Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޑޮލަރު މާރުކުރަން މަޖުބޫރުކުރުން

ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރަން ރައީސް ނަޝީދު ދެކޮޅު ހައްދަވައިފި

"އަޅުގަނޑުގެ ވިސްނުމަކީ ސަރުކާރަކަށް މީހުންގެ އަމިއްލަ ފައިސާ ބޭނުންކުރާނެ ގޮތް ކަނޑައެޅުމުގެ ބާރެއް ނޯންނާނެ. ރިސޯޓު ވެރިން އެ ފަރާތްތަކުގެ ޓެކްސް ދައްކާ. އަދި ބާކީ އޮންނަނީ އެ ފަރާތްތަކުގެ އިންވެސްޓްމަންޓުގެ ފައިދާ. އެ ފައިސާ ރައްކާކުރާނެ ނުވަތަ ހޭދަކުރާނެ ގޮތް ނިންމަންވާނީ އެ ފަރާތްތަކުން،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2024 | ހޮނިހިރު 09:13
ކުރީގެ ރައީސް، މުޙައްމަދު ނަޝީދު

ކުރީގެ ރައީސް، މުޙައްމަދު ނަޝީދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޓޫރިޒަމް ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ ބައެއް ރާއްޖޭގެ ބޭންކުތަކުގައި ޖަމާކޮށް ދިވެހި ރުފިޔާ އަށް މާރު ކުރަން ލާޒިމުކުރާ ގަވާއިދާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެކޮޅު ހައްދަވައިފިއެވެ.

ކުއްލި ގޮތަކަށް އެމްއެމްއޭ އިން، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއެއް ނެތި އެކުލަވާލާ ތަންފީޒު ކުރަންފެށި ގަވައިދުގެ ދަށުން ރިސޯޓުތަކާއި އެހެނިހެން ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރު ރާއްޖޭގެ ބޭންކެއްގައި މާރުކުރަން ލާޒިމުވެއެވެ.

ރިސޯޓު އޮޕަރޭޓަރުން ބުނަމުން އަންނަނީ މިއީ ތަންފީޒު ކުރަން ފަސޭހަ ގަވައިދެއް ނޫންކަމަށާއި، ހުރިހާ ޓެކްސް އެއް ޑޮލަރުން ދެއްކުމަށްފަހު އިތުރަށް ރިސޯޓުތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުވުމަކީ ހަމަ ޖެހޭ އިންސާފުވެރި ކަމެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ އިންޑަސްޓްރީ އަށް ހީނަރުކަން އައިސް، އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލި، މުޅި ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ވެދާނެ ކަމަށެވެ. ހަމަ އެކަނި ފަތުރުވެރިކަމުގެ ދާއިރާ އަށް މި ގަވައިދު ޓާގެޓް ކުރުމަކީ ވެސް "ބޭއިންސާފު" ކަމަށް ރިސޯޓު އޮޕަރޭޓަރުން ވަނީ ބުނެފައެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިވެރިންގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުން އަމާޒު ހިފަންވާނީ އިތުރު މާލީ ކޮންޓްރޯލްތައް ވިޔަފާރިތަކުގެ މައްޗަށް ތަންފީޒު ކުރުމުގެ ބަދަލުގައި، މިހާރުވެސް ނަގަމުންދާ ޓެކްސް ފަރުވާތެރިކަމާ އެކު ނެގުމަށް ކަމަށެވެ. ކުރީގެ ރައީސް އިތުރަށް ވިދާޅުވީ ރިސޯޓު ވެރިންނަށް އެ ފަރާތްތަކުގެ ޓެކްސް ދެއްކުމަށްފަހު ލިބޭ އާމްދަނީ ބޭނުން ކުރުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ ސަރުކާރަކަށް މީހުންގެ އަމިއްލަ ފައިސާ ބޭނުންކުރާނެ ގޮތް ކަނޑައެޅުމުގެ ބާރެއް ނޯންނާނެ. ރިސޯޓު ވެރިން އެ ފަރާތްތަކުގެ ޓެކްސް ދައްކާ. އަދި ބާކީ އޮންނަނީ އެ ފަރާތްތަކުގެ އިންވެސްޓްމަންޓުގެ ފައިދާ، އެ ފައިސާ ރައްކާކުރާނެ ނުވަތަ ހޭދަކުރާނެ ގޮތް ނިންމަންވާނީ އެ ފަރާތްތަކުން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ގަވާއިދުތަކުގެ ޒަރީއާއިން ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ކުރީގައިވެސް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި ވިޔަފާރިތަކުން ފައިސާ ގައުމުގައި ބެހެއްޓުމަށް ނިންމަނީ ގާނޫނުތަކަށްވުރެ ބޮޑަށް ވިޔަފާރީގެ އިތުބާރު އޮތް މިންވަރަށް ބަލައިގެން ކަމަށް ފާހަގަކުރެއްވިއެވެ.

ނަޝީދު އިތުރަށް ފާހަގަ ކުރެއްވީ ދިވެހިރާއްޖޭގެ ދަރަނި ވަރަށް ނާޒުކު ހާލަތެއްގައި އޮތް ކަމަށާއި މިކަމަށް ހައްލެއް ހޯދޭނީ ދަރަނި ރީސްޓްރަކްޗަރ ކުރުމުން އެކަނި ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރަށް މިއަހަރު 500 މިލިއަން އެމެރިކާ ޑޮލަރު އަނބުރާ ދައްކަން ޖެހޭއިރު، އަންނަ އަހަރު އިތުރު 1 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި މިކަމަކީ ހަމައެކަނި ޓެކްސް އިތުރު ކޮށްގެން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރިސޯޓު އޮޕަރޭޓަރުން ބުނަމުން އަންނަނީ ސަރުކާރުން ބޭރު ފައިސާގެ ގަވައިދު އެކުލަވާލީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމެއް ނެތި ކަމަށާއި، އެގޮތުން އެކުލަވާލާ އަމަލު ކުރަން ލާޒިމު ކުރި ގަވައިދަކީ "ހަގީގަތާ ދުރު" އެއްޗެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ

ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ

15 މެއި 2017
ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި

ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި

13 މެއި 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

16 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު