Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކުއްލި އެއްވުން

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

މުޒާހަރާތަކާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް އަސަރުކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 މާރިޗު 2025 | ބުރާސްފަތި 11:40
ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ކުއްލި އެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަދައްކަވަނީ

ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ކުއްލި އެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަދައްކަވަނީ

ކުރިއަށް އޮތްތަނުގައި ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ މެންބަރުން ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ބައިވެރިވާނެ ކަމަށާއި، މިވެރިކަން ވައްޓާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ކުއްލި އެއްވުމުގައި މެންބަރު މައުރޫފު ވިދާޅުވީ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި، މުޒާހަރާތަކުގައި ދައްކާ ހުރިހާ ވާހަކަތަކާއި، މަންޒަރުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު މައުރޫފު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގެ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުން މުޒާހަރާއަށް ނުކުތީ ގައުމުގެ ގިނަ ކަންކަން ގޯސްވުމުން ކަމަށާއި، މި މުޒާހަރާތައް ސަރުކާރަށް ނުހުއްޓުވޭނެ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި މުޒާހަރާތައް ވަރުގަދަވެ ބައިވެރިވާ މީހުން ގިނަވާނެކަން ފާހަގަކުރައްވައި މެންބަރު މައުރޫފު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެމްޕީގެ ލީޑަރޝިޕް އެއްކޮށް ނުކުންނާނެ ކަމަށާއި، ޕީއެންސީ މެންބަރުން ވެސް މި މުޒާހަރާތަކަށް ނުކުންނާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ވެސް ޕީއެންސީގެ މެންބަރުން ސަރުކާރާ ދެކޮޅަށް މިހާރު ވާހަކަ ދައްކަވާ ކަމަށާއި، އެކަމާއި ގުޅިގެން ބައެއް މެންބަރުންނަށް މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭ ކަމަށެވެ.

މީގެ އިތުރުން މެންބަރު މައުރޫފު ވިދާޅުވީ ރައީސް މުއިއްޒަށް އަބަދަކު މަޖިލިސް މެންބަރުން ކޮންޓްރޯލް ކޮށްގެން ނުގެންގުޅެވޭނެ ކަމަށާއި، ބަލިކަށިވާނެ ކަމަށެވެ.

އަޅުގަނޑަށް އެކަން އެނގޭ ސަބަބަކީ ޕީއެންސީގެ މެންބަރުން މިހާރު މަޖިލިސް ތެރޭގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަމުންދާތީ ބަސް ބުނަމުންދާތީ މަނާކޮށްފި ވާހަކަ ދެއްކުން. ވަކި ބަޔަކަށް ނޫނީ މިހާރު މަޖިލީހުގައި ޕީއެންސީ މެންބަރުންނަށް މިހާރު ވާހަކަ ދެއްކުން މަނާކޮށްފި. މިއަދު ވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ބައެއް މެންބަރުން އާދޭސްކޮށް އެދެމުންދިޔަ އެހެންނަމަވެސް ހަމަ ލީޑަރު ފަލާހު މި ބުނަނީ ނެތޭ ދެވޭކަށް މަތިން އަންގާފައޭ އޮތީ. ބައެއް މީހުންނަށޭ ފުރުސަތު ދެވޭނީ. ކޮބައިތޯ މިވާ ގޮތަކީ. އެބޭފުޅުންގެ ކަންބޮޑުވުން ހިތްހަމަ ނުޖެހުން ހިތް ނުތަނަވަސްކަން މަޖިލީހުގެ ތަޅުމުގައި ފާޅުކުރަމުންދާތީވެ ތިން ބާރު ވަކިވެފައި އޮތް ދައުލަތެއް މިރާއްޖޭގައި ނުހިނގާ ވާހަކަ ޕީއެންސީގެ މެންބަރުން މަޖިލީހުގައި މިހާރު ދައްކަމުންދޭ. އެވާހަކަތައް ކުރިއަށް އޮތްތަނުގައި އިތުރަށް ދައްކާނެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު

މެންބަރު މައުރޫފު ވިދާޅުވީ މިސަރުކާރުން މަޖިލިސް، ސުޕްރީމް ކޯޓުގެ ބާރު ކަނޑާލުވާލާފައިވާ ކަމަށާއި، ނަމަވެސް ރައްޔިތުންގެ ބާރު ކަނޑުވާނުލެވޭނެ ކަމަށެވެ. ދައުވާ ކޮށްގެން ވެސް ގާނޫނު އަސާސީން ވެސް އެކަން ނުކުރާނެ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

ޕާޓީ ނިޒާމުގެ ތެރެއިން ދެފަހަރު ރައްޔިތުންގެ ލޮއެއްބާއެކު ވެރިކަން ހޯދައިފައިވާ ޕާޓީއަކީ އެމްޑީޕީކަން ފާހަގަކުރައްވައި މެންބަރު މައުރޫފު ވިދާޅުވީ ރައްޔިތުންނާއެކު އެމްޑީޕީން ނުކުމެ މިސަރުކާރު ހަމަ މަގަށް އަޅުވާނެ ކަމަށާއި، މި ވެރިކަން ވައްޓާލާނެ ކަމަށެވެ.

މެންބަރު މައުރޫފު ވިދާޅުވީ މުޒާހަރާތަކާއި ގުޅިގެން ސަރުކާރުން ބިރު ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް ބިރު ނުދެއްކޭނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި މަގުތައް ފުރާލައި ދިވެހި ފުލުހުން ވެސް ފަހަތަށް ޖައްސާނެ ކަމަށެވެ.

ޕީއެންސީއިހުތިޖާޖު ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުމުޒާހަރާއެމްޑީޕީއެއްޑީޕީ ކުއްލި އެއްވުންރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު