Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ މަސްރަހް

"ސަރުކާރުގެ އަނިޔާވެރިކަމުން" އިމްރާން ޚާން ގެ ސަޕޯޓަރުން ފެށި މުޒާހަރާ ވަގުތީ ގޮތުން ހުއްޓާލައިފި

އާދީއްތަ ދުވަހު ފެށި މުޒާހަރާގައި ހިނގި ކުރިމަތިލުން ތަކުގައި މަދުވެގެން 6 މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2024 | ބުދަ 17:55
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލުން މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސަނީ

ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލުން މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސަނީ

ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ދޫކޮށްލުމަށް ގޮވާލާ ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މުޒާހަރާތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ޕާކިސްތާނުގެ އެކި ހިސާބުތަކުން މުޒާހަރާގެ ބައިވެރިން އިސްލާމާބާދަށް ޖަމާވުމަށްފަހު ފެށި މުޒާހަރާ ވަގުތީ ގޮތުން ހުއްޓާލީ "ސަރުކާރުގެ އަނިޔާވެރިކަމުން" ކަމަށް ވަނީ ބުނެފައެވެ.

މުޒާހަރާ ކުރި ފަރާތްތަކުން އެއްވުން ފެށީ އިމްރާން ޚާން ދޫކޮށް ނުލާހާ ހިނދަކު ވެރިރަށުން ނުދާނެކަމަށް ބުނެފައެވެ.

ގައުމީ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އެޅުމަށް ވެރި ރަށް އިސްލާމް އާބާދުގެ މައި މަގުތަކުގައި ބަރިބަރި އަށް ޝިޕިންގ ކޮންޓޭނަރު ޖަހާފައި ވަނިކޮށް ބައިވެރިން ވަނީ އެތަކެތި ހުރަސް ކޮށް ޑިމޮކްރަސީ މައިދާނަށް ގޮސްފައެވެ. އެހެން ނަމަވެސް އެއާއެކު، ފުލުހުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ކަރުނަ ގޭސް ޖަހާ އެމީހުން ފަހަތަށް ޖެއްސިއެވެ.

އާދީއްތަ ދުވަހު ފެށި މުޒާހަރާގައި ހިނގި ކުރިމަތިލުން ތަކުގައި މަދުވެގެން 6 މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި ސެކިއުރިޓީ އޮފިޝަލުންނާއި އާންމު ރައްޔިތުން ހިމެނެއެވެ.

އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަހްރީކް-އެ-އިންސާފް (ޕީޓީއައި) އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން" މުޒާހަރާތައް "ވަގުތީގޮތުން ހުއްޓާލާފައި" ވާކަމަށެވެ.

އިމްރާން ޚާން އަށް ތާއީދު ކުރާ ފަރާތްތަކަށް އަންގާރަ ދުވަހު ވެރިރަށުގެ މެދުތެރެއާ ހަމަ އަށް ވާސިލުވެވުނު ނަމަވެސް، އިރުއޮއްސެން ވީއިރު ރަޔަޓް ގިޔަރުގައި ތިބި ސަލާމަތީ އޮފިޝަލުން ވަނީ އެމީހުން އެ ސަރަހައްދުން ނެރެ ފޮނުވާލާފައެވެ.

ސަރުކާރުގެ މަސްދަރަކާ ހަވާލާދީ ޕާކިސްތާނު މީޑިއާ އިން ބުނެފައިވާ ގޮތުގައި ފުލުހުން ވަނީ 500 އަށްވުރެ ގިނަ ޕީޓީއައި އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ. އަދި ދާޚީލީ ވަޒީރު ވިދާޅުވެފައިވަނީ މުޒާހަރާގައި މުހިންމު ދައުރެއް އަދާކުރި އިމްރާން ޚާންގެ އަނބިކަނބަލުން ބުޝްރާ ބީބީ އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

ޕީޓީއައި އިން ބުނެފައިވަނީ އެ ޕާޓީގެ އެތައް އެކްޓިވިސްޓުން މުޒާހަރާގެ ކުރިމަތިލުން ތަކުގައި މަރުވެފައިވާ ކަމަށާއި، އެކަން ތަޙްޤީޤުކުރުމަށް ގޮވާލާ ކަމަށެވެ.

ހޮސްޕިޓަލެއްގެ ދެ މަސްދަރަކުން ބީބީސީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި ވަޒަން އަރައިގެން މަރުވެފައިވާ 4 އާންމު ރައްޔިތެއްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

އިމްރާން ޚާން ޖަލުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އޭނާ ވިދާޅުވަނީ އޭނާ ބަންދުކޮށްފައިވަނީ އޭނާގެ މައްޗަށް ސިޔާސީ ދައުވާތަކެއް ކޮށްގެން ކަމުގައެވެ.

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2017

ސުލްހައިގެ މަޝްވަރާތަކަށް ސީރިއާ ސަރުކާރުގެ ވަފްދު ބުދަ ދުވަހު ޖެނީވާ އަށް!

29 ނޮވެމްބަރު 2017
ސުލްހައިގެ މަޝްވަރާތަކަށް ސީރިއާ ސަރުކާރުގެ ވަފްދު ބުދަ ދުވަހު ޖެނީވާ އަށް!
08 ނޮވެމްބަރު 2017

ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކޮށްފި 

08 ނޮވެމްބަރު 2017
ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކޮށްފި 
27 ޖުލައި 2017

ވެނިޒުއޭލާ ސަރުކާރުގެ އިސް 13 އޮފިޝަލަކަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން އަޅައިފި

27 ޖުލައި 2017
ވެނިޒުއޭލާ ސަރުކާރުގެ އިސް 13 އޮފިޝަލަކަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން އަޅައިފި
25 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

25 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު