Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާ މައްސަަލަ

ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކޮށްފި 

8 ނޮވެމްބަރު 2017 | ބުދަ 19:31

މުޒާހަރާ ކުރި ފަރާތްތައް ވަނީ ކެޓަަލޯނިއާގެ ހައިވޭ ތަކާއި އަދި ރެއިލްވޭ ލައިނުތައް ބްލޮކްކޮށް މުޒާހަރާކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 8 ނޮވެމްބަރު 2017 | ބުދަ 19:31
ބުދަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން

ބުދަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން

ކެޓަލޯނިއާއިން މިނިވަންކަން އިއުލާން ކުރުމާއި ގުޅިގެން ސްޕެއިން ސަރުކާރުން މަގާމުން ދުރުކޮށް، ޝަރީއަތް ފަށާ އަދި ޖަލަށް ލާފައިވާ ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް ގޮވާލާ ކެޓަލޯނިއާގެ މިނިވަންކަމަށް ތާއިދު ކުރާ ރައްޔިތުން ބުދަ ދުވަހު މުޒާހަރާކޮށްފިއެވެ.

މުޒާހަރާ ކުރި ފަރާތްތައް ވަނީ ކެޓަަލޯނިއާގެ ހައިވޭ ތަކާއި އަދި ރެއިލްވޭ ލައިނުތައް ބްލޮކްކޮށް މުޒާހަރާކޮށްފައެވެ.

މުޒާހަރާ އާ ބެހޭ ގޮތުން "ކެޓެލަން ޓްރާންސިޓް ސާވިސް" އިން ބުނެފައި ވަނީ ހައިވޭތަކާއި ރެއިލްވޭ ލައިނުތައް ބްލޮކްވުމުގެ ސަބަބުން، ކެޓަލޯނިއާ ސަރަހައްދުގެ ވެރިރަށް ބާސެލޯނާ އަށް ދާން އޮންނަ މަގުތަކުންވެސް ވެސް ދަތުރު ކުރުމުގައި ބޮޑެތި ހުރަސްތަކެއް ދިމާވި ކަމަށެވެ.

ކެޓަލޯނިއާ އިން ދާދިފަހުން ވަނީ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް ވޯޓެއް ނަގާފައެވެ. އެ ސަރަހައްދުގެ ގިނަ ރައްޔިތުން ވޯޓުުގައި ބުނެފައި ވަނީ މިނިވަންކަން އިއުލާން ކުރަން ފެންނަ ކަމަށެވެ. ސްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓު ގަބޫލު ނުކުރާ ކަމަށެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމުގެ މައްސަލައިގައި ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓްއާއި އޭނާގެ ސަރުކާރުގެ ބައެއް އޮފިޝަލުންގެ މައްޗަށް ވަނީ ދައުލަތާ ދެކޮޅު ހަރަކާތްތަކަށް ހިތްވަރު ދިން މައްސަލައާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ބުނެ ދައުވާ އުފުލާފައެެވެ. ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ 30 އަހަރު ދުވަހުގެ ޖަލު ހުކުމެއް އެފަރާތްތަކުގެ މައްޗަށް އައުން އެކަށީގެންވެއެވެ. ކެޓަލޯނިއާ ސަރުކާރުގެ ނުވަ އޮފިޝަލަކު މިހާރު ވެސް ތިބީ ސްޕެއިންގެ ޖަލުގައެވެ.

ދާދިފަހުން ސްޕެއިން އިން ވަނީ ކެޓަލޯނިއާ އަށް ދީފައި އޮތް ސަރަހައްދީ މިނިވަންކަން، އެއްކޮށް ނިގުޅައިގެންފައެވެ. އަދި ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް މަގާމުން ވެސް ދުރުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޕުއިޖެމޮންޓް ވިދާޅުވީ ކެޓަލޯނިއާ، ސްޕެއިންގެ ފުރިހަމަ ބާުރުގެ ދަށަށް ގެންދިޔުމާއި ދެކޮޅަށް ސުލްހަވެރިކަމާއެކު އިހްތިޖާޖު ކުރަން ޖެހޭ ކަމަށާއި މަގާމުން ދުުުރުކުރި ފަރާތްތައް އެކުވެގެން "މިނިވަން ކެޓަލޯނިއާއެއް ބިނާކުރައްވަން" މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
29 ޖެނުއަރީ 2017

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް