Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެންޑަރ މިނިސްޓްރީ

އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފްތިތާޙް ކޮށްފި

މި އެކްޝަން ޕްލޭންއަކީ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ފުރަތަމަ ފަހަރަށް އެކުލަވާލި އެކްޝަން ޕްލޭނެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 އޯގަސްޓު 2017 | ބުރާސްފަތި 19:42
މިނިސްޓަރ ޒެނިޝާ އާއި މެޑަމް ފާތުން

މިނިސްޓަރ ޒެނިޝާ އާއި މެޑަމް ފާތުން

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން ކަމާބެހޭ ދާއިރާތަކާއެކު، އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙް ކޮށްފިއެވެ. ބުރާސްފަތި ދުވަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެކްޝަން ޕްލޭން އިފްތިތާޙް ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ "އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި މިފަދަ ޕްލޭނެއް އެކުލަވާލުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި ޕްލޭންގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ ތަންފީޒީ އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ކޯޑިނޭޝަން ވަރުގަދަވެ، ޚާއްޞަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ލަސްނުވެ ލިބިގެންދިއުން" ކަމަށެވެ. އަދި، އަނިޔާގެ ސަބަބުން ކުދިންނަށް އަންނަ ބަދަލުތައް ނުވަތަ ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަމުގެ ނިޝާންތައް ދެނެގަނެ އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ލަސްނުކޮށް ގެނެސްދެއްވުމަށް ވެސް މިނިސްޓަރ ޒެނީޝާ އިލްތިމާސްކުރެއްވިއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ. އެލިސް އަކުންގާގެ ވާހަކަފުޅުގައި، އ.ދ.ގެ ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި، އެބޭފުޅާގެ 3 އަހަރު ދުވަހުގެ މުއްދަތުގައި މިދާއިރާއިން ހޯދަމުންދާ ކާމިޔާބުތައް ފާހަގަކުރައްވައި، މިފަދަ މަސައްކަތްތައް ކުރިއަށް އޮތްތަނުގައިވެސް ހަލުވި ދުވެއްޔެއްގައި ކުރިޔަށްގެންދެވުމަށް ހިތްވަރު ދެއްވަމުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ރާއްޖޭގެ ކަމާބެހޭ ދާއިރާތަކާއެކު ޔުނިސެފުން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެކަމުގައި ވިދާޅުވިއެވެ.

ޤައުމީ މަހާސިންތާގެ ބައިވެރިންގެ ފަރާތުން ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ މުޝްރިފް ވާއިޟް އައްޝައިޚް ޢިއްޒުއްދީން އަދުނާން ވިދާޅުވީ ކުޑަކުދިން އިސްލާޙުކުރުމުގެ ގޮތުން އެކުދިންނަށް އަދަބު ދިނުމުގައި ނުވަތަ އެނޫންވެސް ގޮތެއްގައި، ކުޑަކުދިންނަށް އަނިޔާކުރުމަކީ އެއްވެސް ހާލަތެއްގައި އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫންކަމަށާއި، މިކަމާގުޅޭގޮތުން މުޖުތަމަޢުގައި އުފެދިފައިވާ ކުށްހީތައް ނައްތާލަން ޖެހޭކަމަށެވެ.

އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި މި އެކްޝަން ޕްލޭނަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ރާއްޖޭން ބޭރުގެ ފަރާތްތައް ހިމެނޭގޮތަށް 59 ބައިވެރިންނާއެކު، މިމަހު 15 އިން 17 އަށް ބޭއްވި ޤައުމީ މަހާސިންތާގައި މަޝްވަރާކުރުމަށް ފަހު ކުރިއަށް އޮތް 2 އަހަރު ދުވަހަށް އެކުލަވާލެވިފައިވާ ޕްލޭނެކެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު