Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދަ ބޭކާސްގެ އާ އައުޓްލެޓް

ރާއްޖޭގެ ފުރަތަމަ 24 ގަޑިއިރު ޚިދުމަތްދޭ ބޭކަރީ އާއި އެކު " ދަ ބޭކާރސް" އާ ހަރުފަތަކަށް!

9 ނޮވެމްބަރު 2024 | ހޮނިހިރު 14:42

ހޮނިހިރު ދުވަހު ހަވީރު ހުޅުވި އެ އައުޓްލެޓަކީ ދަ ބޭކާރސްގެ 5 ވަނަ އައުޓްލެޓެވެ. މި އައުޓްލެޓް ހުޅުވާފައި ވަނީ ސޯސަންމަގުގައެވެ. މި އައުޓްލެޓްގެ ޚާއްސަކަމަކީ ދަ ބޭކާރސް ސެލެކްޓް މެދުވެރިކޮށް މުޅިން އަލަށް ތައާރަފްކުރާ ބަރގަރތައް ލިބެން ހުރުމެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ނޮވެމްބަރު 2024 | ހޮނިހިރު 14:42
" ދަ ބޭކާރސް" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

" ދަ ބޭކާރސް" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ ފުރަތަމަ 24 ގަޑިއިރު ޚިދުމަތްދޭ ބޭކަރީ އާއި އެކު "ދަ ބޭކާރސް"ގެ މުޅިން އާ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.

މި އައުޓްލެޓް ހުޅުވުމުގެ ގޮތުން ކަސްޓަމަރުންނަށް ދަ ބޭކާރސްގެ ޕްރޮޑަކްޓްތަކުގެ ރަހަ ދައްކާ ލުމާއި، ރޮބޯމޭންގެ ޚާއްސަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހޮނިހިރު ދުވަހު ހަވީރު ހުޅުވި އެ އައުޓްލެޓަކީ، ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ "ދަ ބޭކާރސް"ގެ 5 ވަނަ އައުޓްލެޓެވެ. މި އައުޓްލެޓް ހުޅުވާފައި ވަނީ ސޯސަންމަގުގައެވެ.

އެ އައުޓްލެޓާއި ގުޅޭގޮތުން ރާއްޖެ އެމްވީ އާއި މައުލޫމާތު ހިއްސާކުރައްވަމުން ދަ ބޭކާރސްގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން، ހަސަން ޖަލާލް ވިދާޅުވީ މި އައުޓްލެޓްގެ ޚާއްސަކަމަކީ ދަ ބޭކާރސް ސެލެކްޓް މެދުވެރިކޮށް މުޅިން އަލަށް ތައާރަފްކުރާ ބަރގަރތައް ކަމަށެވެ. އެބަރގަތައް ތައާފްކުރަނީ ކޮމްބޯ މީލްތަކެއްގެ ސިފައިގައި ކަމަށް ވީ ނަމަވެސް ވަކިން ވެސް މި ބަރގަތައް ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މި ބަރގަރތަކުގެ 3 ފްލޭވަރ އެއް ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދަ ބޭކާރސްގެ އެހެނިހެން އައުޓްލެޓްތަކާއި ޚީލާފަށް އެތަނަށް ގޮސްގެން ޑައިނިންގ ކުރުމުގެ ފުރުސަތު މި އައުޓްލެޓުން ލިބިގެންދާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެކަން އެގޮތަށް ކޮށްފައި ވަނީ އަބަދުވެސް ކަސްޓަމަރުންނަށް ލިބޭ ޚިދުމަތް އިތުރަށް ފުޅާކޮށް ހިތްގައިމުކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އަވަދިނެތި އުޅޭ މީހުންނަށް މިތަނުން އަވަސް، އަދި ހިތްފަސޭހަ ތަޖުރިބާއެއް ލިބިގެންދޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިތަނުން ލިބެން ހުންނަ ބުއިންތަކުގެ ތެރޭގައި އެކި ބާވަތުގެ ސޮފްޓް ޑްރިންކްސް، ކުޑަކުދިންނަށް ކަމުދާނެ ފަދަ ޖޫސްތަކާއި، ތާޒާ ޖޫސް ހިމެނެއެވެ. މިތަނުން ދަ ބޭކަރސްގެ އެހެން އައުޓްލެޓްތަކުން ލިބޭ ހުރިހާ ޚިދުމަތެއް ލިބިގެންދާނެއެވެ. އަދި ދާދިއަވަހަށް ޚާއްސަ އައިސްޓީ އެއް ތައާރަފްކުރާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ދަ ބޭކަރސްގެ މި އައުޓްލެޓަކީ ތަފާތު އަދި ހިތްގައިމު އިންޓީރިއާއަކާއި އެކު ތައްޔާރުކޮށްފައިވާ، ހުރިހާ އުމުރުފުރާތަކަކަށް ކަމުދާނެ ފަދަ ކެއިންބުއިމުގެ ބާވަތްތައް ލިބެން ހުރި ތަނެކެވެ. އަދި މިތަނުން ލިބެން ހުރި ޕްރޮޑަކްޓްތަކަކީ މާކެޓް ރޭޓްތަކަށް ބަލާ އިރު އަގު ހެޔޮ އެހެން ނަމަވެސް މީރު ރަހަތައް އެކުލެވޭ ބާވަތްތަކެކެވެ.

ދަ ބޭކަރސްގެ މި އައުޓްލެޓްގެ އިތުރުން ދެން ހުޅުވާފައިވާ އައުޓްލެޓްތަކުގެ ތެރޭގައި ހިމެނެނީ މއ.އަހްމަދިއްޔާ ކައިރީގައި ހުރި އައުޓްލެޓާއި، ގ.ސަހަރާ ކައިރީގައި ހުރި އައުޓްލެޓް އަދި ލޮނުޒިޔާރަތް މަގު ކަލާފާން ކައިރީގައި ހުރި އައުޓްލެޓްގެ އިތުރުން ހުޅުމާލެ ރެހެނދި ސްކޫލް ކައިރީގައި ހުރި ދަ ބޭކާސްގެ އައުޓްލެޓްއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް