Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮރަޕްޝަން

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

މުއައްސަސާއެއްގެ އިތުބާރު ބިނާވެފައިވަނީ އެތަނެއްގައި މަސައްކަތްކުރާ އިންސާނުންގެ މައްޗަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2017 | ހޮނިހިރު 11:16
އޭސީސީގެ ނަންބޯޑް، ނަންބޯޑް ކިތަންމެ ރީތިކޮށް ހަދާފައި ހުއްޓަސް، އިތުބާރާއި މިނިވަންކަން އޮތީ މެންބަރުންގެ އަތުގައި

އޭސީސީގެ ނަންބޯޑް، ނަންބޯޑް ކިތަންމެ ރީތިކޮށް ހަދާފައި ހުއްޓަސް، އިތުބާރާއި މިނިވަންކަން އޮތީ މެންބަރުންގެ އަތުގައި

ގައުމެއް ނުވަތަ މުޖުތަމައު އެއް ހަލާކުވެދަނީ އެތަނެއްގައި ދިރިއުޅޭ މީހުންގެ އަމަލުތަކުގެ ސަބަބުންނެވެ. ހަމަ މި ބީދައިން، ކޮމިޝަންތަކާއި ވަކިވަކި ފަރުދުންގެ އިތުބާރު ގެއްލިގެން ދަނީ ވެސް އެތަނެއް ނުވަތަ އެމީހެއްގެ އަމަލުތައް ހުންނަ ގޮތެއްގެ ސަބަބުންނެވެ. ކިތަންމެ ވަރަކަށް ބޭރުފުށުގައި މިނިވަންކަމުގެ ފުށް ޖަހައިގެން ތިބި ނަމަވެސް އެތެރޭގައި، އަޅުވެތިކަމުގެ ނަޖިސް ފޯލިތައް ފަތުރާލެވިފައި ވާނަމަ އެއީ އަދި ތާހިރުތަނަކަށް ނުވާނެ އެވެ.

އަބުރުރައްކާތެރި ކުރުމުގެނަމުގައި ވަކި ބަޔަކު ހިންގަމުންދާ ޚިޔާނާތާއި ވައްކަމާއި ޖަރީމާތަކުގެ ވާހަކަ ދެއްކިޔަނުދޭން ފާސްކުރި ގާނޫނު ބުނާ ގޮތުން ފާޑުކިޔޭނީ ކޮމިޝަނުން ކުރާ މަސައްކަތްތަކަށެވެ. ކޮމިޝަނުގެ ވަކިވަކި މެންބަރުންނަށް ފާޑެއް ނުކިޔޭނެ އެވެ. ޒަމީރު ގަބޫލުނުކުރާ އަދި ދުނިޔެ ގަބޫލުނުކުރާ މި ގާނޫނު ފާސްކޮށްގެން، މިގައުމުގެ މަތީ ފަޑީގައި ތިބި ވަގުން ހީކޮށްގެން ތިބެނީ އެމީހުންނާ ހަމައަށް ރައްޔިތުންނަށް ނުދެވޭނެ ކަމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން ވެސް އެމީހުންގެ މުށު ތެރޭގައި އޮތީތީވެ އެވެ.

މި ގައުމުގައި ޚިޔާނާތާއި، ނުހައްގުން މުއްސަނދިވުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާ ހޯދުމާއި ހޯދައިދިނުން އިންތިހާ އަށް މިވަނީ ގޮސްފަ އެވެ. އަންހެނުން ވިއްސަން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއި ހަމައިން ގޮސް، ސިފައިންގެ ބަޑި ގުދަނާ ހަމައަށް ޚިޔާނާތްތެރިވުން މިގައުމުގައި މި އޮތީ ވަކި ހިއްޕާލާފަ އެވެ.

ކޮރަޕްޝަން މިގައުމުން ފޮހެލުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަސް މެންބަރުންނެވެ. މިނިވަން ބޯޑު ކަރުގައި އެލުވައިގެން ތިބެ މިނިވަންކަމުގެ ކަންފުޅެއް ވެސް އަމަލުތަކުން ފެންނާން ނެތީމަ އެވެ. ލަގްޒަރީ ފްލެޓާއި، އެވޯޑްތަކުން ޖަރީވެގެން ތިބީމަ އެވެ. ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ދިވެހި ރައްޔިތުންނަށް ޣައްދާރުވަމުންދާތީއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އަމަލުތައް ހުރި ގޮތުގެ ވާހަކަ ދައްކާލަން ހަމަ އެންމެ މިސާލެއް ކިޔާލަ ދޭނަމެވެ.

ލޫތުގެފާނުގެ ގައުމު، ސަދޫމުގެ ވާހަކައަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. ހިމާރެއް ފޭރިގެން ގާޒީ ކައިރިއަށް ދިއުމުން އެ މައްސަލައިގައި ގާޒީ ނިޔާ ކަނޑައެޅުއްވި ގޮތަށް ފިކުރުކޮށްލަ ބައްލަވާށެވެ. ހެޔޮ ނިޔަތުގައި ކަމެއް ކުރާ މީހަކު ކުށްވެރިނުވާނެ ކަމަށް ބުނެ ކުރި ހުކުމުގެ ވާހަކައަކީ މިގައުމުގެ ފަނޑިޔާރުގެތަކުން މިސާލު ނަގައިގެން ދައްކަމުންދާ އާންމު ވާހަކައެކެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ބެހުމަށް ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން ބައެއް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދީދީގެ ސަދަގާތު ފައުންޑޭޝަނުން ބެހި މައްސަލަ ތަހުގީގުކޮށް އޭސީސީން ނިންމި ނިންމުން ވެސް ބިނާވެފައިވާ އޮތީ ސަދޫމުގެ ގާޒީގެ ނިންމުމާ އެއްގޮތަށެވެ. އެއްވެސް މީހަކަށް އަނެކާގެ ނިޔަތް ސާފުކޮށް ބުނަން ނޭނގޭނެތީ، އިސްލާމީ ޝަރީއަތުގެ އުސޫލުތައް ބައްޓަންކުރެވިފައިވަނީ ބޭރު ފުށަށެވެ.

ނަމަވެސް އޭސީސީން މައްސަލަ ނިންމީ ސަދަގާތު ފައުންޑޭޝަނުން ކަދުރު ބެހީ ދަރުމައަށް ހެޔޮ ނިޔަތުގައި ކަމަށެވެ. ހިމާރު ފޭރުނު މީހާ ވެސް އެކަން ކުރީ މަގުމައްޗަށް އެކަނިމާއެކަނި ހިމާރެއް ދޫކޮށްނުލާން ވެގެންނެވެ. އެއީ ހެޔޮ ނިޔަތެވެ. އޭގެ ވެރިފަރާތަކީ ކާކުތޯ ބަލާނެ ކަމެއް ވެސް ނެތެވެ. އަތު ޖެހުނު ނޮޅާލައިގެން ކާންވީ އެވެ. ހަލާލެއް ހަރަމެއް ބަލާނެ ކަމެއް ނެތެވެ.

އޭސީސީގެ ނިންމުމުގައި ބުނެފައިވަނީ ސަޢުދީ ސަރުކާރުން ފޮނުވި ކަދުރުގެ ތެރެއިން، ފަޤީރުންނާއި ނިކަމެތިންނަށް ބެހުމަށްޓަކައި މުލީއާގެއާ ކަދުރު ޙަވާލުކޮށްދިނުމަށް މުލީއާގެއިން ފިނޭންސް މިނިސްޓްރީގައި އެދުމުން 500 ފޮށި ކަދުރު މުލީއާގެއާ ޙަވާލުކޮށްފައިވާއިރު، ފަގީރުންނާއި ނިކަމެތިންނަށް ދަރުމައަށް ކަދުރު ބެހުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް މުލީއާގޭގައި އެދިފައިވާ ފަރާތްތަކަށް މުލީއާގެއިން ކަދުރު ޙަވާލުކޮށްފައިވާ ކަމާއި، މިކަން މިގޮތަށް ކޮށްފައިވަނީ އަވަހަށް ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި މައްސަލައިގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް އޭސީސީން ނިންމި އިރު، އޭސީސީ އިން ރައްޔިތުންގެ ހަގީގީ ކަންބޮޑުވުމަށް އެޑްރެސް ކޮށްފައެއް ނުވެ އެވެ. ކަދުރުގެ މައްސަލަ މައްސަލައަކަށް ވެގެންދިޔައީ، ސަދަގާތު ފައުންޑޭޝަންގެ ހެޔޮ އެދުންތަކާއެކު ކަމަށް ޖަހާފައިވާ ބޮޑު ކަރުދާސްގަނޑެއް ކަދުރު ޕެކެޓުގައި ތަތްކޮށްގެން ބަހާފައިވާތީ އެވެ. ސައުދީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދިން ކަދުރަކީ ސަދަގާތު ފައުންޑޭޝަނުން ދޭ އެއްޗެއްގެ ގޮތުގައި ހަދަން މަސައްކަތް ކޮށްފައިވާތީ އެވެ. ދައުލަތުގެ މުދަލުގައި، އެމްއާރްޑީސީގެ ވެހިކަލްތަކުގައި ކަދުރު ހިފައިގެން ގޮސް، ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ވެއްދިކަން އެއީ ހަގީގަތެވެ.

ދެވަނަ ކަމަކީ މުލިއާގެއިން އެދުމުން އެ ގެއަށް ކަދުރު ދިނުމެވެ. މައްސަލައެއް ނެތެވެ. އިސްލާމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގައި ކަދުރުކޮޅު ބަހާލެވޭ ވަރަށް ވަސީލަތް ނެތިގެން މުލިއާގެއާ ކަދުރު ހަވާލުކުރީ އެވެ. މުލީއާގޭގައި އޮފީސް ހައްދަވައިގެން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. މެޑަމް ފާތުންގެ ފައުންޑޭޝަން ނޫން އެހެން ޖަމިއްޔާއަކަށް ކަދުރު ބެހުމުގެ ފުރުސަތު އޮތް ކަން އެނގިފައެއް ނެތެވެ. އެހެންކަމުން، މިއީ ހަމަ ސީދާ ވަކި ޖަމިއްޔާއެއް މެދުވެރިކޮށް މިކަން ކުރަން ކޮށްފައިވާ ކަމެއް ކަން އެނގެ އެވެ.

ނަމަވެސް، މިއިން އެއްވެސް ކަމަކަށް އޭސީސީގެ ތަހުގީގު ނިންމައި ނެރުނު ބަޔާނުގައި އަލިއަޅުވާލާފައެއް ނުވެ އެވެ. މިވަރުގެ ސާފު މައްސަލައެއް މިގޮތަށް ނިންމި އިރު، އެމްއެމްޕީއާރްސީގެ ތަހުގީގު ފަދަ ބޮޑު ތަހުގީގެއް މިނިވަންކަމާއެކު އޭސީސީ އިން ކުރާނެ ކަމުގެ އިތުބާރު އެބައޮތްތޯ އެވެ؟ މި މައްސަލަ ވެސް އޭސީސީގެ މުވައްޒަފުން ތަހުގީގުކޮށް ނިންމައި، ކޮމިޝަނަރުންގެ މޭޒާ ހަމައަށް ފޮނުވިއިރު، މައްސަލަ ނިކަން ރަނގަޅަށް ސާބިތުވެ އެވެ. ނަމަވެސް، އެހާ ހިސާބުން އަކުރުތަކުން ފިލިތަކުން ބަދަލުކުރަމުން ގޮސް އެންމެފަހުން ކޮރަޕްޝަން އެކުލެވިގެންނުވާ ކަމަށް ނިންމީ އެވެ.

ކިތަންމެ ރީތި ދިދައެއް ނަގައި، ސާފު ބިއްލޫރީގެ ނަން ބޯޑެއް އަޅުވާފައި ހުއްޓަސް އެތަނެއް މިނިވަނެއް ނުވާނެ އެވެ. ތަނެއް މިނިވަން ވާނީ އެތަނުގައި ތިބޭ ބައެއްގެ އަމަލުތަކުން މިނިވަންކަމުގެ ކުލަ ފެންނަ ނަމަ އެވެ. ގާނޫނުގައި އޭސީސީއަކީ މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް، އެތަނުގައި ތިބޭ އިންސާނުން މިނިވަން ނޫން ނަމަ މުޅި ކޮމިޝަނަކީ މިނިވަންތަނެކޭ ބުނެވޭނެ ތޯ އެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!

ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!

08 ޖުލައި 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު