Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޖަލްސާ

ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު

ސަރުކާރުން މެޖޯރިޓީ ހޯދަން ބޭނުންވަނީ ތާއިދު އޮތްކަން ބޭރު ދުނިޔެއަށް ދައްކަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2017 | ހޮނިހިރު 04:43
ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް

ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް

ކުރިއަށް އޮތް ލޯކަަލް ކައުންސިލް އިންތިހާބުގެ ވޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނެއުމަށްދޭ ވޯޓެއް ކަމަށް ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުފުށީގައި ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިވެހި ރައްޔިތުންގެ "ކަރުތެރެއަށް އަތް ބާނާގެން" ކުރާ ވައްކަމާއި ދެކޮޅުކަން ހާމަކޮށްދިނުމަށް އިދިކޮޅު އިއްތިހާދަށް ވޯޓް ދެއްވަން ޖެހޭ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ޕީޕީއެމަށް ހޯދުމަށް ފަހު ދިވެހި ރައްޔިތުން ތިބީ ސަރުކާރާ އެކުގައި ކަން ބައިނަލްއަގްވާމީ ޖަމިއްޔަތަކަށް "މުޅި ދުނިޔެއަށް" ދައްކަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement
" ކައުންސިލް އިންތިހާބުގައި ނަމަކަށް ވެސް ބައްލަވާނެ ކަމެއް ނެތް، މައިގަނޑު ގޮތެއްގައި ވޯޓް ދެއްވަންވީ ތިލަފަތަށް، މި ވޯޓަކީ ތަރައްޤީއަށް ދޭ ވޯޓެއް ނޫން ކޮންމެހެނެއް، މިއަދު މިދެވޭ ވޯޓަކީ ސަރުކާރުން ދިވެހި ރައްޔިތުންނަން ކުރާ އަނިޔާ ހުއްޓުވުމަށް ދެވޭ ވޯޓެްް،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ވެރިކަން ކުރާ ޕީޕިއެމަށް ލިބިއްޖެނަމަ ކުރިއަށް އޮތް އިންތިހާބުތަށް ނުބާއްވާނެ ކަމަށެވެ. އެބޭފުޅުން ބަހަނާއެއްގެ ގޮތުން ދައްކާނީ ވެސް ރައްޔިތުން ތިބީ ސަރުކާރާއެކުގައި ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.އެހެން ކަމުން ސަރުކާރުންގެ އަނިޔާވެރިކަން ގަބޫލުކުރައްވާ ކޮންމެ ރައްޔިތެއް ޕީޕީއެމާ ދެކޮޅަށް ވޯޓް ދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަކީ އާދައިގެ ވޯޓެެއް ނޫން، ވަރަށް ފަސޭހައިން ވަރަށް ގިނަ ބޭފުޅުން ވިދާޅުވެދާނެ، މިދެން ކައުންސިލް ވޯޓެެއް ނޫންހޭ އެހާ މުހިންމެއް ނުވާނޭ، ނޫން ވަރަށް މުހިންމުކަމެއް، މިއީ ގައުމުގައި މިހިނގާ ކަންކަމާއި ސަރުކާރާއި ދެކޮޅަށް ނެގޭ ވޯޓެއް" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ޕީޕީއެމްގެ ކެނޑިޑޭޓުން އިންތިހާބުވެއްޖެނަމަ ކައުންސިލްގައި އެބޭފުޅުން ތިއްބަވާނީ ސަރުކާރުން ކުރާ ކޮންމެ ކަމަކީ ރަގަނޅަށް ކުރާ ކަމެއް ކަމަށް ބުނެ ސަރުކާރަށް ސަނާ ކިޔަން ކަމަށެވެ. ހައްގު ބަސް ބުނަން ޕީޕީއެމްގެ ކައުންސިލަރުން ފަސްޖެހޭކަން ވޭދެވެދިޔަ ތިން އަހަރު ކަންހިނގަދިޔަ ގޮތާމެދު ވިސްނާލުން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓް ހޯދަން އަންނަން ސަރުކާރު މެމްބަރު ލަދުގަންނަންޖެހޭ. ސަރުކާރަށް ތާއީދު ކުރާ މެމްބަރުންނަށް ވޯޓް ދޭކަށް ނުޖެހޭ. ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލީ ސަރުކާރުން،" ފައްޔާޒު ވިދާޅުވިއެވެ.

މިސާލު ޖައްސާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާ ތަމްސީލް ކުރައްވާ ލ. އަތޮޅުގައި އެންމެ ގިނައިން ތަރައްގީގެ މަސްރޫއުތަށް ފަށާފައި ވަނީ ލ. ގަމުގައި ކަމަށެވެ. ގަމު ކައުންސިލްގެ މެޖޯރިޓީ ސަރުކާރާއި ދެކޮޅަށް އޮންނަ އިރު އެރަށުގެ ތަރައްގީއަށް ކަަންކަން ކުރަން ސަރުކާރަށް މަޖުބޫރު ވަނީ ސަރުކާރުން ކުރާ ގޯސް ކަންތަންތަކަށް ކައުންސިލުން ނޫނަކޭ ބުނެ ސަރުކާރު ޖަވާބުދާރީ ކުރެވޭތީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު