Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓެކްސް މައްސަލަ

ޓެކްސް ނުދައްކާކަމަށް ބުނާ ވާހަކަ ރޮނާލްޑޯ ދޮގުކޮށްފި

ރޮނާލްޑޯ ޓެކްސްއަށް މަކަރު ހަދާފައިވާ ކަމަށް ބުނާ މައްސަލައެއް ސްޕެއިންގެ ޕްރޮސެކިއުޓާއިން ވަނީ ފެންމަތިކޮށްފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 14 ޖޫން 2017 | ބުދަ 12:10
ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ޓެކްސް ނުދައްކާކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް އޭނާ ބުނެފިއެވެ.

ސްޕެއިންގެ ޓެކްސް އޭޖެންސީ (އޭއީއޭޓީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ބިނާކޮށް ސްޕެއިނުގެ ޕްރޮސެކިއުޓާއިން ވަނީ ދާދި ފަހުން، 14.7 މިލިއަން ޔޫރޯގެ ޓެކްސްއަށް ރޮނާލްޑޯ މަކަރު ހަދާފައިވާ ކަމަށް ބުނެ މައްސަލައެއް ފެންމަތިކޮށްފައެވެ. އެގޮތުން އެގައުމުގެ ޕްރޮސެކިއުޓާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޮނާލްޑޯގެ އިމޭޖް ރައިޓްސްއަށް ލިބޭ އާމްދަނީ އެގައުމުގައި ސިއްރުކުރުމުގެ ގޮތުން، 2010 ވަނަ އަހަރު އޭނާ ވިޔަފާރިތަކެއް އުފައްދާފައިވާ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅިގެން ރޮނާލްޑޯ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޭނާގެ ކުންފުނި ޓްރޮލިން އަކީ، މަކަރުހަދާ އޮޅުވާލުމަށް އުފައްދާފައިވާ ކުންފުންޏެއް ނޫން ކަމަށާއި، އެކުންފުންޏަކީ މާ ކުރިންވެސް އޭނާގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ. އަދި އެއްވެސް ކުންފުންޏެއް މެދުވެރިކޮށް އެފަދަކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.

މި މައްސަލައަކީ ބަޔަކު އުފުލައިގެން އުޅޭ ސާބިތުނުވާ މައްސަލައެއް ކަމަށްބުނެ ރޮނާލްޑޯ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ، އޭނާ އެއްވެސް އިރެއްގައި ޓެކްސްއަށް މަކަރުހަދާފައި ނުވާނެ ކަމަށާއި، އޭނާ އަބަދުވެސް ބަރާބަރަށް ޓެކްސް ދައްކާކަމަށެވެ.

މިކަމާ ގުޅިގެން އޭނާގެ ކްލަބް ރެއާލް މެޑްރިޑުންވެސް ވަނީ ބަޔާނެއް ނެރިފައެވެ. ބުދަ ދުވަހު އެކުލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރޮނާލްޑޯ ގަވައިދުން ޓެކްސް ދައްކާކަމުގެ ފުރިހަމަ ޔަގީންކަން އެކުލަބަށް އެބައޮތް ކަމަށާއި، 2009 ވަނަ އަހަރު އޭނާ އެކުލަބާއި ގުޅުނު ފަހުން އޭނާ އަންނަނީ ބަރާބަރަށް ޓެކްސް ދައްކަމުން ކަމަށެވެ. އަދި އެކުލަބުން ވަނީ، ވީ އެންމެ އަވަހަކަށް އިންސާފުވެރިކަމާއިއެކު މި މައްސަލަ ނިންމައިދެއްވުމަށް ގޮވާލާފައެވެ.

ރޮނާލްޑޯ އާއި އެންމެ ވާދަވެރި ކުޅުންތެރިޔާކަމަށްވާ ލިއޮނެލް މެސީއަށްވެސް ވަނީ ދާދި ފަހުން 4.1 މިލިއަން ޔޫރޯގެ ޓެކްސްއަށް މަކަރުހަދާފައިވާ ކަމަށްބުނާ މައްސަލައެއް ސާބިތުވެފައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް 21 މަސްދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް މި މައްސަލާގައި މެސީ އަދި އެންމެ ދުވަހެއް ވެސް ޖަލުގައި ހޭދަކޮށްފައެއް ނުވެއެވެ.

ސްޕެއިންގެ ގާނޫނުގައި ވާގޮތުން، ޖޫރިމަނާ ފައިސާ ދައްކައި، އަދި މިނޫންވެސް ކަންތައްތަކެއް ފުރިހަމަ ކުރުމުން ޕްރޮބޭޝަންގެ މުއްދަތެއް ކަނޑައަޅާނެއެވެ. އަދި މި މުއްދަތުގައި އިތުރު ކުށެއް ނުކުރާނަމަ ޖަލަށް ނުގޮސް ސަލާމަތް ވެވޭނެ އެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
26 މާރިޗު 2017

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު