Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނިޒުއޭލާގެ ހަަމަނުޖެހުން

ވެނިޒުއޭލާ ސަރުކާރުގެ އިސް 13 އޮފިޝަލަކަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން އަޅައިފި

ޑިކްޓޭޓަރުންނަށް ވުމުގެ ހުވަފެންދެކޭ ގޯސް ލީޑަރުންނާ ދެކޮޅަށް އެމެރިކާއިން އަވަސް ފިޔަވަޅު އަޅާނެ: ރައީސް ޓްރަމްޕް

ރާއްޖެ އެމްވީ | 27 ޖުލައި 2017 | ބުރާސްފަތި 14:38
ރައީސް މަދޫރޯ އަކީ ޑިކްޓޭޓަރެއް ކަމަށް ލިޔެފައިވާ ބެނަރއެއް ހިފައިގެން ތިބި ބަޔަކު ސަރުކާރާ ދެކޮޅު މުޒާހަރާއެއްގައި (ފައިލް)

ރައީސް މަދޫރޯ އަކީ ޑިކްޓޭޓަރެއް ކަމަށް ލިޔެފައިވާ ބެނަރއެއް ހިފައިގެން ތިބި ބަޔަކު ސަރުކާރާ ދެކޮޅު މުޒާހަރާއެއްގައި (ފައިލް)

ވެނިޒުއޭލާ ސަރުކާރުގެ އިސް 13 އޮފިޝަލުންގެ މައްޗަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

ބުދަ ދުވަހު އިއުލާން ކުރި މި ފިޔަވަޅުތަކާ ބެހޭ ގޮތުން އެމެރިކާ ސަރުކާރުން ބުނީ، މި 13 އޮފިޝަލުންނަކީ ވެނިޒުއޭލާ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، ކަރަޕްޝަންގެ އަމަލުތައް ފަދަ ޖަރީމާތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ބެލޭ 13 އޮފިޝަލުން ކަމަށެވެ.

އެމެރިކާ ސަރުކާރުން ބުނީ ޓާގެޓް ކޮށްގެން ވަކިވަކި ފަރުދުންގެ މައްޗަށް އެޅި މި ފިޔަވަޅުގެ ސަބަބުން މުޅި ގައުމަށް ދަތިކުރުމުގެ ފިޔަވަޅު ނާޅާ މިވަގުތައް ފަރުޖެއްސޭނެ ކަމަށެވެ. ނަމަވެސް މުޅި ގައުމުގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީވެސް މުޅިން ދޫކޮށްލާފައިވާ އޮޕްޝަނެއް ނޫންކަމަށްވެސް ރޮއިޓާސް އަށް މައުލޫމާތު ދެމުން ރައީސް ޓްރަމްޕް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ވެނިޒުއޭލާގައި ޚުދުމުޚުތާރު ވެރިކަމެއް ކުރައްވަމުން ގެންދަވާ ރައީސް މަދޫރޯ ގެންދަވަނީ ގާނޫނު ހަދާ މަޖިލިސް ބޭނުން ކުރައްވައިގެން ރައްޔިތުންގެ ރޫހާ ދެކޮޅަށް އޭނާގެ ބާރުތައް އިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި އޮފިޝަލުންގެ ތެރޭގައި ސަރުކާރުގެ މަގާމްތަކުގައި ތިބި ފަރާތްތަކުގެ އިތުރުން، މިލިޓަރީ އާއި ދައުލަތުގެ ތެޔޮ ކުންފުނީގެ އިސް ބައެއް އޮފިޝަލުންވެސް ހިމެނެއެވެ.

އެމެރިކާ ސަރުކާރުން ވެނިޒުއޭލާގެ 13 އޮފިޝަލެއްގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ފަހަތުގައި ރައީސް މަދޫރޯ ވެނިޒުއޭލާއަށް އައު ގާނޫނު އަސާސީއެއް ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތައް ހުރަސް އެޅުން ހިމެނޭ ކަމަށްވެސް ޚަބަރުތަކުގައި ވެއެވެ. މަދޫރޯ ގެންދަވަނީ އަންނަ އާދީއްތަ ދުވަހު އިންތިޚާބެއް ބާއްވަވާ، ގާނޫނު އަސާސީ ޑްރާފްޓް ކުރުމަށް އައު މަޖިލީހެއް ހޮއްވެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ބައިނަލް އަގްވާމީ މުޖްތަމައުންނާއި ވެނިޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މަދޫރޯގެ މި މަސައްކަތްޕުޅަކީ ވެނިޒުއޭލާ އިން ޑިމޮކްރަސީ ފޮހެލާ، ވެރިކަމުގައި އިތުރަށް ހުންނެވުމަށް ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ. އާ ގާނޫނު އަސާސީ ޑްރާފްޓް ކުރުމަށް އެކުލަވާލުމަށް މަދޫރޯ ބާއްވަވަން އުޅުއްވާ އިންތިޚާބަށް ހުރަސް އެޅުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ހުއްޓުމެއްނެތި 48 ގަޑީއިރު މުޒާހަރާ ކުރުމަށް ރާވާފައެވެ.

އެމެރިކާއިން ޓާގެޓް ކޮށްގެން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ފަރާތްތަކުގެ ތެރޭގައި، އިދިކޮޅު ފަރާތްތައް ހިފާ ހައްޔަރު ކުރުމުގައި އިސް ދައުރެއް އަދާކުރައްވާ، ދާޚިލީ ވަޒީރު އާއި ސިފައިންގެ ވެރިޔާ އާއި، ފުލުހުންގެ ވެރިޔާ އާއި އިންތިޚާބު ތަކާ އޮފީހުގެ ވެރިޔާ ހިމެނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ޑިކްޓޭޓަރުންނަށް ވުމުގެ ހުވަފެންދެކޭ ގޯސް ލީޑަރުންނާ ދެކޮޅަށް އެމެރިކާއިން އަވަސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

ވެނިޒުއޭލާގެ އިގްތިސާދުގެ 90 އިން ސައްތަ ބަރޯސާވެފައިވަނީ، ތެލުގެ ވިޔަފާރީގެ މައްޗަށެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެނިޒުއޭލާގެ ރައީސް މަދޫރޯ ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކަކީ އޭނާ ދެނެވަޑައިގަންނަވާ އެއްޗެއް ނޫން ކަމަށާއި، ރޭވިފައިވާ ގޮތައް ގާނޫނު އަސާސީ ޑްރާފްޓް ކުރަން މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓުލުން އާދިއްތަ ދުވަހު އޮންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
29 ޖެނުއަރީ 2017

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު