Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޝަން ހުއްޓުވުން

ކޮރަޕްޝަންއާއެކު ތަރައްގީއަށް ހުރަސްއެޅި، ވެރިކަން ބަލިކަށިވޭ: މިނިސްޓަރު އިހުސާން

28 ނޮވެމްބަރު 2024 | ބުރާސްފަތި 09:15

ރައްޔިތުންގެ ދުޅަހެޔޮކަން ހިމާޔަތްކުރުމަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ނޮވެމްބަރު 2024 | ބުރާސްފަތި 09:15
ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ

ކޮރަޕްޝަންއާއެކު ތަރައްގީއަށް ހުރަސްއެޅި، ވެރިކަން ބަލިކަށިވެގެންދާ ކަމަށާއި، މިކަން ހުއްޓުވުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ލޯ އެންފޯސްމަންޓު އޭޖެންސީޒް އިން ދަ އޯއައިސީ މެންބަރު ސްޓޭޓްސްގެ 02 ވަނަ މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އައު އީޖާދުތަކާއި ޓެކްނޮލޮޖީއަކީ މުހިންމު ވަސީލަތެއް ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިނިސްޓަރު އިހުސާން ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ހުރިހާ މަސައްކަތެއްގައިވެސް ރާއްޖެ ދެމިއޮންނާނެ ކަމަށާއި ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށާއި، ރައްޔިތުންގެ ދުޅަހެޔޮކަން ހިމާޔަތްކުރުމަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ.

އޯ.އައި.ސީއަކީ ކޮރަޕްޝަން ހުއްޓުވުމުގައި ބެސްޓް ޕްރެކްޓިސްތައް ޙިއްސާކުރުމަށް އޮތް ބާރުގަދަ ޕްލެޓްފޯމެއްކަން ފާހަގަަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ގައުމުތަކުގެ މެދުގައި ހަރުދަނާ އެއްބާރުލުމެއް ލިބިގެން ނޫނީ، މިމަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިމަސައްކަތްތަކާއެކު ސަރަހައްދީ ގުޅުންތައް އުފެދި، މުއައްސަސާތައް ހަރުދަނާކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ ކޮރަޕްޝަނުގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދި، ތަރައްގީއަށް ހުރަސްއެޅުމުގެ އިތުރުން ވެރިކަން ބަލިކަށިވެގެންދާ ކަމަށެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ މުސްލިމު ގައުމުތައް އިސްލާމީ އަޤީދާއިން ލާޒިމުކުރާ ގޮތަށް ހާމަކަން ބޮޑު، އަދުލު އިންސާފުވެރިކަމާއި އިތުބާރުގެ މައްޗަށް އުސޫލުތައް ދެމެހެއްޓުމަކީ ވާޖިބެއް ކަމަށެވެ.

އެގޮތުން ހުރިހާ ފަންތިއެއްގައިވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން މަތީ ރާއްޖޭން ދެމި އޮންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އިހުސާން ވަނީ މި ބައްދަލުވުމުގައި ދެއްވާފައެވެ.

މީގެ އިތުރުން މިނިސްޓަރު އިހުސާން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސައުދީ އަރަބިއްޔާއާ ގުޅިގެން، އަންނަ އަހަރުގެ މެއި މަހުގެ 6 އިން 7އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފަތުރުވެރިކަމުގެ ދާއިރާގައި އިންޓެގްރިޓީ އިތުރުކުރުން"ގެ ނަމުގައި ބާއްވާ ޖޮއިންޓް އިންޓަރނޭޝަނަލް ފޯރަމަށް މެންބަރު ހުރިހާ ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނަންފުޅުގަ ދައުވަތު އަރުވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ގާސިމް ހައްޔަރުކުރުމަކީ އަމިއްލަފުޅު ވެރިކަން ހަތިމްކުރެއްވުން: އަމީން

07 އެޕްރީލު 2017
ގާސިމް ހައްޔަރުކުރުމަކީ އަމިއްލަފުޅު ވެރިކަން ހަތިމްކުރެއްވުން: އަމީން
04 އެޕްރީލު 2017

ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން

04 އެޕްރީލު 2017
ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން
01 އެޕްރީލު 2017

ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު

01 އެޕްރީލު 2017
ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު
31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
17 މާރިޗު 2017

އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް

17 މާރިޗު 2017
އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް