފާނުގެ އަރިސް ބޭފުޅުން: މެންބަރު ސަމީރު

30 ނޮވެމްބަރު 2024 | ހޮނިހިރު 08:35

ރައީސް މުއިއްޒު ވެސް ކައިރީގައި ތިއްބެވި ބޭފުޅުންނަށް އިތުބާރު ނުކުރައްވާ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ނޮވެމްބަރު 2024 | ހޮނިހިރު 08:35
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ގައުމު ހިންގަން އުދަނގޫވެ، ބޮޑު ލަނޑެއް ދީފައިވަނީ އެމަނިކުފާނުގެ އަރިސް ބޭފުޅުން ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ސަމީރު ވިދާޅުވީ ރައީސް މުއިއްޒަށް އޮޅުވާލައި، ލަނޑެއް ދީފައިވަނީ އެމަނިކުފާނުގެ އަރިސް ބޭފުޅުން ކަމަށެވެ. މިިހާރު ގައުމުގައި ހިނގާ ކަންކަމުގެ ސަބަބުން ރައީސް މުއިއްޒަށް ވެސް ކައިރީގައި ތިއްބެވި ބޭފުޅުންނަށް އިތުބާރު ނުކުރާ މަންޒަރު ފެންނަ ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވައުދުނާމާ ފޮތަށް އިޝާރާތް ކުރައްވައި މެންބަރު ސަމީރު ވިދާޅުވީ އެވައުދު ފޮތުގައިވާ ވައުދުތަކަކީ ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅެއްގެ ހިޔާލާ އެއްގޮތަށް ވެވަޑައިގެންނެވި ވައުދުތަކެއް ކަމަށެވެ. ނަމަވެސް ވެރިކަމުގެ ތަހުތުގައި އިށީންދެވަޑައިގަތުމުން ރައީސް މުއިއްޒަށް މިއީ ހަގީގަތް ނޫންކަން ހާމަވެ، ވައުދުތައް ނުފުއްދޭނެކަން ކަށަވަރުވި ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަަރު ސަމީރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރާއެކު ރާއްޖެއަށް އިގްތިސާދީ ކާރިސާއެއް ގެނެސްފައިވަނީ އެބޭފުޅުން އަމިއްލައަށް ކަމަށާއި، ހިންގަން ނޭނގުމުގެ ނަތީޖާ ކަމަށެވެ.

މެންބަރު ސަމީރު ވިދާޅުވީ އިންތިސާދީ ގޮތުން އެންމެ އުދަނގޫ ދަތިހާލަތެއް ކުރިމަތިވެގެން ދިޔައީ ކޮވިޑް-19އާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކަމަށެވެ. މެންބަރު ސަމީރު ވިދާޅުވީ މުޅި ގައުމު ބަދެވި، އިގްތިސާދީ މައިގަނޑު މަސައްކަތް ކަމަށްވާ ފަތުރުވެރިކަން ބަންދުވެގެން ދިޔައިރު، ވެސް ހަރުދަނާ އުސޫލެއްގެ ދަށުން ރައްޔިތުން ހާލުގައި ނުޖައްސައި، މެނޭޖްކުރި ކަމަށެވެ. އެއީ އެމްޑީޕީގެ އިގްތިސާދީ ހަރުދަނާ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.

ނަމަވެސް ރައީސް މުއިއްޒު ސަރުކާރާއެކު ގައުމުގެ ހާލަތު ބަދަލުވެ، ގައުމު ފަހަތަށްދާ ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް