Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޖޫރިމަނާ ކުރާނެކަމުގެ ބިރު ދައްކައިގެން މިނިވަން ނޫސްވެރިކަމުގެ ގަލަމުގައި ދޯރި ޖެއްސެވޭނެ ކަމަށް ހީފުޅު ކުރެވުމަކީ ގޯހެކެވެ

ނޫސްތަކާއި ޓީވީ ތަކާއި، ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅި އިރު މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނުން އެކުލަވާލާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ނޫސް މަޖައްލާ ޖޫރިމަނާ ކުރެވޭ އިރު، އަދި ވަކިވަކި ނޫސްވެރިން ވެސް 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2024 | ބުދަ 11:14
ރައީސް މުޢިއްޒު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލް

ރައީސް މުޢިއްޒު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ އިންތިހާއަށް ދައްކަވަމުން، މައުލޫމާތު ދިނުމާ ކަންކަން ހާމަކުރެއްވުމުގެ ވާހަކަ ހައްދެއް ނެތް މިންވަރަށް ދައްކަވަމުން، އެއްވެސް އެއްޗެއް ފޮރުވާފަ ނުބާއްވަވާނެ ކަމުގެ ވައުދުވެވަޑައިގަންނަވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ނޫސް މީޑިއާތަކާ ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލެއް ފަރުމާކުރުމަށްފަހު ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ޚަބަރު ލިބުމުން އެހާ ބޮޑަށް ހައިރާން ވާގޮތެއް ނުވިއެވެ. ޝޮކެއް ޖެހޭ ވަރެއް ވެސް ނުވިއެވެ. ސަބަބަކީ ރައީސް މުއިއްޒުގެ ވެރިކަން ފެށުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ ނޫސްވެރިކަމަށް ކުރިމަތިވަމުން ދިޔަ، އަދި ކުރިމަތިވަމުންދާ ގޮންޖެހުންތަކާ މައުލޫމާތު ހޯދާ ލިބިގަތުމަށް ހުރި ހުރަސްތަކާ، މައުލޫމާތު ހާމަނުކޮށް ކަންކަން ސިއްރުކުރުމަށް ސަރުކާރުން ހުރި ފޯރިއާ ސަރުކާރާ އިދިކީލި ނުވަތަ ސަރުކާރަށް ފާޑުކިޔާ ނޫސްމީޑިއާތައް މާލީ ގޮތުން ބަލިކަށިކޮށް ހުއްޓުވުމަށް ސަރުކާރުގެ ހުރި ޝައުގުވެރިކަން ފާޅުކޮށް ފެންނަމުންދާތީއެވެ. އެއާއެކު މިލިއަނުން މިލިއަނުން ހަރަދުކޮށްގެން ސަރުކާރު ޕްރޯމޯޓް ކުރާ އައު ޓީވީ ތަކާއި، އޮންލައިންތަކާއި، ސޯޝަލް މީޑިއާ އެކްޓިވިސްޓުން އުފައްދަމުން ގެންދަނީ ފަތުއަޑު ކިޔާފައެވެ.

މަޖިލީހަށް ސަރުކާރުން ފޮނުވި ބިލުން އުފައްދަނީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެއް ކަމަށްވެއެވެ. މި ކޮމިޝަން އުފެދުމާއެކު މިހާރުގެ ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް މަންސޫޚުވާނެ ކަމަށް ބިލުގައި އޮވެއެވެ.

ސަރުކާރުން އުފައްދަން އުޅޭ މީޑިއާ ކޮމިޝަން އަކީ އިންތިހާ ދަރަޖައިގެ މިނިވަން ކޮމިޝަންއެކެވެ. 7 މެމްބަރުންގެ ތެރެއިން 4 މެމްބަރުންނަކީ ރައީސް އައްޔަންކުރައްވާ 4 މެމްބަރުންނެވެ. ކޮމިޝަންގެ ރައީސް ހޮވަނީ ރައީސް އެވެ. ނައިބު ރައީސް ހޮވަނީވެސް ރައީސް އެވެ. ކޮމިޝަންގެ މެންޑޭޓްއަކީ ނޫސް މީޑިއާތަކާ ނޫސްވެރިންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމެވެ. ޖޫރިމަނާ ކުރުމެވެ. 5 ހާސް ރުފިޔާ އިން ފެށިގެން ގޮސް ލައްކައަކަށް ވުރެ މަތިން ޖޫރިމަނާ ކުރުމުގެ ބާރުވެސް ކޮމިޝަނަށް އޮވެއެވެ. ނޫސް އަދި ޓީވި ޖޫރިމަނާކުރާއިރު ވަކި ވަކި ނޫސްވެރިންވެސް ޖޫރިއަމަނާ ކުރެވެއެވެ. ނޫސްމީޑިއާތަކުގެ މައްސަލަ ބަލަމުންދާ ވަގުތު މައްސަލަ ބަލާ ނިމެންދެން، އެ މީޑިއާ އެއް ސަސްޕެންޑް ކޮށްފައި ބޭއްވުމުގެ ބާރު ވެސް ކޮމިޝަނަށް އޮވެއެވެ. ބިލުގައި މަދީ އެންމެ ތަންކޮޅެކެވެ. އެއީ މީޑިއާ ކޮމިޝަންގެ އޮފީސް ހުންނާނީ މާފަންނު ދިމްޔާތުގައި އޭ ބުނެފައި ނެތްތަންކޮޅެވެ. އެހެންނަމަ މި ބިލް ވަރަށް ފުރިހަމަ ވީހެވެ.

ނޫސްތަކާ މީޑިއާތައް ބޭނުންކޮށްގެން އޭރު ސަރުކާރާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު އެތައް ދޮގު މައުލޫމާތެއް ފަތުރަމުން އިންތިހާ ދަރަޖައިގެ ފިތުނަ ފަސާދަ ނޫސް މީޑިއާތައް މެދުވެރިކޮށް އުފައްދަމުން ރައްޔިތުންގެ މެދުގައި ނަފުރަތުގެ އަލިފާން ރޯކުރަމުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކަށް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މަދު ނޫސްވެރިންނާ ދެ ތިން މީޑިއާއަކުން ކިޔާ ފާޑު ހަޖަމް ނުވެ، ސަރުކާރުން ހިންގާ ނޭއްގާނީ ކަންކަން ހާމަ ކުރާތީ އެކަމާ ލޮލަށް ނިދިނައިސް، ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅި އިރު ރައީސް މުއިއްޒުގެ ހިތްޕުޅަށް އެއްޗެއް އަރާވަޑައިނުގެން ސަބަބަކާ މެދު މީހަކު ހައިރާނެއް ނުވާނެއެވެ. ހުރިހާ ކަމަކަށް އަތް ބާނަމުން ގޮސް އެންމެ ފަހުން މި ދިމާކުރީ ނޫސްވެރިންގެ ގަލަމުގައި އަތް އެޅުމަށެވެ.

ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ކޮންޓްރޯލާ ލާމަރުކަޒީ ނިޒާމުން އުފެއްދި ކައުންސިލްތަކުގެ ކޮންޓްރޯލާ މަގުމަތީގައި ދުއްވާ ޓެކްސީތަކުގެ ކޮންޓްރޯލް ވެސް ނަންގަވަން ބޭނުންފުޅުވާ ބޭފުޅަކު މީޑިއާ ކޮންޓްރޯލް ކުރައްވަން ބޭނުންފުޅު ނުވާނެ ކަމާމެދު ޝައްކު އުފައްދާނެ މީހަކު ނުހުންނާނެއެވެ.

ގަބޫލު ކުރައްވާށެވެ. ޒަމާން ބަދަލު ވެއްޖެއެވެ. ގާނޫނެއް ހައްދަވައިގެން ކޮމިޝަނެއް އުފައްދަވައިގެން ޖޫރިމަނާގެ ބިރު ދައްކަވައިގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވޭނެ ކަމަށް ހީފުޅު ކުރެއްވޭ ނަމަ އެއީ ކުށްހީއެކެވެ. މައްސަލަ ބަލާނެ ކަމުގެ ބިރު ދައްކަވައިގެން މިނިވަން ނޫސްވެރިކަމުގެ ގަލަމުގައި ދޯރި ޖެއްސެވޭނެ ކަމަށް ހީފުޅުވާނަމަ އެއީ ވެސް ކުށް ހީއެކެވެ. އެދުވަސް ދިވެހިން މާޒީއަށް ދޫކޮށްލައިފިއެވެ. އެގޮތަށް އެކަން ކުރެވޭތޯ، ރާއްޖޭގައި ވެރިކަން ކުރެއްވި ބައެއް އެހެން ބޭފުޅުން ވެސް ބެއްލެވިއެވެ. އަބުރުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ވެސް ހެއްދެވިއެވެ. މިލިއަނުން މީޑިއާތައް ޖޫރިމަނާވެސް ކުރެއްވިއެވެ. ނޫސްވެރިން ޖަލަށް ވެސް ލެއްވިއެވެ. އެކަމަކު ހިޔާލުފާޅު ކުރުމެއް، ފާޑުކިއުމެއް މައުލޫމާތު ހާމަކުރުމެއް ނުހުއްޓުވުނެވެ. އާޚިރުގައި ހަތިޔާރު ބެހެއްޓެވީ އެ ބޭފުޅުންނެވެ. ވީ އިރު މިއަދު ރައީސް ޑރ މުޙައްމަދު މުއިއްޒުއަށާއި، އެމަނިކުފާނުގެ ކޮމިއުނިކޭޝަން މިނިސްޓަރަށް މިކަން ކުރެއްވޭނެ ކަމަށް ހީފުޅުކުރެއްވޭނަމަ އެ ހެއްދެވެނީ ވަރަށް ބޮޑު ގޯހެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

04 ޖުލައި 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017
އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!

އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!

22 ޖޫން 2017
މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު