Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލު - ހިޒްބުﷲ ހަނގުރާމަ

ހިޒްބުﷲ އިން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފި

ހިޒްބުﷲ އިން ހަމަލާދީފައިވަނީ އިޒްރޭލުގެ "ޓެކްނިކަލް މަރުކަޒަކަށާއި" އަކަށާއި، "ހައިފާ ކަނޑުގެ މަރުކަޒަކަށާއި"، ސްޓެލާ މާރިސް ކަނޑުގެ މަރުކަޒަކަށާއި އަދި ހައިފާ ކައިރީގައި ހުރި އިތުރު ދެ އަސްކަރީ މަރުކަޒަކަށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2024 | އާދީއްތަ 07:47
ސެޕްޓެމްބަރު 22 ގައި ހިޒްބުﷲ އިން އިޒްރޭލުގެ ހައިފާ ސަރަޙައްދުގައި ހިމެނޭ ކިރިޔަތް ބިއަލިކް އަށް ދިން ހަމަލާއަކާ ގުޅިގެން ހަލާކުވެފައިވާ ތަކެއްޗާއި އަނދާފައިވާ އުޅަނދުތަކުގެ މެދުގައި އެހީތެރިކަން ފޯރު

އުތުރު އިޒްރޭލުގެ ހައިފާ އަދި އެ ސަރަހައްދާ ކައިރީގައި ހުރި އިޒްރޭލުގެ 5 އަސްކަރީ މަރުކަޒަކަށް ހިޒްބުﷲ އިން ހަމަލާ ދީފިއެވެ.

ހަމަލާއަށްފަހު، ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޒްބުﷲ އިން ހަމަލާދީފައިވަނީ އިޒްރޭލުގެ "ޓެކްނިކަލް މަރުކަޒަކަށާއި" އަކަށާއި، "ހައިފާ ކަނޑުގެ މަރުކަޒަކަށާއި"، ސްޓެލާ މާރިސް ކަނޑުގެ މަރުކަޒަކަށާއި އަދި ހައިފާ ކައިރީގައި ހުރި އިތުރު ދެ އަސްކަރީ މަރުކަޒަކަށް ކަމަށެވެ. މީގެ ތެރެއިން އެއް މަރުކަޒުގައި ހުރީ "އިޒްރޭލު އަސްކަރިއްޔާގެ ތެޔޮ ސްޓޭޝަނެއް" ކަމަށް ބުނެފައިވެއެވެ. މި ހަމަލާތައް ދީފައިވަނީ އެއްފަހަރާ "މިސައިލް ފުންޏެއް" އޮއްސާލައިގެން ކަމަށް ހިޒްބުﷲ އިން ބުނެފައިވެއެވެ.

ހަމަލާއާ ގުޅިގެން އިޒްރޭލު އަސްކަރިއްޔާއިން ބުނެފައިވަނީ، ހޮނިހިރު ދުވަހު އުތުރުގެ ކަނޑު އައްސޭރިފަށުގައިވާ ހައިފާ ސިޓީގައި ހުރި ޔަހޫދީންގެ އަޅުކަންކުރާ ތަނަކަށް ހަމަލާއެއް ދިނުމުން ދެ މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. މިއީ އީރާނުގެ އެހީތެރިކަން ލިބިގެން ހިންގާ ހިޒްބުﷲ ޖަމާއަތުން ދިން "ވަރުގަދަ ރޮކެޓް ހަމަލާއެއް" ކަމަށް އިޒްރޭލު އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

"މިއީ ހިޒްބުﷲއިން އިޒްރޭލުގެ އާންމު ރައްޔިތުންނަށް ގަސްތުގައި ހަމަލާދޭކަމުގެ އިތުރު ސާފު މިސާލެއް،" އިޒްރޭލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިޒްރޭލުން އިތުރަށް ބުނެފައިވަނީ، ލުބުނާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި "ގާތްގަނޑަކަށް 10 މިސައިލް" ގެ ތެރެއިން ބައެއް މިސައިލްތައް ހުއްޓުވާލެވިފައިވާ ކަމަށެވެ.

އިޒްރޭލުގެ ކުއްލި ނުރައްކަލުގެ ޚިދުމަތްދޭ މަގެން އަދަމް ޑޭވިޑްއިން ބުނެފައިވަނީ، 16 އަހަރާއި 70 އަހަރާ ދެމެދުގެ 5 މީހަކު 'ކުޑަކޮށް ޒަޚަމްވެފައި' ވުމުގެ އިތުރުން މިހާތަނަށް މި ހަމަލާގެ ސަބަބުން އެއްވެސް މީހަކު ޒަޚަމްވެފައިނުވާ ކަމަށެވެ.

ސެޕްޓެމްބަރު 23ން ފެށިގެން އިޒްރޭލުން އަންނަނީ ލުބުނާނުގައި ހުރި ހިޒްބުﷲގެ ތަންތަނަށް ދޭ ވައިގެ ހަމަލާތައް އިތުރުކޮށް، އެ ޤައުމުގެ އެކި ސަރަހައްދުތަކަށް އިޒްރޭލު ސިފައިން ފޮނުވަމުންނެވެ.

ލުބުނާނުގެ ސިއްހީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ލުބުނާނުގައި، އިޒްރޭލުގެ ހަމަލާތަކުގައި 3،287ށް ވުރެ ގިނަ މީހުން މަރުވެ، މަދުވެގެން 14،222 މީހުން ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު