Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

ރޮޑްރީގެ ފޯކަސް އޮތީ ރިކަވަރީ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީގެ އަމިއްލަ ދަނޑުގައި އެ ޓީމުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ވަނީ އަނިޔާވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2024 | ބުރާސްފަތި 05:10
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ރޮޑްރީ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ރޮޑްރީ

މިވަގުތު އޭނާގެ ވިސްނުން ހުރީ އަނިޔާ އިން ރިކަވާ ވުމަށް ކަމަށާއި، އިތުރު އެހެން ކަމަކަށް އެއްވެސް ވިސްނުމެއް ނެތް ކަމަށް، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ރޮޑްރީ ބުނެފި އެވެ.

އޭނާ މިހެން ބުނީ މެންޗެސްޓަރ ސިޓީ ގައި އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ. އެގޮތުން ސިޓީ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮޑްރީ ބުނީ، މިހާތަނަށް އައިއިރު އައު އެއްބަސްވުމެއްގެ ވާހަކަ ސިޓީ އާއެކު ދައްކާފައި ނުވާނެ ކަމަށެވެ. އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ފެށި ނުވާކަން ފާހަގަކޮށް ރޮޑްރީ ބުނީ، އޭނާ ހުރީ އަނިޔާގައި ކަމަށެވެ. އެހެންކަމުން ސިޓީގެ އެއްބަސްވުން އައު ކުރުމަކީ މިވަގުތު އޭނާ އިސްކަން ދޭ ކަމެއް ނޫން ކަމަށް ވެސް ރޮޑްރީ ބުންޏެވެ. އޭގެ ބަދަލުގައި އޭނާ ބޭނުން ވަނީ އެންމެ ފުރިހަމަ އަށް އަނިޔާ އިން ރިކަވާ ވުމަށް ކަމަށާއި، އެއަށްފަހު ކަންތައް ވާނެ ގޮތެއް ބަލަން ޖެހޭނެ ކަމަށް ރޮޑްރީ ބުންޏެވެ.

ރޮޑްރީ އަށް އަނިޔާވެފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީގެ އަމިއްލަ ދަނޑުގައި އެ ޓީމުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ވަނީ އަނިޔާވެފަ އެވެ. އެ އަނިޔާގެ ސަބަބުން މިހާރު ރޮޑްރީ ހުންނަނީ ކުޅުމާ ދުރުގަ އެވެ. އަދި އޭނާ އަންނަނީ އަނިޔާ އިން ރިކަވާ ވުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ. އަނިޔާގެ ސަބަބުން މި ސީޒަންގެ ބާކީ އޮތް ބައިގައި ރޮޑްރީ އަށް ނުކުޅެވޭނެ ކަމަށް މީޑިއާ ތަކުގައި ރިޕޯޓުކުރި ނަމަވެސް، ރޮޑްރީ ބުނެފައިވާ ގޮތުގައި އޭނާ އަށް މި ސީޒަންގައި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމުގެ އުންމީދު އެބަ އޮތެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރި ރޮޑްރީ އަކީ ސިޓީގައި ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ. ސިޓީ އާއެކު ރޮޑްރީ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮއްވާ، ސިޓީން ރޮޑްރީގެ އެއްބަސްވުން އައު ކުރަން ބޭނުންވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ރޮޑްރީ ވަނީ މިހާތަނަށް ސިޓީ އަށް ކުޅެދިން 260 މެޗުގައި 26 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ 11 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮނާކޯވެސް އޮތީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އަޒުމުގައި: ޖާޑިމް

މޮނާކޯވެސް އޮތީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އަޒުމުގައި: ޖާޑިމް

03 މެއި 2017
ވިކްޓްރީ އޮތީ އުނދަގޫ ހާލަތެއްގައި، މާޒިޔާ އަތުން މޮޅުވާން އެބަޖެހޭ: ސުޒެއިން

ވިކްޓްރީ އޮތީ އުނދަގޫ ހާލަތެއްގައި، މާޒިޔާ އަތުން މޮޅުވާން އެބަޖެހޭ: ސުޒެއިން

23 އެޕްރީލު 2017
އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

16 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު