Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމްގެ ކޯޅުން

ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން

ރައީސް މައުމޫނުގެ ވެރިކަމުގައި ގެންނެވި ތަރައްޤީ މިއަދުވެސް ދިވެހި ޤައުމުން ފެނިގެންދޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 4 އެޕްރީލު 2017 | އަންގާރަ 23:12
ރައީސް މައުނޫނާއި ރައީސް އަބްދުﷲ ޔާމީން ސަލަމްކުރައްވަނީ

ރައީސް މައުނޫނާއި ރައީސް އަބްދުﷲ ޔާމީން ސަލަމްކުރައްވަނީ

ރާއްޖެއަށް ދުވަސްވީ ބޭފުޅުން ވެރިކަން ކުރެއްވުމަށް ބޭނުން ނުވާކަމަށް ރައީސް ޔާމީން ވިދާޅު ވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ޕީޕީއެމްއަށް އަލަށް ގުޅުނު ފަރާތްތަކުގެ ފޯމު ހަވާލު ކުރުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުން ނުވާކަމަށް ވިދާޅުވި ވާހަކަފުޅަށް އިތުރަށް ބާރު ލައްވަމުން ވިދާޅުވީ، ދުވަސްވީ ބޭފުޅުން ޒުވާނުންނަށް ފުރުސަތުދޭންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެ މޭރުމުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވަކި އުމުރެއްގެ ބޭފުޅުންތަކަކަށް ވެރިކަމަށް ވަޑައިނުގެންނެވޭ ގޮތަށް ޤާނޫނު އަސާސީއަށް ބަދަލުގެނައީ، އުމުރުން ދުވަސްވީ ބޭފުޅުން ވެރިކަން ކުރެއްވުމުގެ ބަދަލުގައި ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ ވަކި ބޭފުޅެއްގެ ވެރިކަން ދިގުލައިގެންދިއުމަށް ރައްޔިތުން ނެދޭ ކަމަށެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅު އަމާޒު ކުރެއްވީ، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް އިޝާރާތް ކުރައްވާ ކަމަށް ގަބޫލު ކުރެވެއެވެ.

އުމުރުން ދުވަސްވީ ބޭފުޅުންގެ ވެރިކަމަށް ރާއްޖެ ނޭދޭ ކަމަށް ވިދާޅުވެ، ވާހަކަ ފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މައުމޫނު އަބްދުއްޤައްޔޫމަކީ، ޤައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ރައީސް މައުމޫނު ޤައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވިކަމަށް ހުރިހާ ފަރާތްތަކުންވެސް އިއްތިފަޤުވާނެ ކަަމަށެވެ. އަދި ރައީސް މައުމޫނުގެ ވެރިކަމުގައި ގެންނެވި ތަރައްޤީ މިއަދުވެސް ދިވެހި ޤައުމުން ފެނިގެންދާކަަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ތެރެއިން ބައެއް ފަރާތްތަކުން ރައީސް މައުމޫނަށް ފާޑު ކިޔަމުންގެންދާކަމަށާއި، ނަމަވެސް އެގޮތަށް ފާޑު ނުކިޔުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުއްޤައްޔޫމަކީ، ޤައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއިރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ވަޒީރުންނާއި މަޖިލިސް މެމްބަރުން ގެންދަވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ޕާޓީންވެސް ރައީސް މައުމޫނު ބޭރު ކޮށްފައެވެ. ބޭރުކުރެއްވުމަށްފަހު، ކޯޓު އަމުރެއްގެ ދަށުން، ރައީސް މައުމޫނުގެ އޮފީސްވެސް ވަނީ ބަންދުކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު