Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ގޯލްޑް ކަޕް: އޭދަފުށިން ފަސް ލަނޑުގެ މޮޅެއް ހޯދިއިރު، އައްޑޫ އާއި ކުރެންދޫ އެއްވަރު

ތުޅާދޫއާ ދެކޮޅަށް ކުޅުނު މެޗު އޭދަފުށިން ކާމިޔާބު ކުރީ 5-1 އިންނެވެ. އަދި އައްޑޫ އާއި ކުރެންދޫ ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ނޮވެމްބަރު 2024 | ހޮނިހިރު 04:53
މެޗުގައި ލަނޑު ޖެހުމަށްފަހު އޭދަފުށީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އޭދަފުށީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލްސް ގޯލްޑް ކަޕްގައި ތުޅާދޫއާ ދެކޮޅަށް ކުޅުނު މެޗުން އޭދަފުށި ފަސް ލަނޑުގެ މޮޅެއް ހޯދިއިރު، އައްޑޫ ސިޓީ އާއި ކުރެންދޫ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ގުރޫޕު ބީގައި ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ތުޅާދޫއާ ދެކޮޅަށް ކުޅުނު މެޗު އޭދަފުށިން ކާމިޔާބު ކުރީ 5-1ންނެވެ. މެޗުގައި އޭދަފުއްޓަށް ލީޑު ނަގައިދިނީ މުޙައްމަދު އަޖުފާން އެވެ. އޭގެ ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ އަޙުމަދު ޖައުޝަން ޢަބްދުﷲ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭދަފުއްޓަށް ތިން ވަނަ ލަނޑެއް ޖަހައިދިނީ އަލީ ނަސީމު އެވެ.

ދެވަނަ ހާފު ފަށައިގެން ކުރީ ކޮޅު އަލީ ނަސީމް ވަނީ އޭދަފުށީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން މެޗުގައި ތުޅާދޫގެ ހަމައެކަނި ލަނޑު ޖެހީ އަޙުމަދު ޙުސެއިން އެވެ. މެޗުގައި އޭދަފުށީގެ ފަސް ވަނަ ލަނޑު ވެސް ޖެހީ އަލީ ނަސީމް އެވެ. އެއާއެކު އޭނާ ވަނީ މެޗުގައި ތިން ލަނޑު ހަމަކޮށް، ހެޓްރިކް ހަދައިފަ އެވެ.

މުބާރާތުގެ ގުރޫޕު ސީގައި ހުކުރު ދުވަހުގެ ރޭ އައްޑޫ އާއި ކުރެންދޫ ބައްދަލު ކުރި މެޗު ނިމުނީ 1-1ން އެއްވަރުވެގެންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް އައްޑޫ އިންނެވެ. ނަމަވެސް ކުރެންދޫ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އައްޑޫ އަށް ލީޑު ނަގައިދިނީ ހާޒިމް ފައުޒީ އެވެ. އެއީ ކުރެންދޫގެ އޭރިޔާ ތެރެއިން ގޯލު ކުރި މައްޗަށް ހުރަސްވި ބޯޅައެއް ގޯލަށް ވައްދާލައިގެން އޭނާ ޖެހި ލަނޑެކެވެ. މެޗުގައި ކުރެންދޫ އިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ 84 ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޖޯޑީ ބާޓު އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު