Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

އަމޯރިމް އާއެކު ޔުނައިޓެޑުގެ ފަރިތަކުރުންތައް ފަށައިފި

19 ނޮވެމްބަރު 2024 | އަންގާރަ 05:59

އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ކުޅޭނެ ފުރަތަމަ މެޗަކީ މި މަހުގެ 24 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ނޮވެމްބަރު 2024 | އަންގާރަ 05:59
ޔުނައިޓެޑުގެ ފަރިތަކުރުމުގައި އަމޯރިމް

ޔުނައިޓެޑުގެ ފަރިތަކުރުމުގައި އަމޯރިމް

ދާދި ފަހުން މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވި ޕޯޗުގަލްގެ ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން އެ ކުލަބުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

ޔުނައިޓެޑުގެ ކޯޗުކަމަށް އަމޯރިމް ހަމަޖެއްސީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ނެދަލެންޑްސްގެ އެރިކް ޓެން ހާގް މަގާމުން ވަކި ކުރުމަށްފަހު އެވެ. ކޯޗުކަމުގެ މަގާމުން ޓެން ހާގް ވަކިކޮށްފައި ވަނީ އޭނާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި، ޚާއްސަކޮށް ޕްރިމިއާ ލީގުގައި ޔުނައިޓެޑުގެ ނަތީޖާތައް ދަށްވެފައިވާތީ އެވެ. މި ސީޒަނަކީ ޔުނައިޓެޑުގެ ތާރީޚުގައި ވެސް ޕްރިމިއާ ލީގުގައި އެ ޓީމަށް އެންމެ ދަށް ނަތީޖާއާ ކުރިމަތިލާން ޖެހުނު ސީޒަނެވެ.

ޔުނައިޓެޑާ އެކު އަމޯރިމް ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބަށް އިރުޝާދު ދޭނެ އެވެ. ޔުނައިޓެޑުގެ ކޯޗަކަށް އަމޯރިމް ހަމަޖެއްސި ފަހުން، ރަސްމީކޮށް އޭނާ އެ ކުލަބާ ހަވާލުވީ މި ހިނގާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އޭގެ ފަހުން ހޯމަ ދުވަހު އަމޯރިމް ވަނީ ޔުނައިޓެޑުގެ ފުރަތަމަ ފަރިތަކުރުން ކުރިއަށް ގެންގޮސްފަ އެވެ. އެ ފަރިތަކުރުމުގައި ޔުނައިޓެޑުގެ ގިނަ ކުޅުންތެރިން ވަނީ ބައިވެރި ވެސް ވެފަ އެވެ. އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ކުޅޭނެ ފުރަތަމަ މެޗަކީ މި މަހުގެ 24 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ.

މީގެ ކުރިމް ބެންފީކާ އަދި ޕޯޗުގަލް ޤައުމީ ޓީމަށް ވެސް ކުޅެފައިވާ އަމޯރިމް ކޯޗިންގެ ކެރިއަރު ފެށީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން ޔުނައިޓެޑު ވެގެން ދާނީ އަމޯރިން އިރުޝާދު ދޭނެ ހަތަރު ވަނަ ކުލަބަށެވެ. އޭނާ އެންމެ ފަހުން ހުރީ ޕޯޗުގަލްގެ ސްޕޯޓިންގެ ކޯޗުކަމުގަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕޯޓިން ވަނީ 231 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 164 މެޗުންނެވެ. 34 މެޗު އެއްވަރުވެފައިވާއިރު، 33 މެޗުން ވަނީ ބަލިވެފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕޯޓިން ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްރުބެން އަމޮރިމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
08 އޯގަސްޓު 2025

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

08 އޯގަސްޓު 2025
މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް