Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް އިސްކަން ދެވޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 16 މާރިޗު 2017 | ބުރާސްފަތި 11:18
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް އޮންލައިންކޮށް ބުކިންގ ހައްދައިގެން ޑޮލަރު ލިބޭނެކަން ބީއެލްއެލް ހަނދާން ކޮށްދީފިއެވެ.

ބީއެމްއެލް އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް ބީއެމްއެލްއިން މިއަހަރުގެ ޖެނުއަރީ މަހު އޮންލައިންކޮށް ބުކިންގ ހައްދައިގެން ޑޮލަރު ލިބޭނެ ނިޒާމެއް ތައާރަފްކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް، www.bankofmaldives.com.mv ގައިވާ އޮންލައިން ބުކިން ޕޯޓަލް މެދުވެރިކޮށް ކޮންމެ ދަތުރުވެރިއަކަށް 500 ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިޕާޗާ ގޭޓް 4 ގެ ކުރިމަތީގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ޚާއްސަ ކައުންޓަރުތަކުން ޑޮލަރު ނެގޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިދުވަސްވަރަކީ ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭން ބޭރަށް ދަތުރުކުރަން ތައްޔާރުވަމުންދާ ދުވަސްވަރެއްކަމުން، ވީހާވެސް ފަސޭހަކަމާ އެކު އެއަރޕޯޓުން ޑޮލަރު ނެގުމަށްޓަކައި ފްލައިޓް ފުރުމުގެ 8 ގަޑިއިރުކުރިން ޑޮލަރު ގަތުމަށް ބޭނުންވާ ފައިސާ ދައްކާ ބުކިންގ ކޮންފާމްކުރުމަށް ދަތުރުވެރިންނަށް ބޭންކުން ހަނދާންކޮށްދޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ބުކިންގ ހަދައި އަދި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވީ ނަމަވެސް އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭ ގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްް ވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައި ވެސް އިސްކަން ދެވޭނެ ކަން ބީއެމްއެލްގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2018

ޗުއްޓީ ނިމޭ ދުވަސްވަރާ ދިމާކޮށް ފްލައިޓްތައް އިތުރުކޮށްފި

02 ޖެނުއަރީ 2018
ޗުއްޓީ ނިމޭ ދުވަސްވަރާ ދިމާކޮށް ފްލައިޓްތައް އިތުރުކޮށްފި
28 އޮކްޓޯބަރު 2017

ހެޕީ މާކެޓަށް 25 އަހަރު ފުރުމާއި ދިމާކޮށް "ޔެސް 2017" ނަމުގައި ޕްރޮމޯޝަނެއް ފަށަނީ

28 އޮކްޓޯބަރު 2017
ހެޕީ މާކެޓަށް 25 އަހަރު ފުރުމާއި ދިމާކޮށް "ޔެސް 2017" ނަމުގައި ޕްރޮމޯޝަނެއް ފަށަނީ
01 އޮކްޓޯބަރު 2017

ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު

01 އޮކްޓޯބަރު 2017
ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު
01 އޮކްޓޯބަރު 2017

ބްރާންޗްތަކުން ޑޮލަރު ގަންނަން ބުކިން ހެދުން ބީއެމްއެލުން ހުއްޓާލަނީ

01 އޮކްޓޯބަރު 2017
ބްރާންޗްތަކުން ޑޮލަރު ގަންނަން ބުކިން ހެދުން ބީއެމްއެލުން ހުއްޓާލަނީ
15 މެއި 2017

ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ

15 މެއި 2017
ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ
13 މެއި 2017

ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި

13 މެއި 2017
ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް