Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އަކަށް ނާހިލް ހަމަޖައްސައިފި

އުމުރުން 24 އަހަރުގެ ނާހިލް ވެގެންދާނީ އެފްއޭއެމްގައި އެ ފަދަ އިސް މަގާމެއް އަދާ ކުރާ އެންމެ ޒުވާން ފަރާތަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2024 | ބުދަ 04:48
އެފްއޭއެމްގެ ކުރީގެ ރައީސް ޓޮމް އަދި އެފްއޭއްމެގެ ޖެނަރަލް ސެކްރެޓަރީ އަކަށް ހަމަޖެއްސި ނާހިލް

އެފްއޭއެމްގެ ކުރީގެ ރައީސް ޓޮމް އަދި އެފްއޭއްމެގެ ޖެނަރަލް ސެކްރެޓަރީ އަކަށް ހަމަޖެއްސި ނާހިލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީގެ މަޤާމަށް، ނާހިލް އަޙުމަދު ސިއްދީޤު ހަމަޖައްސައިފި އެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން އެ މަގާމަށް ނާހިލް ހަމަޖައްސަން ނިންމީ، އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވަޒީފާގެ ފުރުސަތުގައި އެކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން، ޖެނަރަލް ސެކްރެޓަރީ އަކަށް އެންމެ ޤާބިލު މީހަކީ ނާހިލް ކަމަށްވާތީ އެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާ އަދި ވަނަވަރަށް ބަލާފައިވާއިރު، އެ މަގާމަށް ކުރިމަތިލީ މީހުންގެ މެދުގައި ވަނީ އިންޓަވިއުއެއް ވެސް ބާއްވައިފަ އެވެ.

އުމުރުން 24 އަހަރުގެ ނާހިލް ވެގެންދާނީ އެފްއޭއެމްގައި އެ ފަދަ އިސް މަގާމެއް އަދާ ކުރާ އެންމެ ޒުވާން ފަރާތަށެވެ. އެންމެ ފަހުން ނާހިލް ހުރީ ސިޔާސީ މަޤާމެއްގަ އެވެ. އެގޮތުން އޭނާ ވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޕޮލިޓިކަލް ޑިރެކްޓަރުގެ ވަޒީފާ އަދާ ކޮށްފަ އެވެ. އެ ވަޒީފާގެ ކުރިން ނާހިލް ވަނީ އެފްއޭއެމްގައި ވެސް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ނާހިލް ވަނީ އެފްއޭއެމްގެ ކޮމްޕެޓިޝަމން ޑިޕާޓްމަންޓުގައި މަސައްކަތްކޮށް، އެ ޑިޕާޓްމަންޓު ވަގުތީ ގޮތުން ހިންގުމާ ވެސް ހަވާލުވެފަ އެވެ.

ނާހިލް ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖުމަންޓުގެ ދާއިރާ އިން ފުރަތަމަ ޑިގުރީ އަދި މާސްޓަސް ޑިގުރީ ފުރިހަމަ ކޮށްފަ އެވެ. މީގެ އިތުރުން ނާހިލް ވަނީ ރާއްޖޭގެ ޒުވާން ޤައުމީ ޓީމުގައި ވެސް ކުޅެފަ އެވެ. ފުޓުބޯޅައިގެ އެކި ކަންކަމުގައި މަސައްކަތް ކުރަމުން އަންނަ ނާހިލް ވަނީ، އެންމެ ފަހުން 16 އަހަރުން ދަށުގެ ޤައުމީ ޓީމު އޭއެފްސީ މުބާރާތުގެ ކޮލިފިކޭޝަންގައި ވާދަކުރުމަށް ދިޔައިރު، އެ ޓީމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ނާހިލްގެ ކުރިން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުރީ މުޙައްމަދު ޖައުޝަން ޝަރީފު (ޖައު) އެވެ. އެ މަގާމަށް ޖައު ހަމަޖެއްސީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ޙުސެއިން ޖަވާޒު (ޖަވާ) އިސްތިއުފާ ދެއްވުމާާ ގުޅިގެންނެވެ. ވަގުތީ ގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުރި ޖައުގ ދައުރު ހަމަވެފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު