Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް ކެމްޕެއިން ޖަލްސާ

ރައީސް ޔާމިނަކީ ފިނިފެން މަލެއް: މިނިސްޓަރު ސައީދު

18 އޯގަސްޓު 2017 | ހުކުރު 19:29

ފިނިފެންމާ ގަހުގައި އިންދާ އަރާމު ލިބިގަންނަން އިނގެން ޖެހޭނެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 18 އޯގަސްޓު 2017 | ހުކުރު 19:29
މިނިސްޓަރު ސައީދު މިރޭ ޕީޕީއެމް ހަރުގޭގައި ވާހަކަ ދައްކަވަނީ:- ރައީސް ޔާމިނަކީ ފިނިފެން މަލެއްގެ ގޮތުގައި ސިފަ ކުރެއްވި

މިނިސްޓަރު ސައީދު މިރޭ ޕީޕީއެމް ހަރުގޭގައި ވާހަކަ ދައްކަވަނީ:- ރައީސް ޔާމިނަކީ ފިނިފެން މަލެއްގެ ގޮތުގައި ސިފަ ކުރެއްވި

ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަކީ ފިނިފެންމަލެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން ރުމާލު ދޭއް ޖަގަހައިގަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ރައީސް ޔާމިނަކީ ފިނިފެންމަލެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއިރު ފިނިފެން މަލެއް ކަމަށް ސިފަ ކުރައްވަނީ ކިހިނެތް ކަމެއް ތަފްސީލުކޮށް ވިދާޅެއްނުވެ އެވެ. ނަމަވެސް އާންމުކޮށް ފިނިފެންމަލެއް މިސާލު މީހުން ޖަހަނީ އަންހެންކުދިންނަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމިނަކީ ފިނިފެން މަލެއް ކަމަށް ސިފަ ކުރެއްވުމުގެ އިތުރަށް މިނިސްޓަރު ވިދާޅުވީ އެ ފިނިފެން މަލެއް ގަހުގައި އިންނައިރު އޭގެ އަރާމުކަން ލިބިގަންނަން ވެސް އެނގެން ޖެހޭނެ ކަމަށެވެ.

"ފިނިފެން މަލެއް ގަހުގައި އިން ވަގުތު އޭގެ ހަގީގީ އަރާމުކަން ލިބިގަންނަން އެނގެން ޖެހޭނެ. އެ މާ މޯޅިވެ ނެތިގެން ދިޔައީމަ އެއް ނޫނޭ އެކަން ކުރަން ޖެހޭނީ. އިންސާނުންގެ ސިކުނޑިއާ ކުޅޭނެ އެކި ސައިޒުގެ އިބިލީސް. އަޅުގަނޑު ދަންނަވަން މި އުޅޭ އެއްޗަކީ އެ ފިނިފެން މަލަކީ ރައީސް ޔާމިން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ދުނިޔޭގެ ތާރީހު ދައްކާފައިވާ ގޮތުން 2018 ގައި ވެސް ވެރިކަމަށް ވަޑައިގަންނަވާނީ ރައީސް ޔާމިންކަން ޔަގީންވެ ކަށަވަރުވާ ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމިނަކީ ބަތަލެއް ކަމަށް ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ ރައީސް ޔާމީނުގެ ތަހްޒީބީ ސިޔާސަތައް ތާއީދު ކުރައްވައި ޒުވާންނުން ދޭ ހިތްވަރަށް ފަހްރުވެރިވާ ކަމަށެވެ.

ރައީސް ޔާމިންގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗްގެ އާ އިމާރާތަކީ މިނިވަން ކަން ދިފާއު ކުރުމަށް ޖެހޭ ތަނބެއް ކަމަށެވެ. އަދި ނުކުރެވޭނެ ކަމެއް މީގެ ކުރިން ބައެއް މީހުން މިހާރު އެދަނީ ކުރަމުން ކަމަށް ފާހަގަ ކުރައްވައި ބުރިޗްގެ މަޝްރޫއު އާއި އެއާޕޯޓުގެ މަޝްރޫއުގެ ވާހަކަ ފާހަގަ ކުރެއްވި އެވެ.

މާލޭގެ އިރުމަތީ ފަރާތުގައި ބޮޑު މިސްކިތެއް އަލަށް އެޅިގެންދާނެ ކަމަށާއި އެ ބިނާ ވެގެންދާނީ "ރާއްޖޭގެ އިސްލާމް ދީން" ގެ ދިފާއުގައި ހުރިހާ ދުރުމިނަކަށް ދަތުރުކުރަން ވެރިއަކަށް ކެރޭނެ ކަން އަންގައިދޭނެ ބިނާއަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މުހައްމަދު ތަކުރުފާނަކީ ވެސް ރައީސް ޔާމިން ކަމަށާއި ރާއްޖެ މިނިވަން ކުރުމަށް މުހައްމަދު ތަކުރުފާނު ކުރެއްވި ފަދަ މަސައްކަތެއް މިއަދު ކުރައްވަނީ ރައީސް ޔާމިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް