Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައްކަމުގެ މައްސަލަ

މަޑިދަށުން 4 ލައްކައަށްވުރެ ގިނަ ފައިސާ ނެގިކަމަށް ބުނާ ޖަހަންގިރު ދޫކޮށްލައިފި

ޖަހަންގިރު ހައްޔަރުކޮށްފައިވަނީ ސައިކަލެއްގެ މަޑި ދަށުން 442،750 ރުފިޔާ ވަގަށް ނެގި މައްސަލައިގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ނޮވެމްބަރު 2024 | ހުކުރު 14:41
މަޑިދަށުން ފައިސާ ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޖަހަންގިރު އާލަމް

މަޑިދަށުން ފައިސާ ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޖަހަންގިރު އާލަމް

މަޑިދަށުން 4 ލައްކައަށްވުރެ ގިނަ ފައިސާ ނެގިކަމަށް ބުނާ ޖަހަންގިރު އާލަމް ދޫކޮށްލައިފިއެވެ.

ފުލުހުން އެދިގެން އޭނާ ދޫކޮށްލާފައިވަނީ ކްރިމިނަލް ކޯޓުންނެވެ. އަދި އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުކުރުމަށްފަހުއެވެ.

ޖަހަންގިރު ހައްޔަރުކޮށްފައިވަނީ ސައިކަލެއްގެ މަޑި ދަށުން 442،750 ރުފިޔާ ވަގަށް ނެގި މައްސަލައިގައި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

އޭނާ ބަންދުން ދޫކޮށްލާފައިވާއިރު، ބުރާސްފަތި ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންގޮސް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބެއްގެ ގޮތުގައި ފުލުހުން ހަވާލާދީފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖްރާއަތުގެ ގަވައިދަށް ރިއާޔަތްކޮށެވެ.

ބަންދުން ދޫކޮށްލި އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި އިތުރަށް ކުރަންހުރި ކަންތައްތަކުގެ ގޮތުގައި ތަހުގީގުކުރާ ފަރާތުގެ އިގްރާރުގައި ބަޔާންކޮށްފައިވަނީ ރިޕޯޓްތަކެއް ތައްޔާރުކުރުމާއި، ޕީޖީ އޮފީހާ މަޝްވަރާކޮށް ބައެއް ކަންކަން ސާފުކުރުން ކަމުގައިވާއިރު، މައްސަލައިގައި ލިބިފައިވާ އަދި ލިބެންހުރި ހެކިތަކަށް ބަލާއިރު، މީނާއަށް އެ ކަންކަމަށް ވާރު ފޯރުވިދާނެކަމަށް ނުބެލޭ އަދި މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒެއް ފޯރުވުމުގެ އިހުތިމާލު އޮތްކަމަށް ދަލާލަތުކޮށްދޭ ކަމެއް މި މައްސަލައިގެ ތެރެއިން ފެންނާކަށް ނެތް ކަމަށެވެ.

ޖަހަންގިރުގެ ހައްޔަރު/ބަންދު ރެކޯޑުގެ ގޮތުގައި 2012 ވަނަ އަހަރުގެ ރެކޯޑެއް އެބައޮތެވެ. އަދި މިއީ ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރެވުނު ފަހުން ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރެވުނު 8 ވަނަ ފަހަރެވެ. އަދި މިހާތަނަށް 60 ދުވަސް ބަންދުގައި ބަހައްޓާފައިވެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު