Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލު - ހިޒްބުﷲ ހަނގުރާމަ

ނަތަންޔާހޫއަށް އަމާޒުކޮށް އަނެއްކާވެސް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތު

17 ނޮވެމްބަރު 2024 | އާދީއްތަ 07:49

ނަތަންޔާހޫ އަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތު ހިޒްބުﷲ އަށް ކޮށްފައި މިވަނީ، ނަތަންޔާހޫގެ ގެކޮޅު ކައިރިއަށް ދެ ފްލެއަރ ވެއްޓުނު ކަމަށް އިޒްރޭލުގެ ސަލާމަތީ ޚިދުމަތްތަކުން ބުނުމާ ގުޅިގެންނެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 17 ނޮވެމްބަރު 2024 | އާދީއްތަ 07:49
އޮކްޓޯބަރު 19 ވަނަ ދުވަހު ހިޒްބުﷲ އިން ނަތަންޔާހޫގެ ގެކޮޅަށް ދިން ޑްރޯން ހަމަލާގައި ނަތަންޔާހޫގެ ގެކޮޅުގެ ބިއްލޫރިގަނޑެއް ހަލާކުވެފައި

އޮކްޓޯބަރު 19 ވަނަ ދުވަހު ހިޒްބުﷲ އިން ނަތަންޔާހޫގެ ގެކޮޅަށް ދިން ޑްރޯން ހަމަލާގައި ނަތަންޔާހޫގެ ގެކޮޅުގެ ބިއްލޫރިގަނޑެއް ހަލާކުވެފައި

އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އަމާޒުކޮށް އަނެއްކާވެސް ހިޒްބުﷲ އިން ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތު އިޒްރޭލު އަސްކަރިއްޔާއިން ކޮށްފިއެވެ.

ނަތަންޔާހޫ އަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތު ހިޒްބުﷲ އަށް ކޮށްފައި މިވަނީ، ހޮނިހިރު ދުވަހު އިޒްރޭލުގެ ސެސަރިޔާގައި ހުންނަ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެކޮޅު ކައިރިއަށް ދެ ފްލެއަރ ވެއްޓުނު ކަމަށް އިޒްރޭލުގެ ސަލާމަތީ ޚިދުމަތްތަކުން ބުނުމާ ގުޅިގެންނެވެ.

މި ފްލެއަރ ތައް ދޫކޮށްލީ ކޮން ބައެއްކަން މިހާތަނަށް އެނގިފައެއް ނުވެއެވެ.

އިޒްރޭލު ފުލުހުންނާއި ޝިން ބެޓް އިންޓަރނަލް ސެކިއުރިޓީ އޭޖެންސީން އެކުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ބޮޑުވަޒީރުގެ ގެކޮޅުގެ ގޯތިތެރެއަށް ދެ ފްލެއަރ ވެއްޓިފައިވާ،" ކަމަށާއި "ހާދިސާ ހިނގި ވަގުތު ބޮޑުވަޒީރު އާއި އޭނާގެ އާއިލާ ގެކޮޅުގައި ނޫޅުއްވާ،" ކަމަށެވެ.

"މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، މިއީ ސީރިއަސް ހާދިސާއެއް އަދި ނުރައްކާތެރި އިޝާރާތެއް،" ކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ ރައީސް އިސްހާޤު ހަރޒޮގް ވަނީ މި ހާދިސާ ކުށްވެރިކުރައްވާ، އަނިޔާވެރިކަން އިތުރުވެދާނެކަމުގެ އިންޒާރު ދެއްވާފައެވެ.

"ދެންމެ ޝިން ބެޓްގެ ވެރިޔާއާ ވާހަކަދައްކާ، މި ހާދިސާއާ ގުޅޭގޮތުން ވީހާވެސް އަވަހަކަށް ތަހުގީގުކޮށް، ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކޮށްފައިވާނެ،" ހަރޒޮގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައި މިވަނީ އޮކްޓޯބަރު 19 ގައި ބޮޑުވަޒީރު ނަތަންޔާހޫގެ ގެކޮޅަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދީފައިވަނިކޮށެވެ. އެ ހަމަލާގެ ޒިންމާ ފަހުން ނަގާފައިވަނީ އީރާނުގެ އެހީތެރިކަން ލިބިގެން ހިންގާ ހިޒްބުﷲ ޖަމާއަތުންނެވެ.

މިހަމަލާއާ ގުޅިގެން ނަތަންޔާހޫ ވެސް ތުހުމަތުކުރައްވާފައި ވަނީ ހިޒްބުﷲ އިން އޭނާ އާއި އޭނާގެ އަނބިކަނބަލުން އަވަހާރަކޮށްލަން މަސައްކަތްކުރި ކަމަށެވެ.

ހިޒްބުﷲއިން އިޒްރޭލަށް ހަމަލާދޭން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން، ހަމާސްއަށް އެހީތެރިވުމުގެ ގޮތުންނެވެ.

ލުބުނާނުގެ އިސް އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ކުރަމުންދާ ހަނގުރާމާގައި މަދުވެގެން 3،380ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ބުރާސްފަތި ދުވަހު ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި މި ހަނގުރާމައިގެ ސަބަބުން އިގްތިސާދި ގޮތުން ލުބުނާނަށް ލިބުނު ގެއްލުން މަދުވެގެން 5 ބިލިއަން ޑޮލަރަށް އަރާ ކަމަށާއި އުމްރާނީ ގޮތުން ލިބިފައިވާ ގެއްލުމުގެ އަގު އެތަށް ބިލިއަނަކަށް އަރާކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް