Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދަ ގެސްޓް ފިހާރަ

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

ސިސްޓެމާ އަކީ ނިއުޒިލެންޑްގެ ބްރޭންޑެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 9 ފެބުރުއަރީ 2017 | ބުރާސްފަތި 15:54
ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ

ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ

ދަ ގެސްޓުން ރާއްޖޭގެ މާކެޓަށް ސިސްޓެމާގެ ކާނާ ރައްކާކުރާ ޕްލާސްޓިކް ވެޔަރ ކޮންޓެއިނަރއެއް ތައާރަފްކޮށްފި އެވެ.

ނިއުޒިލެންޑްގެ ބްރޭންޑެއް ކަމުގައިވާ، ސިސްޓަމާ ބްރޭންޑަކީ ރައްކާތެރި ޕްލާސްޓިކް ބޭނުންކޮށްގެން އުފައްދާފައިވާ ޕްރޮޑަކްޓަކަށްވާ އިރު މިއީ މައިކްރޯވޭވަށް ލެވޭ ގޮތަށް ފަރުމާކޮށްފައިވާ ކޮންޓެއިނަރއެއް ކަމަށް ދަ ގެސްޓުން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، ދަ ގެސްޓްގެ ސޭލްސް އެންޑް މާކެޓިންގެ މެނޭޖަރ، އިބްރާހިމް ފައިސަލް ވިދާޅުވީ، އަލަށް ރާއްޖޭގެ ބާޒާރަށް ގެނެވުނު މި ޕްރޮޑަކްޓުގެ 27 ސައިޒެއް އެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ބިސްކޯދާއި، ތަރުކާރީ އާއި ބަތް ފަދަ ތަކެތި ރައްކާ ކުރެވޭނެ ކޮންޓެއިނަރތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ އެއްޗަކީ ވެސް ކާނާ ސޭފްކޮށް ބެހެއްޓޭނެ ތަކެތި، މިއީ ކުއަލިޓީ ރަގަޅު ހެޔޮ އަގެއްގައި ލިބެން ހުންނާނެ ޕްރޮޑަކްޓެއް" ފައިސަލް ވިދާޅުވި އެވެ.

ދަ ގެސްޓަކީ ބެޑްޝީޓާއި ތަށި ފަދަ، ތަފާތު ބާވަތްތަކުގެ އިތުރުން ގޭތެރެއަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރައެކެވެ. މީގެ އިތުރުން މީރުވަސް ދުއްވުމަށް ބޭނުންކުރާ އެކި ޕްރޮޑަކްޓްތައް ވެސް އެ ފިހާރައިން ވިއްކައެވެ.

އެ ފިހާރައިން އަލަށް ތައާރަފް ކުރި ސިސްޓެމާއަކީ 30 އަހަރު ވެފައިވާ މިހާރު ވެސް ދުނިޔޭގެ 90 ގައުމަކަށް އެކްސްޕޯޓް ކުރާ ޕްރޮޑަކްޓެކެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2019

ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް ހުޅުމާލެ އަދި ވިލިމާލެއަށް

14 ޖެނުއަރީ 2019
ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް ހުޅުމާލެ އަދި ވިލިމާލެއަށް
27 ނޮވެމްބަރު 2018

މާރކިއުރީ ބްރޭންޑްގެ މުޅިން އައު އިންޖީނުތަކެއް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފި

27 ނޮވެމްބަރު 2018
މާރކިއުރީ ބްރޭންޑްގެ މުޅިން އައު އިންޖީނުތަކެއް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފި
26 ނޮވެމްބަރު 2018

ޔުނައިޓެޑުން ހީސްޓޭންޑް ބްރޭންޑްގެ ބޭކަރީ އުފެއްދުންތައް ރާއްޖެއަށް ތައާރުފުކޮށްފި

26 ނޮވެމްބަރު 2018
ޔުނައިޓެޑުން ހީސްޓޭންޑް ބްރޭންޑްގެ ބޭކަރީ އުފެއްދުންތައް ރާއްޖެއަށް ތައާރުފުކޮށްފި
23 ނޮވެމްބަރު 2018

އެސެޕްސޯ އާއި ބޭބީ ޑޯވް ބްރޭންޑްގެ ޕްރޮޑަކްޓްތައް ލިލީ އިން ތައާރަފުކޮށްފި

23 ނޮވެމްބަރު 2018
އެސެޕްސޯ އާއި ބޭބީ ޑޯވް ބްރޭންޑްގެ ޕްރޮޑަކްޓްތައް ލިލީ އިން ތައާރަފުކޮށްފި
05 ޑިސެމްބަރު 2017

ރާއްޖޭގެ އެންމެ މަގުބޫލު މެރިން އިންޖީނު ބްރޭންޑްގެ މަގާމު މިފަހަރު ވެސް ޑޫސާން ޑައިވޫ އިންޖީނަށް

05 ޑިސެމްބަރު 2017
ރާއްޖޭގެ އެންމެ މަގުބޫލު މެރިން އިންޖީނު ބްރޭންޑްގެ މަގާމު މިފަހަރު ވެސް ޑޫސާން ޑައިވޫ އިންޖީނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު