Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޖަވާހިރުގެ ނީލަން

ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި

ސިއެރާ ލިއޯންގެ ސަރުކާރުން މިހާރު ބޭނުންވަނީ ބައިނަލްއަގްވާމީ ނީލަމަކަށް ޖަވާހިރު ލާން

ރާއްޖެ އެމްވީ | 13 މެއި 2017 | ހޮނިހިރު 18:58
ސިއެރާ ލިއޯނުން ފެނުނު 709 ކެރަޓްގެ ބޮޑު ޖަވާހިރު - މިއީ ހުޅަނގު އެފްރިކާއިން މިހާތަނަށް ފެނުނު ދެވަނަ އަށް އެންމެ ބޮޑު ޖަވާހިރު

ސިއެރާ ލިއޯނުން ފެނުނު 709 ކެރަޓްގެ ބޮޑު ޖަވާހިރު - މިއީ ހުޅަނގު އެފްރިކާއިން މިހާތަނަށް ފެނުނު ދެވަނަ އަށް އެންމެ ބޮޑު ޖަވާހިރު

ބުރާސްފަތި ދުވަހު އޮތް ނީލަމެއްގައި ދުނިޔޭގެ އެންމެ ބޮޑު އެއް ޖަވާހިރަށް 7.8 މިލިއަން ޑޮލަރުގެ އަގެއް ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވިއެވެ.

މި ޖަވާހިރުގެ ވެރި ފަރާތަކީ ސިއެރާ ލިއޯންގެ ސަރުކާރެވެ.

ސިއެރާ ލިއޯނުން ބުނީ ޖަވާހިރުގެ އަގު އެއަށް ވުރެ ބޮޑު ވާނެ ކަމަށާއި، ލަފާ ކޮށްފައިވާ މިންވަރަށް އަގު އަރާފައި ނުވާ ކަމަށެވެ.

މި ޖަވާހިރު ފެނުނީ މިއަހަރުގެ މާޗު މަހު ސިއެރާލިއޯންގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ކޯނޯ ޑިސްޓްރިކްޓުން ނަސާރާ ދީނުގެ ފާދިރީއަކަށެވެ. އޭނާ، 709 ކެރަޓް ހުރި މި ޖަވާހިރު ވިއްކާލުމަށް ހަވާލުކުރީ ސިއެރާލިއޯންގެ ސަރުކާރަށެވެ. މިއީ މިހާތަނަށް ހުޅަނގު އެފްރިކާގެ ގައުމަކުން ފެނުނު ދެވަނަ އަށް އެންމެ ބޮޑު ޖަވާހިރެވެ. މިހާތަނަށް މި ސަރަހައްދުން ފެނުނު އެންމެ ބޮޑު ޖަވާހިރަކީ 969 ކެރަޓް ހުރި "ސްޓަރ އޮފް ސިއެރާލިއޯން" ގެ ނަން ދެވުނު ޖަވާހިރެވެ. މި ޖަވާހިރު ފެނުނީ 1972 ވަނަ އަހަރު ކަމަށް ބީބީސީން ރިޕޯޓް ކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހު ސިއެރާލިއޯންގެ ވެރިރަށް ފްރީޓައުންގައި އޮތް މި ޖަވާހިރުގެ ނީލަމުގައި ފަސް ފަރާތަކުން ބިޑު ހުށަހެޅިއެވެ. އެންމެ ދަށް އަގުގެ ގޮތުގައި އޮތީ 2 މިލިއަން ޑޮލަރެވެ. އެންމެ މަތީ އަގަކަށް އޮތީ ބެލްޖިއަމްގެ "ރޭ ޑިއަމް" އިން ހުށަހެޅި 7.8 މިލިއަން ޑޮލަރެވެ.

ސިއެރާ ލިއޯންގެ ނޭޝަނަލް މިނެރަލް އެޖެންސީގެ ވެރިޔާ ރޮއިޓާސްއަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ، ސަރުކާރުން ލަފާކުރި އަދަދާ ގާތައްވެސް ޖަވާހިރުގެ އަގު އަރާފައި ނުވާކަމަށެވެ. އެހެން ކަމުން ސިއެރާލިއޯންގެ ސަރުކާރުން މިހާރު ބޭނުންވަނީ ބައިނަލްއަގްވާމީ ނީލަމެއްގައި ޖަވާހިރު ބައިވެރި ކުރުމަށް ބެލްޖިއަމްއަށް ނުވަތަ އިޒްރޭލްގެ ޓެލްއަވީވަށް ޖަވާހިރު ގެންދާށެވެ.

އޭއެފްޕީއަށް އިތުރު ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ، ލަފާ ކުރެވޭ ގޮތުގައި ޖަވާހިރުގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެއެވެ. އަދި ސިއެރާލިއޯންގެ ސަރުކާރުން ބޭނުންވަނީ އެންމެ ރަނގަޅު އަގުގައި ޖަވާހިރު ވިއްކާލުމަށް ކަމަށާއި އޭރުން އެއިން ލިބޭ ފައިދާ ގިނަ ބަޔަކަށް ލިބިގެންދާނެ ކަމަށެވެ.

ދުނިޔޭގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ޖަވާހިރަކީ 3107 ކެރަޓް ހުރި ދެކުނު އެފްރިކާއިން 1905 ވަނަ އަހަރު ފެނުނު ޖަވާހިރެވެ. މި ޖަވާހިރު ކުދި ކުރުމަށްފަހު އޭގެ އެންމެ ބޮޑުބައި ލިބުނީ އިނގިރޭސި ޝާހީ އާއިލާއަށެވެ.

މިހާތަނަށް އެންމެ އަގުބޮޑު ޖަވާހިރުގެ ގޮތުގައި ވިއްކާލީ "ޕިންކް ސްޓަރ" ގެ ނަން ދެވުނު ޖަވާހިރެކެވެ. މި އަހަރުގެ އޭޕްރީލް މަހު އެ ޖަވާހިރު ގަތީ ހޮންކޮންގެ ގަހަނާ ކުންފުންޏަކުން 71.2 މިލިއަން ޑޮލަރަށެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
05 ޖެނުއަރީ 2017

ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

05 ޖެނުއަރީ 2017
 ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު