Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ނުފޫޒު

ސުޕްރީމް ކޯޓުގައި ރައީސް މުއިއްޒުގެ ފޮޓޯފުޅު ހިއްޕުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުން: އިބްރާހިމް ރަޝީދު

30 ނޮވެމްބަރު 2024 | ހޮނިހިރު 05:28

ރައްޔިތުން ބޭނުންވަނީ ފުރިހަމަ ޑިމޮކްރަސީ ކަމަށާއި، ތިން ބާރު ވަކިވެފައިވާ ނިޒާމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 30 ނޮވެމްބަރު 2024 | ހޮނިހިރު 05:28
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާރު މަސައްކަތް ކުރައްވަނީ ސުޕްރީމް ކޯޓުގައި އެމަނިކުފާނުގެ ފޮޓޯފުޅު ހިއްޕުމަށް ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިބްރާހިމް ރަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އެކުލަވާލައި ފައިނަލްކޮށްފައިވަނީ ވަރަށް ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށެވެ. މިއަދު އެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި، މިދަރަޖަށް ގައުމު ވައްޓާލާނެ ކަމަށް އުންމީދު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު ރާއްޖެ މިއޮތީ 2008 ވަނަ އަހަރަށް ވުރެ ފަހަތުގައި ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ފުރިހަމަ ޑިމޮކްރަސީ ކަމަށާއި، ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށެވެ. ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހެއް ނެތް ކަމަށާއި، ރައްޔިތުން ތަމްސީލު ކުރާ ބަޔަކު މިހާރު އެ މަޖިލީހުގައި ނެތް ކަމަށެވެ. މިސަރުކާރުން މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ ބާރު ކަނޑުވާލައި، ގައުމު މިގެންދަނީ ރަސްކަމަކާ ދިމާލަށް ކަމަށާއި، އެފުރުސަތު ނުދޭނެ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާހިމް ރަޝީދު ވިދާޅުވީ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަން ކުރާ ރައީސްއަކީ ރައީސް މުއިއްޒު އައްޔަން ކުރައްވާ ބޭފުޅަކަށް ހަމަޖައްސަވާފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރައްވަނީ ސުޕްރީމް ކޯޓުގައި ވެސް އެމަނިކުފާނުގެ ފޮޓޯފުޅު ހިތްޕުމަށް ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ ނިޒާމު ފުޑުފުޑު ކޮށްލުމަށް ކަމަށެވެ. ދިވެހި ރައްޔިތުންނަށް ލިބުނު އެއްޗެއް ލިބިގެންދިޔައީ ވެސް ގާނޫނު އަސާސީން ކަމަށާއި، ގާނޫނު އަސާސީ ފުޑުފުޑުކޮށްލާއިރު، އެގާނޫނުގެ ދިފާއުގައި ރައްޔިތުން ނުކުންނާނެ ކަމަށެވެ. އަދި މިހާރު ގައުމުގައި ހިނގާ ކަންކަމަށް ބަލާއިރު، ދެން އަންނަ ދައުރުގައި ރައީސް މުއިއްޒު ނުހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް