Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޚުދުމުޚުތާރު ވެރިކަމަކަށް ދެން ދިވެހިން ޖާގައެއް ނުދޭނެ އެވެ

ހުރިހާ މެޖޯރިޓީއަކާ ބާރެއް ދިނުމުގެ މާނައަކީ ބޭނުންފުޅު އެއްޗެއް ހައްދަވާ ބޭނުންފުޅުވާ ގޮތަކަށް ގާނޫނުތައް ބަދަލު ކުރައްވާ، ހުރިހާ ބާރެއް މުށުތެރެއަށް ލައްވާ މުޅި ނިޒާމު ގަޑުބަޑުކޮށް "ވަންމޭން ޝޯވް" އެއް ގޮތަށް މުޅި ނިޒާމު ބައްޓަން ކުރައްވާށެކޭ ނޫން ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2024 | އަންގާރަ 11:39
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު - އެންމެ ފަހުން ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަފުޅު ދެއްކެވި ހަރުކަށިކަމާ ގޮންޖައްސެވުމުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު - އެންމެ ފަހުން ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަފުޅު ދެއްކެވި ހަރުކަށިކަމާ ގޮންޖައްސެވުމުން

ސަރުކާރަށް އަހަރު ފުރިގެން ބޭއްވި ޖަލްސާގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްވި ތަގުރީރުގެ ބަހުރުވަޔާ ރާގުފުޅު ހުރި ގޮތުގެ ވާހަކަ ރަށުތެރޭގައި އެކި މީހުން ދައްކަނީ އެކި ގޮތަށެވެ. އެކަމަކު އެންމެން އެއްގޮތަކަށް ދައްކާ އެއްވާހަކަ އަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން މިހާ ހަރުކަށި މިހާ ގަދަފަދަ ގޮތަކަށް އެހެން މީހުންނަށް ގޮންޖައްސަވާ ވާހަކަފުޅު ދެއްކެވި ރައީސެއް އެމީހުންގެ ހަޔާތުގައި ވެސް ނުދެކޭ ވާހަކައެވެ. ގިނަ މީހުން ފާހަގަކުރާ ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ ފްލެޓާ ގޯތީގެ މައްސަލައިގައި ދެއްކެވި ވާހަކަފުޅެވެ. ކޯފާވެ ހުންނަވައިގެން ވިދާޅުވީ ވައުދުވެފައި އޮތްގޮތަށް އެކަން ކުރައްވާނެ ކަމަށެވެ. އެކަމަކު އޮޅުވާލައިގެން ފްލެޓް ހޯދާފައިވާ ފަރާތްތަކަށް ފްލެޓް ނުލިބޭނެ ކަމަށެވެ. ވައުދު ވާއިރު އެގޮތަށް އެވާހަކަ ބުނަން ނުޖެހޭނެ ކަމަށެވެ. ނުބުންޏަސް އެނގެން ޖެހޭނެ ކަމަށެވެ.

ރައީސްގެ މިވާހަކަފުޅަށް ރައްދުދީ ވާހަކަ ދައްކާ ގިނަ މީހުން ބުނަނީ އެހެން ވިދާޅު ނުވެވޭނެ ކަމަށެވެ. ވެރިކަމުގެ ބޭނުމުގައި ވޯޓުގެ ބޭނުމުގައި، މާ އޯގާތެރި މީހެއްގެ ސިފައިގައި ހުންނަވައިގެން ކިރިޔާ އަޑު ބޭރުވާހާ މަޑުމައިތިރި އަޑަކުން ވައުދުތައް ވެވަޑައިގެންނެވުމަށްފަހު، ވެރިކަން ލިބުމުން ވައުދު ބަދަލު ކުރައްވާ ހަރުއަޑުން، ހަރުކަށިކަމާއެކު ގޮންޖައްސަވާ އެގޮތަށް އެވާހަކަ ނުދެއްކެވޭނެ ކަމަށެވެ. ސަބަބަކީ ކެމްޕެއިން ތެރޭގައި ރައްޔިތުންނާ މުޚާތަބުކުރައްވާ ދައްކަވާ ވާހަކަފުޅާ ވެވަޑައިގަންނަވާ ވައުދާ ހުށަހަޅުއްވާ މެނިފެސްޓޯއަކީ އިޖްތިމާއީ އަގުދެއް ކަމަށެވެ. ވެރިކަން ލިބިވަޑައިގަތުމުން އެ އަގުދާ ޚިލާފުވެވަޑައިގެން އަމިއްލަފުޅަށް އެ ބާތިލްކުރެއްވުމުން އެ ވައުދުތަކުގެ މައްޗަށް ވޯޓުދިން ރައްޔިތުން ދިން ވޯޓުން ލިބިވަޑައިގެންނެވި ވެރިކަމުގެ މޯރަލް އޮތޯރިޓީވެސް ގެއްލޭނެ ކަމަށެވެ. އަނެއް ވާހަކައަކީ ބޭނުންފުޅު ކަމެއް ބޭނުންފުޅު ގޮތަކަށް ކުރައްވާނެ ކަމަށް ހަރުކަށިކަމާއެކު ވިދާޅުވެ ގޮންޖެއްސެވި ގޮންޖެއްސެވުމެވެ. ގާނޫނުތައް ހަދައިގެން ގާނޫނުތަކަށް ބަދަލު ގެނެސްގެން ވިޔަސް ވެސް، އަދި އެނޫން ގޮތަކަށް ވިޔަސް ބޭނުންކަމެއް ކުރައްވާނެ ކަމަށް ވިދާޅުވުމަކީ ޚުދުމުހުތާރު ސިފައެކެވެ. އެމީހުން ބުނަނީ ރައީސް ޑރ މުޙައްމަދު މުއިއްޒަށް ވެރިކަން ދީ ބާރުތައް ދިނީ ގައުމު ހުދުމުހުތާރު ނިޒާމަކަށް ބަދަލުކުރަން ނޫންކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އެމަނިކުފާނަށް ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން ފަސޭހަ ވާނީ މަޖިލީހުގެ މެޖޯރިޓީވެސް ދީގެން ކަމަށް ވިދާޅުވުމުން ކަމަށެވެ. އެއީ އެ ހުރިހާ މެޖޯރިޓީ އަކާ ބާރެއް ދިނުމުން ބޭނުންފުޅު އެއްޗެއް ހައްދަވާ ބޭނުންފުޅުވާ ގޮތަކަށް ގާނޫނުތައް ބަދަލު ކުރައްވާ، ހުރިހާ ބާރެއް މުށުތެރެއަށް ލައްވާ މުޅި ނިޒާމު ގަޑުބަޑުކޮށް "ވަންމޭން ޝޯވް" އެއް ގޮތަށް މުޅި ނިޒާމު ބައްޓަންކުރައްވަން ދިން ބާރެއް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެމްއެމްއޭގެ ގަވަރުނަރުކަމާއި، ފިނޭންސް މިނިސްޓަރު ކަމާއި ޑިފެންސް މިނިސްޓަރު ކަމާއި ޖުޑިޝަރީގެ އެންމެ މަތީވެރިޔާ ކަމަށް އޮތް އޮތުން ދިވެހިން ދޫކޮށްލީ އެގޮތް ކަމުނުދާތީއެވެ. ނޫ ގާނޫނު އަސާސީއަކުން ފެހި ގާނޫނު އަސާސީއަކަށް ދިވެހިން ބަދަލުވެ މަލްޓިޕާޓީ ޑިމޮކްރަސީއެއް ދިވެހިން ހޯދީ އެގޮތް ދިވެހިންނަށް ބޭނުންވާތީއެވެ. ވީ އިރު ރައްޔިތުން ދިން ބޮޑު ބާރުގެ ނާޖާއިޒު ފައިދާ ނަންގަވާ އަލުން ނޫ ގާނޫނު އަސާސީ އަށް ރުޖޫޢަ ވެވަޑައިގަންނަވަން މަސައްކަތް ނުކުރައްވާށެވެ. ސަރުކާރަށް އެއް އަހަރު ފުރުނު ދުވަހު ރައީސް ސްޓޭޖުގައި ހުންނަވައިގެން ތިޔަ ދެއްކެވީ ރައީސްގެ އަސްލު ސިފަނަމަ ތިޔަ ވިދާޅުވީ، ރައީސް އަސްލު ބޭނުންވާ ގޮތްނަމަ ތިއީ ދިވެހިން ބަލައިގަންނާނެ، ދޫކޮށްގެން ތިބޭނެ ގޮތެއް ނޫނެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު