Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޯޝަލް މީޑިއާ

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާ ކުރަން ގާނޫނެއް ފާސްކޮށްފި

ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވި ގޮތުގައި މި ޤާނޫނުން ބޭނުންވަނީ ޒުވާނުން ސޯޝަލް މީޑިއާގެ "ގެއްލުންތަކުން" ރައްކާތެރިކުރުމަށެވެ.

ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2024 | ހުކުރު 06:18
ކުޑަކުއްޖަކު އައިފޯނަކުން ސޯޝަލް މީޑިއާ އެޕްލިކޭޝަން ތަކަށް ބަލަހައްޓައިގެން

ކުޑަކުއްޖަކު އައިފޯނަކުން ސޯޝަލް މީޑިއާ އެޕްލިކޭޝަން ތަކަށް ބަލަހައްޓައިގެން

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ހަރުކަށި ގާނޫނެއް ފާސްކޮށްފިއެވެ.

މި ގާނޫނު ތަންފީޒުކުރަން ފަށާނީ މަދުވެގެން 12 މަސް ދުވަހުގެ ފަހުންނެވެ. ޤާނޫނާ ޚިލާފުވާ ޓެކްނޮލޮޖީ ކުންފުނިތަކަށް 50 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (32.5 މިލިއަން އެމެރިކާ ޑޮލަރު؛ 25.7 މިލިއަން ޕައުންޑް) އަށް ވުރެ ބޮޑު ޖޫރިމަނާއެއް ކުރެވިދާނެ ކަމަށް ގާނޫނުގައި ވެއެވެ.

ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވި ގޮތުގައި މި ޤާނޫނުން ބޭނުންވަނީ ޒުވާނުން ސޯޝަލް މީޑިއާގެ "ގެއްލުންތަކުން" ރައްކާތެރިކުރުމަށެވެ. މިއީ ގިނަ މައިންބަފައިން ވެސް ތާއީދުކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި މަނާކުރުން ތަންފީޒުކުރާނެ ގޮތާއި، މަނާ ކުރުމުން ކުދިންގެ އަމިއްލަވަންތަކަމާއި އިޖްތިމާޢީ ގުޅުންތަކަށް ކުރާނެ އަސަރާ ގުޅޭ ސުވާލުތަކަށް ޖަވާބު ދީފައެއް ނުވެއެވެ.

މިއީ ކުޑަކުދިންގެ ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް ދުނިޔޭގައި ކުރެވުނު ފުރަތަމަ މަސައްކަތެއް ނޫނެވެ. ނަމަވެސް ސޯޝަލް މީޑިއާ ބޭނުން ކުރެވޭނެ އެންމެ ދަށް އުމުރަކީ 16 އަހަރު ކަމަށް ކަނޑައެޅި މިއީ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، ގާނޫނު އަންނަ އިރު ސޯޝަލް މީޑިއާ ބޭނުން ކުރަމުންދާ 16 އަހަރުގެ ދަށުގެ ކުދިންނާއި، އަދި މައިންބަފައިންގެ ހުއްދަ ލިބިގެން ސޯޝަލް މީޑިއާ ބޭނުން ކުރާ ކުދިންނަކަށްވެސް އިސްތިސްނާއެއް ނުދެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮސްޓްރޭލިއާގެ ސެނެޓުގައި ނެގި ވޯޓުގައި ގާނޫނު ފާސް ކުރަން 34 ވޯޓު ލިބުނު އިރު، ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދީފައިވެއެވެ. މި ބިލު ފާސްވުމަށްފަހު، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އަށް ފޮނުވުމުން ހުކުރު ދުވަހުގެ ހެނދުނު އެތަނުން ވެސް ބިލު ވަނީ ފާސްވެފައެވެ.

މި ޤާނޫނުގައި މަނާކުރެވޭ ޕްލެޓްފޯމްތަކެއް ބަޔާންކޮށްފައެއް ނުވެއެވެ. އެ ނިންމުންތައް ނިންމާނީ ފަހުން އޮސްޓްރޭލިއާގެ މުވާސަލާތާބެހޭ ވަޒީރެވެ. ވަޒީރު އެކަން ނިންމެވުމުގައި އީ-ސޭފްޓީ ކޮމިޝަނަރުގެ ލަފާ ހޯއްދަވާނެއެވެ. އީސޭފްޓީ ކޮމިޝަނަރަކީ މި ޤަވާޢިދުތައް ތަންފީޒުކުރާނެ އިންޓަނެޓް ރެގިއުލޭޓަރެވެ.

ވަޒީރު މިޝެލް ރޯލަންޑް ވިދާޅުވެފައިވަނީ 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރާ ޕްލެޓްފޯމް ތަކުގެ ތެރޭގައި ސްނެޕްޗެޓް، ޓިކްޓޮކް، ފޭސްބުކް، އިންސްޓަގްރާމް އަދި އެކްސް ހިމެނޭނެ ކަމަށެވެ. ގޭމިންގ އަދި މެސެޖިންގ ޕްލެޓްފޯމްތައް މީގެން އިސްތިސްނާވާނެއެވެ. އަދި އެކައުންޓެއް ނެތި ވަދެވޭ ސައިޓްތައް ވެސް އިސްތިސްނާވާނެއެވެ. އެހެންކަމުން ޔޫޓިއުބް ފަދަ ޕްލެޓްފޯމްތައް މި ގާނޫނުން އިސްތިސްނާ ވާނެ ކަމަށް ބެލެވެއެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ހަނިކުރުންތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ޓެކްނޮލޮޖީ ބޭނުންކުރާނެއެވެ. އަދި އަންނަ މަސްތަކުގައި އެކި އޮޕްޝަންތައް ޓެސްޓްކުރެވޭނެއެވެ. މި ޕްރޮސެސްތައް އެޕްލިކޭޝަންތަކުގައި ހިމެނުމުގެ ޒިންމާ އުފުލަން ޖެހޭނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ

23 އެޕްރީލު 2017
ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ
18 އެޕްރީލު 2017

އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ

18 އެޕްރީލު 2017
އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ
04 އެޕްރީލު 2017

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު