Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްވަންއެންވަން

އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް

މީގެކުރިން ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ތޮއްޔިބްގެ ފޯނު އަތުލާފަ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 17 މާރިޗު 2017 | ހުކުރު 16:54
ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް

މިހާރު ރާއްޖޭގައި ގެރުތުރެމުންދާ އެޗްވަންއެންވަން ވައިރަސް އާ ގުޅޭ ގޮތުން ރައްޔިތުންގެ ހއތަކުގައި ވިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ ސޯޝިލަމް މީޑީއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމްގެ ބަންދަށް އަށް ދުވަސް ކްރިމިނަލް ކޯޓުން ހުކުރު ދުވަހު ޖައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމށާތު ދެއްވަމުން ތޮއްޔިބްގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ ތޮއްޔިބްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ސޯޝަލް މީޑިއާގައި އެޗްވަންއެންވަންއާ އެހެނިހެން ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަތައް ދައްކައި، ފަތުރަމުންދާ ކަމުގެ ތުހުމަތު ކަމަށެވެ.

Advertisement - newsAdvertisement

މަހުފޫޒް ވިދާޅުވީ ތޮއްޔިބްގެ މައްޗަށް އެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އެޗްވަންއެންވަންއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތޮއްޔިބް ކޮށްފައިވާ ޓްވީޓެއް ނުވަތަ ސޯޝަން މީޑިއާގައި ދައްކާފައިވާ ވާހަކައެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ރައްޔޕތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެއްދުމަށް ތޮއްޔިބް ދައްކާފައިވާ އެހެނިހެން ވާހަކަތަކަކީ ކޮބައިކަން ވެސް ފުލުހުންނަށް ބުނެެދެވިފައި ނުވާ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.

ސަރުކާރުން ހިންގާ އެކި ކަންކަމާއި ގުޅޭ ބައެއް މައުލޫމާތުތައް ހާމަކުރުމުގައި ހަރަކާތްތެރިވާ ވިސްލްބްލޯވާ ތޮއްޔިބު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބުރާސްފަތި ދުވަހުގެރޭގެ މެންދަމުގެ ވަގުތެއްގައެވެ. ތޮއްޔިބަކީ ކުރިން ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ފަރާތެކެވެ.

ބުރާސްފަތި ދުވަހުގެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ޠައްޔިބު ގެންގޮސްފައިވާއިރު، އަންގާރަ ދުވަހުން ފެށިގެން އޭނާ ދަނީ، ސަރުޚާރުން ފ. އަތޮޅާއި ގުޅޭގޮތުން ސައުދީ ޝާޙި އާއިލާ އާއި އެކު ހަދާފައިވާ ޑިލާ ގުޅޭ ގޮތުން ވަރަށް ގިން ޓްވީޓްތައް ކުރަމުންނެވެ. އަދި މި ޑީލްއާ ބެހޭ ގޮތުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހަސަން މަނިކު ކަމަށް ބެލެވޭ މީހަކު ދައްކާފައިވާ ހަކަތަކުގެ ލީކްވެފައިވާ އޯޑިއޯއާ ބެހޭ ގޮތުން ވެސް ތޮއްޔިބު ވަނީ ގިނަ ޓްވީޓްތަކެއް ކޮށްފައެވެ. މީގެ ކުރިން މި މަހުގެ ކުރީކޮޅު ވެސް ތޮއްޔިބް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު އަތުލާފައި ވެއެވެ. ތޮއްޔިބްގެ އިތުރުން ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫޖަސް ޖަލީލް)ގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަތުލާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު