Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާ

ރައީސް މުއިއްޒު ހުންނެވީ ރައްޔިތުންގެ ފަޅިއަކު ނޫން، ޓުއަރިޒަމްގެ ބޮޑުން ސަރުކާރާއި ފާޅުގައި ދެކޮޅުވީ އެހެންވެ - ރައީސް ޔާމީން

ސަރުކާރުން ކުރާ ކަންކަމާއި ޓުއަރިޒަމް އިންޑަސްޓްރީގެ ހުރިހާ އިސް މީހުން ފާޅުގައި ސަރުކާރާއި ދެކޮޅު ހަދަމުންދާ ކަމަށް ޔާމީން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2024 | ހުކުރު 01:49
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޑރ.މުހައްމަދު މުއިއްޒު ހުންނެވީ ރައްޔިތުން ތިބި ފަޅިއަކު ނޫން ކަމަށާއި ޓުއަރިޒަމްގެ ބޮޑުން ސަރުކާރާއި ފާޅުގައި ދެކޮޅުވީ އެހެންވެގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން، ކުރީގެ ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ އެ މަނިކުފާނު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަަމަށް ފާހަގަކުރައްވަމުން ކަމަށެވެ. އެހެންނަމަވެސް ރައްޔިތުން ތިބީ މާޔޫސްކަމާއި ނިކަމެތިކަމުގައި ކަމަށާއި ރައްޔިތުން ތިބީ ނޭވާ ހޮޅިއަށް އެޅިފައި ކަމަށް އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. ރައީސް މުއިއްޒު އާއި އެކުގައި މަސައްކަތް ކުރަން ތިބީ ސަރުކާރުގައި ތިބި މަދު ބައެއް ކަމަށް ފާހަގަކުރައްވާ އޭގެ ތެރެއިން ބައެއް މީހުންގެ ނަންތައް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރުގައި ހިމެނޭ ސިޔާސީ ބަޔަކު ފައިސާ ނަގައިގެން ފައިސާ ބޭނުންކުރާ ވާހަކަ މިހާރުވެސް އިވޭ ކަމަށާއި އެއީ ރައްޔިތުންގެ ފަޅީގައި ތިބުންތޯ ރައީސް ޔާމީން ވަނީ ސުވާލުކުރައްވާފައެވެ. އެ މަނިކުފާނުވެސް ބޭނުންފުޅުވަނީ ރައްޔިތުންގެ ފަޅީގައި ހުންނަވަން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ސަރުކާރުގައި ތިބި މީހުން ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ރައީސް މުއިއްޒު އަށް ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ސަރުކާރުން ކުރާ ކަންކަމާއި ޓުއަރިޒަމް އިންޑަސްޓްރީގެ ހުރިހާ އިސް މީހުން ފާޅުގައި ސަރުކާރާއި ދެކޮޅު ހަދަމުންދާ ކަމަށް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ ޓުއަރިޒަމް ސިނާއަތުގައި އިސްކޮށްތިއްބެވި ކޮލިގޭ އުމަރު މަނިކުމެން ފަދަ ޗަމްޕާ މުހައްމަދު މޫސާ އަދި އަފީފްމެން ފަދަ ބޭބޭފުޅުންނަކީ ގައުމަށް ތަނަވަސްކަން ގެނެސްދެއްވި މޭސްތިރީން ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެ ބޭފުޅުން ރައްޔިތުންނާއި ދެކޮޅު ފަޅީގައި ތިއްބަވާނެ ކަމަށް ނުބެލެވޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޓޫރިސްޓް ފެސިލިޓީތަކަށް އަމާޒުކޮށް، އެ ފެސިލިޓީތަކަށް ލިބޭ ޑޮލަރު މަޖުބޫރުކޮށްގެން ރާއްޖޭގެ ބޭންކުތަކަށް ޖަމާކޮށް، ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލު ނުކުރާނޭ ކަމަށް ރާއްޖޭގެ ބޮޑެތި ރިސޯޓު ގްރޫޕްތަކުން މި ދަނޑިވަޅުގައި އަންނަނީ ބުނަމުންނެވެ.

ޑޮލަރުގެ ތާށިކަން ހައްލު ކުރަން ކަމަށް ބުނެ އެމްއެމްއޭ އިން ވަރަށް ކުއްލި ގޮތަކަށް ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއެއް ނެތި ގަވައިދަށް މި ގެނައި ބަދަލަށް ރިސޯޓުތަކުން ދެކޮޅު ހަދަމުން ދިއުމާއެކު މި އައު ގަވައިދު ބޭކާރު އެއްޗަކަށް ވެދާނެ ކަމުގެ ހީތައް ވަނީ އިތުރުވެފައެވެ. އެ ވާހަކަ ހޫނުވެފައި ވަނިކޮށް ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު