Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އިންޓަ އެއް ވަނަ އަށް، ބަޔާނުން ޕީއެސްޖީ ބަލިކޮށްފި

މޮޅާއެކު އިންޓަ އެއް ވަަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ނޮވެމްބަރު 2024 | ބުދަ 06:09
މެޗުގައި ލީޑު ލިބުމުން އިންޓަ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލީޑު ލިބުމުން އިންޓަ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އިންޓަ މިލާން އެއް ވަނަ އަށް ޖެހިލިއިރު، ބަޔާން މިއުނިކުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ މައްޗަށް ކުރި ހޯދައިފި އެވެ.

އިންޓަގެ އަމިއްލަ ދަނޑުގައި ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އިންޓަގެ ހަމައެކަނި ލަނޑަކީ ފުރަތަމަ ހާފުގައި ޖެހި ލަނޑެކެވެ. އެއީ މެޗުގެ 27 ވަނަ މިނެޓުގައި ލައިޕްޒިގްގެ ކަސްޓެލޯ ލުކޭބޭ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި އެ ޓީމުން ޕީއެސްޖީ ބަލި ކުރީ 1-0 އިންނެވެ. މެޗުގައި ބަޔާނުން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ކިމް މިން ޖޭއި އެވެ. މެޗުގައި ޕީއެސްޖީ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ ދެ ވަނަ ހާފުގައި، އެ ޓީމުގެ އޮސްމާން ޑެމްބެލޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

މޮޅާއެކު އިންޓަ އެއް ވަަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ލިވަޕޫލް ކުޅޭ މެޗުން މޮޅުވެ، އެ ޓީމަށް އަލުން އެއް ވަަނަ އަށް ޖެހިލުމުގެ ފުރުސަތު އޮންނާނެ އެވެ. ޕީއެސްޖީގެ މައްޗަށް ކުރި ހޯދި ބަޔާނުން ވަނީ ފަސް މެޗުން ނުވަ ޕޮއިންޓާ އެކު 11 ވަނަ އަށް ޖެހިލައިފަ އެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު