Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ޤައުމީ ޓީމު

ޑެޝޯމްޕްސް އެދުނީ އެމްބާޕޭގެ ވާހަކަ ނުދެއްކުމަށް

މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނޭޝަންސް ލީގުގައި ފްރާންސް އިން ކުޅުނު ދެ މެޗަށް އެކުލަވާލި ސްކޮޑުން ވެސް އެމްބާޕޭ އަށް ފުރުސަތު ނުދެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ނޮވެމްބަރު 2024 | ބުރާސްފަތި 06:42
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ

ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ

ފްރާންސް ޤައުމީ ޓީމުގެ ސްކޮޑުން ކެޕްޓަން ކީލިއަން އެމްބާޕޭ އުނިކޮށްފައިވާތީ، އެކަމާ ގުޅޭ ސުވާލު ކުރުމުން، އެމްބާޕޭގެ ވާހަކަ ނުދެއްކުމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އެދިއްޖެ އެވެ.

ބައިނަލްއަޤުވާމީ ބްރޭކުގައި ފްރާންސް އިން ދެ މެޗެއް ކުޅޭނެ އެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހު އިޒްރާއީލާ ދެކޮޅަށް ކުޅޭ މެޗާއި، އަދި 18 ވަނަ ދުވަހު އިޓަލީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ދެ މެޗަށް ފްރާންސް އިން އެކުލަވާލި ސްކޮޑުން އެމްބާޕޭ އަށް ފުރުސަތު ދީފައެއް ނުވެ އެވެ. ފްރާންސްގެ ޓީމުން އެމްބޭޕާ އުނި ކުރަން ނިންމާފައި ވަނީ އޭނާއާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށް ޑެޝޯމްޕްސް މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ދާދި ފަހުން ވެސް ވަނީ ޑެޝޯމްޕްސްއާ ސުވާލު ކޮށްފަ އެވެ. އެގޮތުން ޓީމުގައި އެމްބާޕޭ ނުހިމެނީ ކީއްވެގެންތޯ ވަނީ އޭނާއާ ސުވާލު ކޮށްފަ އެވެ. އެ ސުވާލާ ގުޅިގެން ޑެޝޯމްޕްސް ބުނީ، އެމްބާޕޭ ޓީމުގައި ނުހިމެނުމުން އޭނާއާ އެ ސުވާލު އެތައް ފަހަރަކު، އެތައް ގޮތަކަށް އަމާޒު ކުރަމުން އަންނަ ކަމަށެވެ. ޑެޝޯމްޕްސް ބުނީ އެކަމާ ގުޅިގެން އޭނާ ބުނަން ޖެހޭ ވާހަކަ ބުނެފައިވާނެ ކަމަށެވެ. ފްރާންސް ޓީމުގައި މިހާރު ވެސް 23 ކުޅުންތެރިން ތިބޭނެ ކަމަށާއި، އިތުރަށް އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ބުނީ ފްރާންސް ޓީމުގައި އެމްބާޕޭ ނެތް ކަމަށާއި، މިވަގުތު އެމްބާޕޭއާ ގުޅޭ ވާހަކަ ނުދެއްކުން އެދޭ ކަމަށެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނޭޝަންސް ލީގުގައި ފްރާންސް އިން ކުޅުނު ދެ މެޗަށް އެކުލަވާލި ސްކޮޑުން ވެސް އެމްބާޕޭ އަށް ފުރުސަތު ނުދެ އެވެ. އެއީ އޭނާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން މުޅިން ރަނގަޅު ނުވާތީ އެވެ. އެ ފަހަރު އެމްބާޕޭ އަށް ވަނީ އެ ދެ މެޗު ގެއްލިފަ އެވެ. އޭގެ ފަހުން މިފަހަރުގެ ސްކޮޑުގައި އެމްބާޕޭ ހިމެނޭނެ ކަމަށް ބެލެވުނު ނަމަވެސް، މިފަހަރު ވެސް އޭނާ އަށް ފުރުސަތު ނުދިނީ އަނިޔާގެ ސަބަބުން ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2017

އޮޒިލް އަންނަ އަހަރު މެންޗެސްޓާ އަށް ވިއްކާލަން އުޅޭކަމުގެ ވާހަކަ ދެކެވެން ފަށައިފި

20 އޮކްޓޯބަރު 2017
އޮޒިލް އަންނަ އަހަރު މެންޗެސްޓާ އަށް ވިއްކާލަން އުޅޭކަމުގެ ވާހަކަ ދެކެވެން ފަށައިފި
18 އޮކްޓޯބަރު 2017

ފްރާންސްގެ ޕީއެސްޖީ އާގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މޮރީނިއޯ ދޮގުކޮށްފި

18 އޮކްޓޯބަރު 2017
ފްރާންސްގެ ޕީއެސްޖީ އާގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މޮރީނިއޯ ދޮގުކޮށްފި
08 ޖުލައި 2017

އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ

08 ޖުލައި 2017
އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ
17 ޖޫން 2017

ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި

17 ޖޫން 2017
ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި
14 ޖޫން 2017

ޓެކްސް ނުދައްކާކަމަށް ބުނާ ވާހަކަ ރޮނާލްޑޯ ދޮގުކޮށްފި

14 ޖޫން 2017
ޓެކްސް ނުދައްކާކަމަށް ބުނާ ވާހަކަ ރޮނާލްޑޯ ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު