Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ގޯލްޑް ކަޕް: ކުޑަހުވަދޫ ބަލިކޮށް ފުވައްމުލައް މޮޅަކުން މުބާރާތް ފަށައިފި

މެޗުގައި ފުވައްމުލަކުން ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށް، ކުޑަހުވަދޫ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް އިތުރު ދެ ލަނޑު ޖަހައިގެން ފުވައްމުލައް ވަނީ މެޗުން މޮޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ނޮވެމްބަރު 2024 | ބުރާސްފަތި 03:38
މެޗުގައި ލަނޑު ޖެހުމަށްފަހު ފުވައްމުލަކު ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ފުވައްމުލަކު ކުޅުންތެރިން އުފާ ފާޅު ކުރަނީ

ނައިންޓީ ޕްލްސް ގޯލްޑް ކަޕްގެ ގުރޫޕު އޭގައި ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ފުވައްމުލައް މޮޅަަކުން މުބާރާތް ފަށައިފި އެވެ.

ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ފުވައްމުލަކުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ފުވައްމުލަކުން ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށް، ކުޑަހުވަދޫ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް އިތުރު ދެ ލަނޑު ޖަހައިގެން ފުވައްމުލައް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފުވައްމުލަކަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކޯފީ އޮވޫސޫ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ކުޑަހުވަދޫ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙުމަދު މުއާދު އެވެ. މެޗުގައި ކުޑަހުވަދޫ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ އެ ޓީމުގެ ދެ ކުޅުންތެރިޔަކށް ރަތް ކާޑު ދެއްކުމުންނެވެ. އެ ޓީމުގެ އަޙުމަދު ރިލްވާން އަށް ރަތް ފުރަތަމަ ރަތް ކާޑު ދެއްކިއިރު، ދެން ރަތް ކާޑު ދެއްކީ މުޙައްމަދު ސާއިފް އަށެވެ.

އޭގެ ފަހުން މެޗުގައި ފުވައްމުލަކުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ފަހަރަށް މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަލީ ޝަމާލް ޢަބްދުﷲ އެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް އޭނާ ޖެހި ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ފުވައްމުލަކުގެ ތިން ވަނަ ލަނޑު ޖެހީ މޫސާ އަޒީމް ޙަސަން އެވެ.

ކުޑަހުވަދޫ އާއި ފުވައްމުލަކުގެ އިތުރުން ދެން މި ގުރޫޕުގައި އޮތީ ގދ.ފަރެސްމާތޮޑާ، ދ.މީދޫ އަދި ހއ.ދިއްދޫ އެވެ. މުބާރާތުގައި ބުރާސްފަތި ދުވަހުގެ ހަވީރު ބައްދަލު ކުރާނީ ފަރެސްމާތޮޑާ އާއި މީދޫ އެވެ.

ގޯލްޑް ކަޕް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

25 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
22 ޑިސެމްބަރު 2024

ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް

22 ޑިސެމްބަރު 2024
ފުރިހަމަ ރެކޯޑާ އެކު އައްޑޫ ފައިނަލަށް
22 ޑިސެމްބަރު 2024

މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް

22 ޑިސެމްބަރު 2024
މާލެ ބަލިކޮށް، އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024

ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

21 ޑިސެމްބަރު 2024
ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު
19 ޑިސެމްބަރު 2024

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޕެނަލްޓީ ޖަހައިގެން މޮޅުވެ، މާލޭ ސިޓީ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު