Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުން

އޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ބިލް ތަސްދީގު ކުރައްވައިފި

ހޯމަ ދުވަހުގެ ޖަލްސާގައި ނެގި ވޯޓުގައި އޭސީސީގެ ބިލަށް ރުހުންދޭން ފެންނަކަމަށް ވޯޓު ދެއްވީ 69 މެންބަރުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2024 | އަންގާރަ 14:24
އޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ބިލު ތަސްތީގުކުރައްވައިފި

އޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ބިލު ތަސްތީގުކުރައްވައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން، (އީސީ) ގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާގޮތަށް ބަދަލުކުރަން ޤާނޫނުތަކަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

އެ ބިލު ތަސްދީގުކުރައްވާފައި ވަނީ އަންގާރަ ދުވަހުއެވެ. އެ ބިލު ފާސްކޮށްފައި ވަނީ ހޯމަ ދުވަހުއެވެ. ހޯމަ ދުވަހުގެ ޖަލްސާގައި ނެގި ވޯޓުގައި އޭސީސީގެ ބިލަށް ރުހުންދޭން ފެންނަމަކަމަށް ވޯޓު ދެއްވީ 69 މެންބަރުންނެވެ. އެ ވޯޓުގައި ނުފެންނަކަމަށް 10 މެންބަރަކު ވޯޓުދެއްވިއެވެ. ހަމައެހެންމެ އީސީގެ ބިލަށް ރުހުން ދިނުމަށް ވޯޓު ދެއްވީ 69 މެންބަރުންނެވެ. އެ ވޯޓުގައި ދެކޮޅަށް 10 މެންބަރަކު ވޯޓުދެއްވިއެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ފާސްކޮށްފައިވާ އިސްލާހުގައި ވާގޮތުން ޤާނޫނުގައި މިހާރު އޮތްގޮތް ކަމަށްވާ އޭސީސީ އަދި އީސީގެ ރައީސާއި ނައިބު ރައީސް އެ ކޮމިޝަންތަކުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން އައްޔަން ކުރާ ގޮތައް އޮންނަ އޮތުން ބަދަލުކޮށް، ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަނީ ހުށަހަޅާފައެވެ. އަދި ރައީސާއި ނައިބު ރައީސް ކަމަށް ކަނޑައަޅާ ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވެސް މިގެންނަ ބަދަލުގައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަން ދިރާސާކޮށް މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށްވެސް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީ އަށް އޮތުމާއެކު، އަދި އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގައިވެސް ހުންނެވުމާއެކު، މި ބަދަލުގެ ބޭނުމަކީ މުއިއްޒު ބޭނުންފުޅުވާ ފަރާތްތަކެއް މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ގޮތުގައި ހިންގުމަށް ގާނޫނު ލާޒިމު ކުރާ މި ދެ މުއައްސަސާގެ އެންމެ އިސް ވެރިންގެ ގޮތުގައި އައްޔަން ކުރުމަށް މަގު ފަހިކުރުން ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ. އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުން އެ ކޮމިޝަންތަކުގެ ރައީސުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ކޮމިޝަނަށެވެ. އަދި ނައިބު ރައީސް އިސްތިއުފާދޭން ބޭނުންވާނަމަ ސިޓީ ހުށަހަޅާންޖެހޭނީ ކޮމިޝަނުގެ ރައީސަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން ދެ ކޮމިޝަނުގެވެސް ރައީސާއި ނައިބު ރައީސް އިސްތިއުފާދޭ ނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތަކުގައިވާގޮތުން އޭސީސީ އާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް ގެންނަ ބަދަލާއެކު، މިނިވަން މުސްތަގިއްލު ކޮމިޝަން ތަކުގެ ގޮތުގައި ހިނގަމުން އަންނަ މި ދެ މުއައްސަސާ އަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ސަރުކާރުގެ ފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރުއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު