Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަކީ ހަގީގަތަކަށް ހެދޭނެ ޓާގެޓެއް ނޫން: އިޒްރޭލު

12 ނޮވެމްބަރު 2024 | އަންގާރަ 09:04

އިޒްރޭލުގެ އައު ޚާރިޖީ ވަޒީރު، ފަލަސްތީނުގެ މިނިވަންކަމާ ބެހޭ ގޮތުން އުއްމީދު ގެއްލޭފަދަ މޭރުމަކުން ޖެރޫސަލަމްގައި ވާހަކަދެއްކެވި އިރު، އަރަބި އަދި މުސްލިމު ލީޑަރުން ސަޢޫދީ އަރަބިއްޔާ އަށް ޖަމާވެ، ޣައްޒާ އާއި ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ހަނގުރާމަތައް ކުށްވެރި ކުރައްވާ، މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވަވާފައި

ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2024 | އަންގާރަ 09:04
ފަލަސްތީނަށް ތާއީދު ކޮށް ބޭއްވި މުޒާހަރާ އެއްގައި އަންހެނަކު ފަލަސްތީނުގެ ދިދަ ހިފައިގެން

ފަލަސްތީނަށް ތާއީދު ކޮށް ބޭއްވި މުޒާހަރާ އެއްގައި އަންހެނަކު ފަލަސްތީނުގެ ދިދަ ހިފައިގެން

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަކީ "ހަގީގަތަކަށް ހެދޭނެ" ޓާގެޓެއް ނޫން ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓަރ ގިޑޯން ސާރް ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ޣައްޒާގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމް ކުރުމުގެ އަޑުތައް ދުނިޔޭގައި ވަނީ ގަދަވެފައެވެ.

Advertisement - worldAdvertisement

އަލަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު ކަމަށް އައްޔަން ކުރެވުނު ސާރް ފަލަސްތީނުގެ މިނިވަން ދައުލަތާ ބެހޭ ގޮތުން ވިދާޅުވީ، "މިއަދު މިއީ ޙަޤީޤަތާ އެއްގޮތް ޚިޔާލެއް ކަމަކަށް އަހުރެން ނުދެކެން، އަދި އަހުރެމެން ޖެހޭނީ ޙަޤީޤަތާ އެއްގޮތަށް ވިސްނަން." ކަމަށެވެ.

މިއީ ފަލަސްތީނު މިނިވަން ދައުލަތެއް ގޮތުގައި ކަނޑައަޅާ އޭގެ ބަދަލުގައި އިޒްރޭލާއި އަރަބި ޤައުމުތަކާ ދެމެދުގެ ގުޅުން އާންމު ޙާލަތަކަށް ގެނައުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ދެއްކެވި ވާހަކައެއް ކަމަށް އަލް އަރަބިއްޔާ އިން ބުނެފައިވެއެވެ.

ސާރް އިތުރަށް ވިދާޅުވީ ފަލަސްތީނު ދައުލަތް ވެގެން ދާނީ "ހަމާސްގެ ދައުލަތަކަށް" ކަމަށެވެ. ހަމާސް އަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އިޒްރޭލާ ދެކޮޅަށް ޖިހާދު ކުރަމުންދާ ޖަމާއަތެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް އިއުލާނު ކުރުމާއި، އަރަބި ގައުމުތަކާއި އިޒްރޭލާ އޮންނަ ގުޅުން "ނޯމަލައިޒް" ކުރުމުގެ މަސައްކަތަކީ ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި އޭނާގެ ބެއްލެވުމުގެ ދަށުން 2020 ވަނަ އަހަރު އެކުލަވާލެވުނު "އަބްރަހަމް އެކޯޑްސް" ގެ ބައެކެވެ. އަދި މިދިޔަ ހަފްތާގައި ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރެއްވުމާއެކު މި މަސައްކަތް އަލުން ފެށިދާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެފައިވެއެވެ.

އިޒްރޭލުގެ އައު ޚާރިޖީ ވަޒީރު، ފަލަސްތީނުގެ މިނިވަންކަމާ ބެހޭ ގޮތުން އުއްމީދު ގެއްލޭފަދަ މޭރުމަކުން ޖެރޫސަލަމްގައި ވާހަކަދެއްކެވި އިރު، އަރަބި އަދި މުސްލިމު ލީޑަރުން ސަޢޫދީ އަރަބިއްޔާ އަށް ޖަމާވެ، ޣައްޒާ އާއި ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ހަނގުރާމަތައް ކުށްވެރި ކުރައްވާ، މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވަވާފައެވެ.

ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ބާރުއެޅުމަށް އައު "ބައިނަލްއަޤްވާމީ އިއްތިހާދު" އެއް އުފައްދާ އެ އިއްތިހާދުގެ ބައްދަލުވުމެއް ސައުދީ އަރަބިއްޔާގެ ރިޔާޛު ގައި އޮކްޓޯބަރު މަހުގެ ފަހުކޮޅު ވަނީ ބާއްވާފައެވެ.

އިޒްރޭލުން ފަލަސްތީނުގެ މިނިވަންކަމަށް ހުރަސް އަޅަމުން ދިޔަ ނަމަވެސް ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ގައުމުތައް ދަނީ އިތުރުވަމުންނެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

3

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

4

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

5

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

އިތުރަށް ކިޔާލަން

24 މާރިޗު 2017

ހުސްނީ މުބާރަކް މިނިވަން ކޮށްފި

24 މާރިޗު 2017
ހުސްނީ މުބާރަކް މިނިވަން ކޮށްފި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް