Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް ހައްޔަރުކުރުން

ގާސިމް ހައްޔަރުކުރުމަކީ އަމިއްލަފުޅު ވެރިކަން ހަތިމްކުރެއްވުން: އަމީން

7 އެޕްރީލު 2017 | ހުކުރު 02:39

ގާސިމް ހައްޔަރުކުރީ ކުރާނެ ނުކުރާނެ ދައުވާއެއް ނޭނގިގެން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 7 އެޕްރީލު 2017 | ހުކުރު 02:39
ޖުމްހޫރީ ޕާޓީގެ ޑެޕިއުތީ ލީޑަރު އަމީން އިބްރާހިމް، މުޒާހަރާއެއްގައި ޤާސިމް އިބްރާހިމާއެކުގައި

ޖުމްހޫރީ ޕާޓީގެ ޑެޕިއުތީ ލީޑަރު އަމީން އިބްރާހިމް، މުޒާހަރާއެއްގައި ޤާސިމް އިބްރާހިމާއެކުގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމަކީ ރައީސް އަބްދުﷲ ޔާމިން އަމިއްލަފުޅު ވެރިކަން "ހަތިމް ކުރެއްވުން" ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ މ. ކުނޫޒު ސަރަހައްދުގައި އިހުތިޖާޖު ކުރަމުންދިޔަ ވަގުތު ރާއްޖެއިން ބޭރުގައި ހުންނަވާ ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރު ކުރެއްވީ އެމަނިކުފާނާ ދޭތެރޭ ކުރައްވާނެ، ނުކުރައްވާނެ ދައުވާއެއް ނޭނގިގެން ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑު ހިތަށް އަރަނީ މިހާރު ގާސިމަށް ކޮށްފައި ހުރި ތުހުމަތުތަކަށް ބަލާއިރު ދެން ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެ ދެއްތޯ ރާއްޖޭގެ ވެރިޔަކަށް ހުންނެވި ބޭފުޅެއްގެ "ހޭބުއްދި ފިލައިގެން" އުޅޭތަން، ކުރާނެ ނުކުރާނެ ދައުވާއެއް ނޭނގިގެން ކޮންމެސް ގޮތަކުން ގާސިމް ހައްޔަރު ކުރެވޭނެ ގޮތެއް ހޯދަން ވެގެން، އެމަނިކުފާނު ހިއްޕުޅަށް އެވަގުތު އެރިއްޔާ އެރި ހުރިހާ އެއްޗެއްހިތަކެއް މިހާރު ތިއޮތީ އެއް ލިސްޓަކަށް ލާފަ، ހަމަ ކޮރަކަލި ތަކެއް މަސް ފައްޗަށް އަމުނާލާ ގޮތަށް އަމުނާލާފަ ތިހުރީ ހުރިހާ ކަމެއް." އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މީހަކު މީހަކާ ދޭތެރޭ ނަފުރަތު ކުރިޔަސް އަދި ހަސަދަވެރި ވިޔަސް ނުވަތަ ހިތުގައި ނުބައި ނިޔަތެއް އޮތް ކަމުގައި ނަމަވެސް މިހާރު ކަންތައްތައް މިދަނީ މާ މައްޗަށް ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ގާސިމް އިބްރާހިމަކީ ރައްޔިތުންނަށް ގެއްލުންތަކެއް ދިނުމަށް މަސައްކަތް ކުރައްވާނެ ފަރާތެއް ނޫން ކަމަށާއި އަދި އެމަނިކުފާނަކީ އެތައް ބަޔަކަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދެއްވަމުން އަންނަ ފަރާތެއް ކަމަށެވެ. އަދި ހަމަ އެހެންމެ ގާސިމަކީ ރާއްޖޭގެ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ގާސިމް އިބްރާހިމް ހައްޔަރުކުރީ ރައީސް ޔާމިނަށް މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ އާއި ރައްޔިތުންގެ ތާއީދު ގެއްލި ކުރިއަށް އޮތް ވޯޓުތަކުން އެމަނިކުފާނު ބަލިވާނެކަން ކަށަވަރުވުމުންނެވެ. އެހެން ކަމުން މިވަގުތު ރައީސް ޔާމިން ކުރައްވަމުން ގެންދަވާ ކަންތައްތައް ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފު ވަމުންދާ ކަމަށް އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވީ މިހާރު ކަންތައްތައް މިދާގޮތުން އިސްލާހީ މަސައްކަތުގައި އުޅުއްވާ ހުރިހާ ފަރާތްތަކެއް ހިފާ ހައްޔަރު ކުރާނެ ކަމަށާއި އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާލެ ވަޑައިގަންންވާ ހިސާބުން އެމަނިކުފާނު ވެސް ހައްޔަރުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަމީން ވަނީ ރައީސް ޔާމިން ކަންތައްތައް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޖޯކު ޖައްސަވައި އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަކީ ވެރިކަން ކުރެއްވުމުގެ އެއްވެސް ހަމައެއް އެނގިވަޑައިނުގެން ބާރުގެ ބޭނުންކޮށްގެން ވެރިކަން ދިފާއު ކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް އަމީން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
17 މާރިޗު 2017

އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް

17 މާރިޗު 2017
އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް