ކޮންމެ ވުޒާރާއަކުން ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކެއް އެކުލަވާލައްވަން ރައީސް މުއިއްޒު ނިންމަވައިފި
16 ނޮވެމްބަރު 2026 | ހޯމަ 15:56ސަރުކާރުގެ ވުޒާރާތަކުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ފަންނީ ބޭފުޅުންގެ ލަފާ ހޯދުމަށްޓަކައި، ޚާއްސަ ކޮމިޓީތަކާއި މަޝްވަރާ މަޖިލިސް އެކުލަވައިލުމުގެ އުސޫލަށް އަމަލުކުރަން ވަނީ ނިންމަވައިފައި. މި ކޮމިޓީތަކަށް އައްޔަންކުރައްވާނީ އެ ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކަމަށާއި، އެ ބޭފުޅުންގެ މަސައްކަތަކީ އުޖޫރައެއް ނުލިބޭ ގައުމީ ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައި


ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކާއި، ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި އަމަލުކުރައްވާނެ އުސޫލު ކަނޑައަޅުއްވާ، އެއަށް އަމަލުކުރަން ފެށްޓެވުމަށް ރައީސް ނިންމަވައިފި | ރައީސް އޮފީސް
ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކާއި، ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި އަމަލުކުރައްވާނެ އުސޫލެއް ކަނޑައަޅުއްވައި، އެއަށް އަމަލުކުރައްވަން ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ހޯމަ ދުވަހު ރައީސް އޮފީހުން ބުނި ގޮތުގައި މި އުސޫލު ކަނޑައަޅުއްވާފައިވަނީ ނޮވެންބަރު މަހުގެ 15 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު އެވެ.
މި އުސޫލުގެ މަގުސަދަކީ، އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާމެދު މަޝްވަރާކޮށް، އެ ދާއިރާތަކާގުޅޭ ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި، ދާއިރާތަކުން ލިބިފައިވާ ފަންނީ ތައުލީމާއި ތަޖުރިބާގެ އަލީގައި މަޝްވަރާ ހުށަހެޅުމަށް ފުރުސަތު ދިނުމަށް އުފައްދަވާ "ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވައިލެއްވުމާއި، ހިންގުމުގައި އަމަލުކުރައްވާނެ ގޮތް ކަނޑައެޅުއްވުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މިގޮތުން ކޮންމެ ވުޒާރާއަކަށް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކެއް އެކުލަވައިލައްވައި، އެ ދާއިރާތަކުން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ ކޮމިޓީތަކަށް އައްޔަންކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފަ އެވެ.
މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށް ރައީސް ވަނީ ނިންމަވާފަ އެވެ.











