Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިޒްރޭލުން ހަމަލާތައް ވަރުގަދަކޮށް، އުތުރު ޣައްޒާގެ ގެތަކަށް ހަމަލާދީ ސުންނާފަތިކޮށްލައިފި

ޣައްޒާގެ އެއްވެސް ތަނެއް ރައްކާތެރި ނޫން ކަމަށް، ފަލަސްތީނުގެ އިދާރާތަކުންނާއި އދ. އިން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2024 | ބުރާސްފަތި 08:11
އިޒްރޭލުން ޣައްޒާގެ ބެއިޓް ލަހިޔާއަށް ދިން ބޮމުގެ ހަމަލާއެއް ސުންނާފަތިވެފައިވާ އިމާރާތެއް

އިޒްރޭލުން ޣައްޒާގެ ބެއިޓް ލަހިޔާއަށް ދިން ބޮމުގެ ހަމަލާއެއް ސުންނާފަތިވެފައިވާ އިމާރާތެއް

ބުރާސްފަތި ދުވަހުގެ ފަތިހު އިޒްރޭލުން އުތުރު ޣައްޒާގައި މީހުން ދިރިއުޅޭ މަދުވެގެން 5 ގެއަކަށް ބޮންއަޅާ ސުންނާފަތިކޮށްލައިފިކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، އިޒްރޭލު ސިފައިން އުތުރު ޣައްޒާއަށް ވަދެގަނެ، އެ ސަރަހައްދުގެ އެތަން މިތަނަށް ހަމަލާދީ، އިމާރާތްތައް ވަނީ ބިމާ ހަމަކޮށްލާފައެވެ. އަދި ސުންނާފަތިވި އިމާރާތްތަކުގެ ދަށުގައި އެތަށް ބަޔަކު ތާށިވެފައިވާ ކަމަށާއި، ވީނުވީއެއް ނޭނގި އެތަށް ބަޔަކު ވަނީ ގެއްލިފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ހަމަލާއާ ގުޅިގެން ހަމާސްގެ މީޑިއާއިން ބުނެފައިވަނީ މި ހަމަލާތަކުގައި 57 މީހުން މަރުވެފައިވާކަމަށެވެ. ނަމަވެސް މަރުވި މީހުންގެ ރަސްމީ އަދަދެއް ސިއްހީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ހަމަލާއާ ގުޅިގެން މިހާތަނަށް އިޒްރޭލުން އެެއްވެސް އެއްޗެއް ބުނެފައިނުވި ނަމަވެސް، އިޒްރޭލު ސިފައިން ބުނަމުން އަންނަނީ ހަނގުރާމާގައި މަރުވާ މީހުންގެ އަދަދު ހަމާސް އިން އަބަދުވެސް އިތުރަށް ދައްކަމުން އަންނަ ކަމަށެވެ.

އިޒްރޭލުން އުތުރު ޣައްޒާގެ ގެތަކަށް ހަމަލާދީފައި މިވަނީ ބުދަ ދުވަހު އިޒްރޭލުން ޣައްޒާއަށް ހަމަލާދީ މަދުވެގެން 48 މީހުން މަރާލާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވަނިކޮށެވެ. ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، މި ހާދިސާތަކުގެ ތެރޭގައި ހިމެނެނީ ޣައްޒާގެ މެދުތެރޭގައި ހުރި އިމާރާތްތަކަކަށާއި ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތްކުރުމަށް ބޭނުންކުރާ ސްކޫލަކަށް ދިން ހަމަލާތަކާއި، އުތުރު ޣައްޒާގައި ހުރި ހޮސްޕިޓަލަކަށް ދިން ހަމަލާއަކާއި، އަދި ދެކުނު ޣައްޒާގައި ހުރި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ އަލް-މަވާސީ ސަރަހައްދަށާއި ރަފާހަށް ދިން ވައިގެ ހަމަލާތަކެވެ.

މީގެއިތުރުން، ޣައްޒާގެ އެއްވެސް ތަނެއް ރައްކާތެރި ނޫން ކަމަށް، ފަލަސްތީނުގެ އިދާރާތަކުންނާއި އދ. އިން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކާއި ގުޅިގެން، ބައިތްލަހިޔާ ގައި ހުރި ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ހުސާމް އަބޫ ސަފިއްޔާ ވިދާޅުވީ، "އެ ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ހުރި ބަލިމީހަކު ސަލާމަތްކުރަން މަސައްކަތްކުރަމުންދަނިކޮށް، އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި އަންގާރަ ދުވަހު ހޮސްޕިޓަލުގެ ހުރިހާ ބައިތަކަކަށް އިޒްރޭލުން ހަމަލާ ދިން،" ކަމަށެވެ. މި ހޮސްޕިޓަލަކީ ހިޞާރުކޮށްފައިވާ އުތުރު ސަރަހައްދުގައި ކޮންމެވެސް ވަރަކަށް މަސައްކަތްކުރަމުންދާ ތިން މެޑިކަލް ފެސިލިޓީގެ ތެރެއިން އެއް ތަނެވެ.

"މެޑިކަލް އަދި ސަރޖިކަލް 45 ސްޓާފު މެންބަރުން ހައްޔަރުކުރުމަށްފަހު، އަދި އެ މީހުންގެ ބަދަލުގައި އެހެން ޓީމެއް ވެއްދުމަށް ހުއްދައެއް ނުދޭ. އެހެންކަމުން، ވަސީލަތްތައް ހުރިނަމަ ސަލާމަތްކުރެވިދާނެ އެތައް ބަޔަކު އަހަރެމެންނާ ވަކިވެގެން ކޮންމެ ދުވަހަކު އެބަދޭ. ހިތާމައާއެކު ދަންނަވަންޖެހެނީ، ކާނާއާއި ފެން ވެއްދުމަށް ވެސް ހުއްދައެއް ނުދޭ، އަދި ޣައްޒާގެ އުތުރަށް އެންބިއުލާންސްއެއް ވެސް ވަދެވޭ ގޮތެއް ނުވޭ،" ހުސާމް އަބޫ ސަފިއްޔާ އިތުރަށް ވިދާޅުވިއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 7 އޮކްޓޯބަރު 2023 އިން ފެށިގެން މަދުވެގެން 43,985 ފަލަސްތީނު މީހުން މިހާތަނަށް ވަނީ ޝަހީދުވެފައެވެ. އޭގެ އިތުރުން 104,092 މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާއިސްރާއީލް އަސްކަރިއްޔާއިޒްރޭލްފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު