Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭރު ފައިސާގެ އައު ގަވާއިދު ބަދަލުނުކުރާނަން

ބޭރު ފައިސާއާ ބެހޭ ގަވާއިދު ބަދަލު ނުކުރާނަން، އެއަށް އަމަލުކުރަން ޖެހޭނެ: ރައީސް މުއިއްޒު

ސިޔާސީ ވެރިން ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްބޭފުޅުން ނާޖާއިޒް ފައިދާ ނަގަމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2024 | އާދީއްތަ 17:43
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް ތައާރަފް ކުރި ބޭރު ފައިސާ އާއި ބެހޭ ގަވާއިދު ބަދަލުނުކުރާނެ ކަމަށާއި، އެ ގަވާއިދާ އުސޫލާ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުރިއަށްދާ ރައްޔިތުންނާއެކު ކުރިއަށް - ހަފްތާ 52 ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދިއުމަށް 1970 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެއްވި ޚިދުމަތްތެރި ވަރަށް ގިނަ ބޭފުޅުން އެބަތިއްބެވި ކަމަށާއި، އެބޭފުޅުންގެ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ. އަދި މިދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުން ވެސް އެބޭފުޅުންގެ ފަރާތުން މިސާލު ނަގައިގެން ކުރިއަށް ދިއުމަށް ރައީސް މުއިއްޒު އެދިވަޑައިގަތެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ގައުމާ ރައްޔިތުންގެ ދެކެ ލޯބިނުވާ ސިޔާސީ ވެރިން، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްބޭފުޅުންގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށާއި، އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ނުދިނުމަށް ރައީސް މުއިއްޒު ގޮވާލެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް ތައާރަފް ކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށާއި، އެއީ ގާތްގަނޑަކަށް މި ސިނާއަތަށް ވަންނަ އާމްދަނީ 20 އިންސައްތަ ކަމަށެވެ. އަދި އެ މަނިކުފާނު ވިދާޅުވީ މިގޮތަށް އަމަލުކުރަން ފެށުމުން ބްލެކް މާކެޓުގައި ޑޮލަރު މާރުކުރަން ނުޖެހި ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށެވެ.

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުް އިން ފުރާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރު ބޭންކް ރޭޓުގައި ލިބޭކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިގަވާއިދާ އެއްގޮތަށް އަމަލުކޮށް، ތަންފީޒުކުރެވިއްޖެ ކަމަށްވާނަމަ 2026ގެ ފުރަތަމަ ކުއާޓަރަށްދާއިރު، އެއާޕޯޓުން ބޭންކް ރޭޓުގައި 1000 ޑޮލަރު ކޮންމެ ދިވެއްސަކަށް ގަންނަން ލިބޭނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ 2026 ވަނަ އަހަރުގެ ފަހުކޮޅު ކްރެޓިޑް ކާޑުގެ ލިމިޓްވެސް 1400 ޑޮލަރަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި މިއީ އާއްމު ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މި ގަވާއިދުގެ ދަށުން ވިޔަފާރިވެރިންނަށް ވެސް ބޮޑު ލުޔެއް ލިބި ކުރިއެރުން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މިގަވާއިދާ އެކު ކުރިއެރުން ލިބެނީ ރައްޔިތުންނަށް ކަމަށާއި، ގަވާއިދު ބަދަލުނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މިގަވާއިދަށް އަމަލުކުރަންޖެހޭނެ ކަމަށާއި، ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. މިކަން ތަންފީޒު ކުރުމަށްޓަކައި، އެމްއެމްއޭއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކަމަށް ޚާއްސަ ފޮރެކްސް ގާނޫނެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފާސްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ތަކުރާރުކޮށް، މިސަރުކާރު އޮތީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، ރައްޔިތުންނާއެކު ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ. މިއީ 100 ޕަސެންޓް ދިވެހި ރައްޔިތުންނާއެކު އޮތް ސަރުކާރެއް ކަމަށާއި، އެކަމުގައި ސުވާލެއް ވެސް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއެމްއޭ އިން ފަތުރުވެރިކަމުގެ ދާއިރާ އަށް އަމާޒުކޮށް ތައާރުފް ކުރި ގަވައިދުގައިވާ ގޮތުން، މުދާ ވިއްކާ އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ކަލަންޑަރު މަހެއްގައި ވިއްކާފައިވާ މުދަލަށް ނުވަތަ ފޯރުކޮށްދީފައިވާ ޚިދުމަތަށް ލިބޭ ޖުމްލަ ބޭރު ފައިސާ އެ މަހެއްގެ ފަހުން އަންނަ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފަރ ކުރަން ނުވަތަ ޖަމާކުރަން ވަނީ ލާޒިމު ކޮށްފައެވެ. 

އޭގެ އިތުރުން، ރިސޯޓު ހިންގާ ފަރާތުން، ކޮންމެ ކަލަންޑަރު މަހަކަށް، އެ ތަނަކަށް އަންނަ ފަތުރުވެރިންގެ އަދަދާ އެއްވަރުގެ ޖުމްލަ އަދަދެއް، ކޮންމެ ފަތުރުވެރިއަކަށް 500 (ފަސްސަތޭކަ) އެމެރިކާ ޑޮލަރުގެ ރޭޓުން ރުފިޔާއަށް ބަދަލުކޮށް، އެ މަހެއްގެ ފަހުން އަންނަ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ޖަމާކުރަން ޖެހެއެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވަނީ މިގަވާއިދަށް އަމަލު ކުރުމަށް އިއުތިރާޒްކުރައްވާ، އެކަން ރަސްމީކޮށް ސަރުކާރަށް އަންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުޑޮލަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ

ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ

16 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭ ކާޑުގެ ލިމިޓު މަތިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭ ކާޑުގެ ލިމިޓު މަތިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

23 ސެޕްޓެމްބަރު 2025
ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު