Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ޕްރިމިއާ ލީގަށް ޝައުޤުވެރިވި ނަމަވެސް، ސާނޭ ހުންނަން ބޭނުން ވަނީ ބަޔާންގައި

އެއްބަސްވުމާ ގުޅޭ ވާހަކަތައް ބަޔާނާ އެކު ދެކެވެމުން އަންނަ ކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރިއަށް ދަނީ ރަނގަޅަށް ކަމަށް ވެސް ސާނޭ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2024 | ބުރާސްފަތި 07:38
ބަޔާނަށް ކުޅެމުން އަންނަ ލެރޯއީ ސާނޭ

ބަޔާނަށް ކުޅެމުން އަންނަ ލެރޯއީ ސާނޭ

އިނގިރޭސި ޕްރިމިއާ ލީގަށް އޭނާގެ ޝައުޤުވެރިކަން އޮތް ނަމަވެސް، ބަޔާން މިއުނިކުގައި ހުންނާނެ ކަމަށް، ޖަރުމަނުގެ ލެރޯއީ ސާނޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ބަޔާންގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެގޮތުން އަންނަ ޖަނަވަރީ ޓްރާންސްފާގައި ސާނޭ ހޯދުމަށް، ޕްރިމިއާ ލީގުގެ ކުލަބުތަކުން ޝައުޤުވެރިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި އާސެނަލްގެ އިތުރުން، މެންޗެސްޓަރ ޔުނައިޓެޑު ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ސާނޭ ބުނީ ޕްރިމިއާ ލީގަށް އޭނާގެ ޝައުޤުވެރިކަން އޮންނަ ކަމަށާއި، އެ ލީގުގެ މެޗުތައް އޭނާ ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، ޖަނަވަރީ ޓްރާންސްފައި އެއްވެސް ކުލަބަކަށް ބަދަލު ނުވާނެ ކަމަށާއި، އެއްވެސް ކުލަބަކާ އެކު އެއްބަސްވުމެއްގައި ސޮއި ނުކުރާނެ ކަމަށް ސާނޭ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސާނޭ ބުނީ އޭނާގެ ފުރިހަމަ ފޯކަސް އޮތީ ބަޔާނަށް ކަމަށާއި، ބަޔާންގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން، އުފަލުން ކަމަށެވެ. އަދި ޚާއްސަކޮށް އެއްބަސްވުމާ ގުޅޭ ވާހަކަތައް ބަޔާނާ އެކު ދެކެވެމުން އަންނަ ކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރިއަށް ދަނީ ރަނގަޅަށް ކަމަށް ވެސް ސާނޭ ވަނީ ބުނެފަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އުންމީދަކީ ބަޔާނާއެކު ވީހާ ވެސް ގިނަ ކާމިޔާބީ ކުރިއަށް އޮތް ތަނުގައި ހޯދުމެވެ.

ބަޔާނާ އެކު ސާނޭ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް ބަޔާނުން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަމުން ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އެގޮތުން ބަޔާނުން ބޭނުން ވަނީ ސާނޭ އެ ކުލަބުގައި ބަހައްޓަން ކަމަށާއި، ބަޔާނުން ހުށަހަޅާ އައު އެއްބަސްވުމުގައި ސާނޭ ސޮއި ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު ސާނޭ ބަޔާނަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 186 މެޗުގައި 51 ލަނޑު ޖަހައިފަ އެވެ. ބަޔާނާ އެކު ސާނޭ ވަނީ ހަތް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގު ތިން ފަހަރު، ޖަރުމަނު ސުޕަ ކަޕް ދެ ފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ބަޔާން މިއުނިކްލެރޯއި ސާނޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު