Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލު - ލުބުނާން ހަނގުރާމަ

އިޒްރޭލުން އަނެއްކާވެސް ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި

ހަމަލާގެ ކުރިން އިޒްރޭލު ސިފައިންގެ ތަރުޖަމާނު އަވިޗައި އަދްރައީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދެކުނު ބެއިރޫތުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދިއުމަށް އަމުރުކޮށްފައެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގައި އެ ސަރަޙައްދަށް ހަމަލާ ދޭނެކަމަށް އިންޒާރު ދީފައިވެއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 16 ނޮވެމްބަރު 2024 | ހޮނިހިރު 04:50
އިޒްރޭލުން ލުބުނާނުގެ ޣުބައިރީ ސަރަޙައްދަށް ދިން ހަމަލާއަށްފަހު އެ ސަރަހައްދުގައި ހުރި އިމާރާތަކުން ދުންއަރަމުންދާ މަންޒަރު ބަޔަކު ފޮޓޯ ނަގަނީ

އިޒްރޭލުން ލުބުނާނުގެ ޣުބައިރީ ސަރަޙައްދަށް ދިން ހަމަލާއަށްފަހު އެ ސަރަހައްދުގައި ހުރި އިމާރާތަކުން ދުންއަރަމުންދާ މަންޒަރު ބަޔަކު ފޮޓޯ ނަގަނީ

ދެކުނު ބެއިރޫތުގެ އެކި ސަރަހައްދުތައް ހުސްކުރުމަށް އިންޒާރުދިނުމަށްފަހު އެ ސަރަހައްދަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހުކުރު ދުވަހު ހިޒްބުﷲގެ ބާރުގެ ދަށުގައި އޮންނަ ދެކުނު ބެއިރޫތަށް 2 ހަމަލާ ދިން ކަމަށް އޭއެފްޕީ އިން ވަނީ ބުނެފައެވެ. އޭއެފްޕީ އިން ރިޕޯޓުކުރި ގޮތުގައި އިޒްރޭލުން ފޮނުވާލި މިސައިލެއް އިމާރާތެއްގެ ތިރީ ފަންގިފިލާތަކަށް އަމާޒުވެ، އިމާރާތުގައި މުޅިން އަލިފާން ރޯވެ، އެ ޢިމާރާތް ވަނީ ބިމާ ހަމަވެފައެވެ.

އަނެއްކޮޅުން، ލުބުނާނުގެ ސަރުކާރުގެ ނޭޝަނަލް ނިއުސް އޭޖެންސީ (އެން.އެން.އޭ) އިން ބުނި ގޮތުގައި، ވެރިރަށް ބެއިރޫތުގެ އެންމެ ބޮޑު ޕާކު ކަމުގައިވާ ހޯޝް ބެއިރޫތާ ކައިރި ޣުބައިރީ ސަރަޙައްދަށް އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ އިޒްރޭލު ސިފައިންގެ މަތިންދާބޯޓުތަކުން ވަރުގަދަ ހަމަލާއެއް ވަނީ ދީފައެވެ. އަދި މި ހަމަލާގެ ކުރިން އިޒްރޭލުން އެ ސަރަހައްދަށް 2 ޑްރޯން ހަމަލާ ދީފައިވާކަމަށް ވެސް އެނޫހުން ބުނެފައިވެއެވެ.

މީގެއިތުރުން، މިހަމަލާތަކަށް ފަހު ދެވަނަ ހަމަލާއެއް ދެކުނު ސަރަޙައްދުގެ ބުރްޖް އަލް-ބަރާޖްނާ ސަރަޙައްދަށް އަމާޒުކުރެވުނުކަމަށް އޭއެފްޕީ އިން ވަނީ ބުނެފައެވެ.

ހަމަލާގެ ކުރިން އިޒްރޭލު ސިފައިންގެ ތަރުޖަމާނު އަވިޗައި އަދްރައީ އެކްސް ގައި ކުރި ޕޯސްޓެއްގައި ވަނީ ދެކުނު ބެއިރޫތުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދިއުމަށް އަމުރުކޮށްފައެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގައި އެ ސަރަޙައްދަށް ޙަމަލާ ދޭނެކަމަށް އިންޒާރު ދީފައިވެއެވެ.

"ތިޔަ ބޭފުޅުންގެ ސަލާމަތާއި އާއިލާގެ ސަލާމަތަށްޓަކައި، މި އިމާރާތްތަކާއި، ޢިމާރާތްތަކާ އިންވެގެން ހުރި ތަންތަނުން ވަގުތުން ނުކުންނަވާ،" އަދްރައީގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ހަމަލާއާ ގުޅިގެން އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިޒްބުއްﷲގެ އެލީޓް ރަޟްވާން ބާރުގެ "ކޮމާންޑް ސެންޓަރުތަކަކަށް" އަދި ބުރާސްފަތި ދުވަހު ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދިނުމަށް ބޭނުންކުރި ތަންތަނަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. އިޒްރޭލު ސިފައިންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފާއިތުވެ ދިޔަ 24 ގަޑީއިރުގެ ތެރޭގައި، އިޒްރޭލުގެ އެއަރ ފޯސް އިން ލުބުނާނުގެ އެކި ސަރަހައްދުތަކުގައި ހުރި 120ށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ހަތިޔާރު ރައްކާކުރާ ތަންތަނާއި، ކޮމާންޑް ސެންޓަރުތަކާއި، އަދި ގިނަ އަދަދެއްގެ ރޮކެޓް ލޯންޗަރުތައް ހިމެނޭކަމަށެވެ.

ސެޕްޓެމްބަރު 23 އިން ފެށިގެން، އިޒްރޭލުން ވަނީ ލުބުނާނަށް ދޭ ވައިގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ލުބުނާނުގެ އިސް އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ކުރަމުންދާ ހަނގުރާމާގައި މަދުވެގެން 3،380ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ބުރާސްފަތި ދުވަހު ވާރލްޑް ބޭންކުން ބުނެފައިވާ ގޮތުގައި މި ހަނގުރާމައިގެ ސަބަބުން އިގްތިސާދި ގޮތުން ލުބުނާނަށް ލިބުނު ގެއްލުން މަދުވެގެން 5 ބިލިއަން ޑޮލަރަށް އަރާ ކަމަށާއި އުމްރާނީ ގޮތުން ލިބިފައިވާ ގެއްލުމުގެ އަގު އެތަށް ބިލިއަނަކަށް އަރާކަމަށެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު