Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރަޕްޝަން ހުއްޓުވުން

ރައީސް ޔާމީން އިހުސާނަށް - ކޮރަޕްޝަނާއި މެދު މީޑިއާގައި ސުރުހީ ހެދުމުގެ ބަދަލުގައި އެ މަސައްކަތް ކުރެއްވުން މާ ރަނގަޅުވާނެ

ކޮރަޕްޝަންއާއެކު ތަރައްގީއަށް ހުރަސްއެޅި، ވެރިކަން ބަލިކަށިވެގެންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ދާދިފަހުން ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2024 | ހުކުރު 14:55
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ބާރުލާފަ ހޯމް މިނިސްޓަރ އަލީ އިހުސާން ރާއްޖޭގަ ކޮރަޕްޝަން ނައްތާލާ ވާހަކަ ދައްކަވާ ކަމަށާއި މީޑިއާގައި ސުރުހީ ހެދުމުގެ ބަދަލުގައި އެ މަސައްކަތް ކުރެއްވުން މާ ރަނގަޅުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަންއާއެކު ތަރައްގީއަށް ހުރަސްއެޅި، ވެރިކަން ބަލިކަށިވެގެންދާ ކަމަށާއި، މިކަން ހުއްޓުވުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އެ މަނިކުފާނު އެފަދައިން ވިދާޅުވެފައި ވަނީ އެންޓި ކޮރަޕްޝަން ލޯ އެންފޯސްމަންޓު އޭޖެންސީޒް އިން ދަ އޯއައިސީ މެންބަރު ސްޓޭޓްސްގެ 02 ވަނަ މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އައު އީޖާދުތަކާއި ޓެކްނޮލޮޖީއަކީ މުހިންމު ވަސީލަތެއް ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ހުރިހާ މަސައްކަތެއްގައިވެސް ރާއްޖެ ދެމިއޮންނާނެ ކަމަށާއި ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށާއި، ރައްޔިތުންގެ ދުޅަހެޔޮކަން ހިމާޔަތްކުރުމަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ. އިހުސާންގެ އެ ވާހަކަތަކަށް އިޝާރާތްކުރައްވަ ރައީސް ޔާމީން ވަނީ އިޚުލާސްތެރިކަމާއި އެކު މަސައްކަތް ކުރާ ނަމަ އެ މަސައްކަތް ފުލުހުންނާއި ހަވާލު ނުކުރަނީ ކިއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި ސަރުކާރުގެ ހުރި ކޮރަޕްޝަންގެ މައްސަލަތައް ނުބެލިގެން އުޅޭ ސަބަބާއި މެދު ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. ކޮރަޕްޝަންގެ ވާހަކަދައްކާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި މި ސަރުކާރުގެ ވެސް ކޮރަޕްޝަންގެ އެތައް މައްސަލަ އެއް އެބަހުރި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޯ.އައި.ސީއަކީ ކޮރަޕްޝަން ހުއްޓުވުމުގައި ބެސްޓް ޕްރެކްޓިސްތައް ޙިއްސާކުރުމަށް އޮތް ބާރުގަދަ ޕްލެޓްފޯމެއްކަން ފާހަގަަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ގައުމުތަކުގެ މެދުގައި ހަރުދަނާ އެއްބާރުލުމެއް ލިބިގެން ނޫނީ، މިމަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިމަސައްކަތްތަކާއެކު ސަރަހައްދީ ގުޅުންތައް އުފެދި، މުއައްސަސާތައް ހަރުދަނާކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ ކޮރަޕްޝަނުގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދި، ތަރައްގީއަށް ހުރަސްއެޅުމުގެ އިތުރުން ވެރިކަން ބަލިކަށިވެގެންދާ ކަމަށެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ މުސްލިމު ގައުމުތައް އިސްލާމީ އަޤީދާއިން ލާޒިމުކުރާ ގޮތަށް ހާމަކަން ބޮޑު، އަދުލު އިންސާފުވެރިކަމާއި އިތުބާރުގެ މައްޗަށް އުސޫލުތައް ދެމެހެއްޓުމަކީ ވާޖިބެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު