Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބަޖެޓް 2025

ބަޖެޓް ދިފާއުކުރަން މެމްބަރުން ދޫކޮށްލީ ދާއިރާގެ ހައްގު

26 ނޮވެމްބަރު 2024 | އަންގާރަ 16:57

ބަޖެޓް ދިފާއުކުރަން މެމްބަރުން ދެއްކީ، ތަފްސީލް މުހިންމު ނޫންކަމުގެ ވާހަކައެވެ. ދެއްކި ވާހަކަ އަކީ ހަމަޖެހޭ ވާހަކައެއްތޯވެސް ބަލާލުމެއް ނެތެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ނޮވެމްބަރު 2024 | އަންގާރަ 16:57
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

އަންނަ އަހަރުގެ ބަޖެޓަކީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ.

އަންގާރަ ދުވަހު އަޅުގަނޑުވެސް ހުރީ ބަޖެޓް ބަހުސް އަޑުއަހާށެވެ. ބަޖެޓް ދިފާއުކުރަން މެމްބަރުން ދެއްކެވީ، ތަފްސީލް މުހިންމު ނޫންކަމުގެ ވާހަކައެވެ. ދެއްކެވި ވާހަކަ އަކީ ހަމަޖެހޭ ވާހަކައެއްތޯވެސް ބައްލަވާ ލެއްވުމެއް ނެތެވެ. ސަރުކާރުގެ މެމްބަރުން ޖަވާބުދެއްވަމުން ގެންދެވީ ބަޖެޓް ތަފްސީލް ނެތް ކަމަށް ބުނާ ވާހަކައަށެވެ. ވިދާޅުވަނީ ތަފްސީލް ނެތް ބަޖެޓެއް މާ ރަނގަޅު ކަމަށެވެ. ކުރިން ކުޑަ އަދަދުތަކެއް ހުރުމުން ކަންކަން ނުވާކަމަށް ވެސް ސަރުކާރުގެ މެމްބަރުން ވިދާޅުވިއެވެ. އެ މެމްބަރުން ވިދާޅުވަނީ ކުޑަ އަދަދެއް ހިމެނުމަށް ވުރެ އެއްވެސް މިންވަރަކަށް ތަފްސީލް ނެތުން މާ ރަނގަޅު ކަމަށެވެ. ބަޖެޓުގެ ތަފްސީލް ނެތުމަށް މެމްބަރުން ދައްކަވާ ހުއްޖަތަކީ އެއީއެވެ. އިތުބާރު ކުރައްވާށޭ، ކަންކަން ވާނެއޭ ބުނުން މާ ރަނގަޅުކަމަށް މި ބޭފުޅުން ވިދާޅުވިއެވެ. ހާމަކަން ބޮޑުކަމާއި ދެފުށް ފެންނަ ކަމުގެ ވާހަކަ ދައްކާ މި ޒަމާނުގައި މެމްބަރުންގެ މި ވާހަކަތައް ވަނީ ޖޯކަކަށެވެ. މަޖިލިސް މެމްބަރުން ތެދުވެވަޑައިގެން ރައީސް ގެންގުޅުއްވާ ފޮތެއްގައި ހުރިހާ މަޝްރޫޢެއް ހުރިކަމަށް ވިދާޅުވުމަކީ ބޮޑު ޖޯކެއް ނޫންތޯއެވެ؟ ބަޖެޓް ދިފާއުކުރަން މެމްބަރުން އެ ދޫކޮށްލެއްވެވީ ދާއިރާގެ ހައްގެވެ. ތިމާ ހޮވި މެމްބަރުންގެ ހައްގެވެ. އެކަމުން އެނގުނީ އެ މެމްބަރުންނަށް ވެސް އެ މެމްބަރުންގެ ދާއިރާގައި ހުރިކަމެއް ނޭނގޭކަމެވެ.

ސަރުކާރު މެމްބަރުން އަޑަށް ބާރު ލައްވާފައި ކިތަންމެ ވަރަކަށް މި ބަޖެޓް ދިފާއު ކުރެއްވިއަސް އެ ބޭފުޅުންނަށް ވެސް އެ ދެއްކެވޭ ވާހަކަ ހަމަ ނުޖެހޭކަން އެނގިވަޑައިގަންނަވާނެއެވެ. ބަޖެޓް މަޖިލީހަށް ފޮނުވާ ބޭނުމާއި މެދު ވިސްނާލަންޖެހެއެވެ. ބަޖެޓެއްގެ އެއް ބޭނުމަކީ އަހަރަކު އެއް ފަހަރު ސަރުކާރުގެ ޕާރފޯމެންސް ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް އަޅާކިޔުމުގެ ފުރުސަތު ހޯދާދިނުމެވެ. ގަބޫލުކުރަން ޖެހޭ ކަމަކީ ރައްޔިތުންގެ ފައިސާ ހޭދަކުރާ ގޮތް ރައްޔިތުންނަށް އެންގުމަކީ ބަޖެޓްގެ އެއް ބޭނުން ކަމެވެ. ހަމައެހެންމެ ރައްޔިތުންގެ ތިޖޫރީ އަށް މަޖިލިސް ފާރަވެރިވާ މިންވަރު އަހަރެއްގެ ތެރޭގައި އެނގެން ރައްޔިތުން ބޭނުމެވެ. އިދިކޮޅު މެމްބަރުން މަޖިލީހުގައި އެކަން ތަކުރާރުކޮށް ފާހަގަކުރެއްވި ނަމަވެސް މި މަޖިލީހުން މިސްރާބު ޖަހާފައި ހުރީ ބަޖެޓް އޮތް ގޮތަށް ފާސްކުރުމަށްކަން ގައިމެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރަށް ހުށަހަޅަނީ 9.4 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ.

އިތުރަށް ކިޔާލަން

03 މެއި 2018

ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

03 މެއި 2018
ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!
03 އެޕްރީލު 2018

އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!

03 އެޕްރީލު 2018
އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!
13 މާރިޗު 2018

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

13 މާރިޗު 2018
މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ
07 މާރިޗު 2018

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!

07 މާރިޗު 2018
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!
15 އޮކްޓޯބަރު 2017

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!
21 ސެޕްޓެމްބަރު 2017

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟
20 އޯގަސްޓު 2017

ނައީމާއްތަ: ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!

20 އޯގަސްޓު 2017
 ނައީމާއްތަ:  ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!
07 މެއި 2017

ޤައުމެއްގެ ތަރައްޤީއަށް މާލީ ދާއިރާގެ މުހިއްމުކަން!

07 މެއި 2017
ޤައުމެއްގެ ތަރައްޤީއަށް މާލީ ދާއިރާގެ މުހިއްމުކަން!
12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
01 މާރިޗު 2017

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

01 މާރިޗު 2017
އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް