Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

ޕީޕީއެމް ދުވަހެއް ދުވަހަކަށް ދަނީ ބަލިކަށިވަމުން

| 29 ޖޫން 2017 | ބުރާސްފަތި 12:18
ޕީޕީއެމްގެ މެމްބަރުން ރައީސް ޔާމީނާއެކު ބައްދަލުވުމެއްގައި

ޕީޕީއެމްގެ މެމްބަރުން ރައީސް ޔާމީނާއެކު ބައްދަލުވުމެއްގައި

ބިރަކީ އެންމެ ބޮޑު ޖަލެވެ. އެންމެ ބޮޑު ބަންދެވެ. އެހެންވެ، އިންސާނުން ދުނިޔޭގައި އުޅެން ފެށީންސުރެވެ، އެކަކު އަނެކަކަށް، އެއްބަޔަކު އަނެއް ބަޔަކަށް ބިރު ދައްކައެެވެ. ތިމާގެ އަމިއްލަ ފައިދާއަށް އަނެކަކަށް ބިރު ދައްކައެވެ. ބޭނުންވާ ކަމެއް ހާސިލުކުރުމަށް ބިރުވެރިކަން އުފައްދައެވެ. ސަރުކާރުތަކުންވެސް އެ ގައުމުތަކުގެ ރައްޔިތުންނަށް އެކި ސިފަސިފައިގައި، އެކި ގޮތްގޮތަށް ބާރުވެރިކަން ދައްކަނީ ނުވަތަ ބިރުވެރިކަން އުފައްދާފައި އޮންނަނީ، ސަރުކާރު ހިންގުމަށް ފަސޭހައަކަށެވެ.

މިކަން މިރާއްޖެއިންވެސް ފެނިގެންދެއެވެ. ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވިދާޅުވެފައިވަނީ ހަމަ މިފަދައިންނެވެ. ރައްޔިތުންގެ ވިންދާ ދެކޮޅަށް މަޖިލީހުގައި ކަންކަން ނިންމެވީ، ބިލްތަކާ ދެކޮޅަށް ވޯޓް ދެއްވީ، އަދި ސަރުކާރުން ބޭނުންވާ ގޮތަކަށް، އަމިއްލަ ޟަމީރާ ދެކޮޅަށް ވެސް، ބައެއް ބޭފުޅުން މަގާމުތަކުން ދުރުކުރީ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުންނެވެ. ނަމަވެސް މި ބިރުވެރިކަން ފިލައިދާން ފަށައިފިއެވެ.

ފުރަތަމަ މިކަން ފާހަގަވެގެން ދިޔައީ، ރައީސް ޔާމީނަށް ކުރައްވަމުން ގެންދެވި ތާއިދު ރައީސް މައުމޫން އަނބުރާ ގެންދެވުމާއެކު، ބައެއް މެމްބަރުން، ރައީސް ޔާމީންގެ ފެކްޝަން ދޫކުރެއްވި ހިސާބުންނެވެ. އޭގެތެރެއިން ބައެއް މެމްބަރުން ޕޮލިހަށާއި އޭސީސީއަށް ހާޒިރުކުރި ނަމަވެސް، ސާބިތު ކަމަކަށް ބަދަލެއް ނާދެއެވެ. އެއަށް ފަހު ދުވަހެއް ދުވަހަކަށް، ބިރު ފިލައިދާ މެމްބަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެ ބޭފުޅުންގެ ފަހަތްޕުޅުން އެހެން ބައެއް މެމްބަރުން ވެސް ދަނީ ބިރު ފިލަމުންނެވެ.

މި ހަފުތާތެރޭގައި ތިން މެމްބަރެއްގެ ފަރާތްޕުޅުން އެކަން ފާހަގަ ވެއްޖެ އެވެ. ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ޓުވީޓުތަކުގައި ފުން މާނަތަކެއްވެއެވެ. ސައުދުﷲ ވިދާޅުވީ "ހުންނަންތަވީ އަބަދަށް މިހެން ހިތުގާ ގިލަންވާ ނުފިލިފާ، އޮންނަންތަވީ ނިދުމުގެ ތެރެއިން ގާފިލުވެގެން ގޮސް ހުސްވެފާ" މިހެންނެވެ. ސުޖާއު ކުރެއްވި ޓުވީޓްގައި ވިދާޅުވީ "ދެންފަހެ އޭނާ ބުނާނެތެވެ. މަށަކަށްވާ ކެތެއް ނުކުރެވުނެވެ".

ރައީސް މައުމޫން ފެކްޝަނާ ގުޅިވަޑައިގެން ހުންނެވުމަށް ފަހު، ރައީސް ޔާމީންގެ ފެކްޝަނަށް އެނބުރި ވަޑައިގެންނެވި މި ދެ ބޭފުޅުންގެ ޓްވީޓްތަކަކީ މަޖިލިސް ރައީސް މަސީހަށް ނިސްބަތް ކުރައްވާފައިވާ، އަދި މި ސަރުކާރަށް ނިސްބަތްކުރައްވާފައިވާ ޓްވީޓްތަކެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވިއެވެ. މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ވަނީ ފިޝަރީޒް މިނިސްޓަރަށް ފާޑުވިދާޅުވެ، އެ މަނިކުފާނު އިސްތިއުފާއަށް ވެސް ގޮވާލައްވައިފައެވެ. މިފަދަ ކަންކަމަކީ މީގެ ކުރިން ޕީޕީއެމްގެ މެމްބަރުންގެ ފަރާތްޕުޅުން ފެންނަ ކަންކަމެއް ނޫނެވެ.

މިފަދަ މަންޒަރުތައް ފެންނަމުން އަންނައިރު، އީދު ބަންދަށް ފަހު އުފާވެރި ހަބަރުތަކެއް ފެނިގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ވިދާޅުވަމުންނެވެ. އެ ބޭފުޅުން އިޝާރަތް އެ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ނަގައި، އެ މަނިކުފާނު މަގާމުން ދުރުކުރުމުގެ ވާހަކައެވެ.

ދުވަހެއް ދުވަހަކަށް ޕީޕީއެމް ދަނީ ބަލިކަށިވަމުންނެވެ. ރައްޔިތުންގެ މަޖިލީސް ފެށިއިރު، ސަރުކާރުގެ ކޯލިޝަންގައި ފަސްދޮޅަހާ ގާތްކުރާ އަދަދަކަށް މެމްބަރުން ތިއްބެވިއިރު، ވޭތުވެދިޔަ ތިން އަހަރުތެރޭގައި އެ އަދަދު ވަނީ 50 އަށް ވުރެ ދަށްވެފައެވެ. ލިޔެކިޔުމުން، މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތަސް، ހިތުގެ އިހްލާސްތެރިކަމާއެކު ގިނަ މެމްބަރުން ސަރުކާރަށް ތާއިދުނުކުރާކަން އެއީ ސަރުކާރަށްވެސް، ޕީޕީއެމްގެ ލީޑަރުންނަށް އެނގޭ ކަމެކެވެ.

އެހެން ނޫންނަމަ، ޗާޓުން ބޭރުން އެ ކުރައްވާ ކަންކަމެއް ނުކުރައްވާނެއެވެ. މިވަރަށް ބިރު ދައްކާއިރު ވެސް، ބައެއް މެމްބަރުން ސަރުކާރު ކޯލިޝަން ދޫކުރައްވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވައެވެ. އަލަށް ގުޅެން އެތައް މެމްބަރުންނެއް މިހާރު ވެސް އެބަ ތިއްބެވިއެވެ. އެ ބޭފުޅުން އެ ބައްލަވަނީ ރަނގަޅު ވަގުތަކަށެވެ. އެ ވަގުތު ކައިރިވަމުން އަންނަ ކަމަށާއި، އީދަށް ފަހު، ރައްޔިތުން އެދޭ ބަދަލުގެ ފެށުން ފެނިގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވެއެވެ. އެ ވަގުތު އައިސް ޖެހޭއިރު، ޕީޕީއެމްގެ މެމްބަރުން ބިރުން ތިއްބެއްޖެ ނަމަ، އެ ފަދަ ބޭފުޅުންގެ ސިޔާސީ މުސްތަގުބަލު ބަނަވެގެންދާނެ ކަމި ޝައްކެއް އޮތް ކަމެއް ނޫނެވެ. ވިސްނަވާށެވެ. ވަގުތު ނަގާ ނުލާށެވެ. ބިރުގެ ކަސްތޮޅުގައި އަމިއްލައަށް ނުބެދެވޭށެވެ.

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

02 ސެޕްޓެމްބަރު 2017
ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!
22 އޯގަސްޓު 2017

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.
26 ޖުލައި 2017

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!
25 ޖުލައި 2017

އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

25 ޖުލައި 2017
އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!
04 ޖުލައި 2017

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

04 ޖުލައި 2017
ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު