Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޓިޒަން ޕޯޓަލް

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް އަނެއްކާވެސް "ރައީސަށް އާދޭސް ދަންނަވާ" ޕޯޓަލްއެއް!

17 ނޮވެމްބަރު 2026 | އަންގާރަ 08:40

ރައްޔިތުންގެ ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް "ސިޓިޒަންސް ވޮއިސް" ޕޯޓަލް މިހާރު ވަނީ އިފްތިތާހުކޮށްފައި. މި ޕޯޓަލްގެ އިތުރުން 1470 ހޮޓްލައިން މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި ޚިދުމަތަށް ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ނޮވެމްބަރު 2026 | އަންގާރަ 08:40
ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރެއްވި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި ޚާއްސަ ޕޯޓަލެއް އަންގާރަ ދުވަހު އިފްތިތާހުކުރައްވައިފި އެވެ.

މި ޕޯޓަލަކީ، މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އިފްތިތާހުކުރެއްވި ޚިދުމަތެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅަކީ ރައްޔިތުންގެ ޝަކުވާތައް ބަލައިގަންނާނެ ބިއުރޯއެއް އުފައްދަވައި، ރައްޔިތުންގެ އަޑު ގާތުން ބެއްލެވޭނެ ނިޒާމެއް ގާއިމުކުރެއްވުމެވެ.

Advertisement - newsAdvertisement

ސިޓިޒަންސް ވޮއިސް ޕޯޓަލްގެ ޚިދުމަތް މިވަގުތު ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވީ ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ޚިދުމަތަށް ޚާއްސަކުރެވޭ ފޯނު އެޕްލިކޭޝަނެއް ވެސް އިފްތިތާހުކުރާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. މީގެ ސަބަބުން ރައްޔިތުންނަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެ އޮފީހުން ބުނެ އެވެ.

މި ޕޯޓަލްގެ އިތުރުން، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް މިހާރު ވެސް ލިބޭނެ ކަމަށާއި، އެގޮތުން ހޮޓްލައިން ނަންބަރު 1470 އަށް ގުޅައިގެން ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ރައީސް އޮފީހުން މީގެ ކުރިން ވަނީ "ރައްޔިތުންގެ އަޑު" ޕޯޓަލެއްގެ އިތުރުން، ރައްޔިތުން ސީދާ ރައީސް އަރިހަށް ވަޑައިގެން ޝަކުވާ ހުށަހަޅާ ގޮތަށް "ރައްޔިތުންގެ އަޑު" ގެ ނަމުގައި ވެސް ހަރަކާތެއް ފަށާފަ އެވެ. 

ޑރ. މުހައްމަދު މުއިއްޒުސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯސިޓިޒަންސް ވޮއިސްރައީސް އޮފީސް

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

ކޮންމެ ވުޒާރާއަކުން ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކެއް އެކުލަވާލައްވަން ރައީސް މުއިއްޒު ނިންމަވައިފި

16 ނޮވެމްބަރު 2026
ކޮންމެ ވުޒާރާއަކުން ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކެއް އެކުލަވާލައްވަން ރައީސް މުއިއްޒު ނިންމަވައިފި
16 ނޮވެމްބަރު 2026

ކޮޕް31 ސަމިޓް: ދުނިޔޭގެ މުސްތަގުބަލާ މެދު ނުރައްކާތެރި އިންޒާރުތަކެއް ދިން ނަމަވެސް ބޮޑެތި ގައުމުތަކުގެ ވެރިން ސަމިޓްގައި ބައިވެރިވެވަޑައެއް ނުގެންނެވި

16 ނޮވެމްބަރު 2026
ކޮޕް31 ސަމިޓް: ދުނިޔޭގެ މުސްތަގުބަލާ މެދު ނުރައްކާތެރި އިންޒާރުތަކެއް ދިން ނަމަވެސް ބޮޑެތި ގައުމުތަކުގެ ވެރިން ސަމިޓްގައި ބައިވެރިވެވަޑައެއް ނުގެންނެވި
16 ނޮވެމްބަރު 2026

މަރުގެ އަދަބު ތަންފީޒު ނުކުރެވިއްޖެނަމަ ރައީސް މުއިއްޒުވެސް ވާނީ ފިނޑިއަކަށް: ޝުޖާއު

16 ނޮވެމްބަރު 2026
މަރުގެ އަދަބު ތަންފީޒު ނުކުރެވިއްޖެނަމަ ރައީސް މުއިއްޒުވެސް ވާނީ ފިނޑިއަކަށް: ޝުޖާއު
15 ނޮވެމްބަރު 2026

ރައީސް މުއިއްޒު ވެރިކަން ކުރެއްވުމަށް ކުފޫ ހަމަނުވޭ، ބޮޑަށް ރަނގަޅު ވާނީ އިސްތިއުފާ ދެއްވުން: ކުރީގެ އުއްތަމަ ފަނޑިޔާރު

15 ނޮވެމްބަރު 2026
ރައީސް މުއިއްޒު ވެރިކަން ކުރެއްވުމަށް ކުފޫ ހަމަނުވޭ، ބޮޑަށް ރަނގަޅު ވާނީ އިސްތިއުފާ ދެއްވުން: ކުރީގެ އުއްތަމަ ފަނޑިޔާރު
15 ނޮވެމްބަރު 2026

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

15 ނޮވެމްބަރު 2026
އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ
15 ނޮވެމްބަރު 2026

އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!

15 ނޮވެމްބަރު 2026
އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!
15 ނޮވެމްބަރު 2026

ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން

15 ނޮވެމްބަރު 2026
ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން
15 ނޮވެމްބަރު 2026

އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް

15 ނޮވެމްބަރު 2026
އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް
15 ނޮވެމްބަރު 2026

އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު

15 ނޮވެމްބަރު 2026
އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު
14 ނޮވެމްބަރު 2026

އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!

14 ނޮވެމްބަރު 2026
އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް