Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭޓީއެމްގެ ޚިދުމަތް ފުޅާކުރުން

ރާއްޖޭގެ ރަށްރަތަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަކީ ޑިޖިޓަލް އިކޮނޮމީގެ މުހިންމުގެ ތަނބެއް - ސައީދު

މި އޭޓީއެމްތައް އިތުރުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފޯރުކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2024 | ބުރާސްފަތި 11:43
އެމްއައިބީގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭ އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްއައިބީގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭ އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ ރަށްރަތަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަކީ ޑިޖިޓަލް އިކޮނޮމީގެ މުހިންމުގެ ތަނބެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭ އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ އެއީ މާލީ މުހިންމު ޚިދުމަތްތައް އެއް ތަނަކުން ލިބުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ އެއް ބައިވެރިއެއް ގޮތުގައި އިސްލާމިކް ބެންކުން ދެއްވާ އެއްބާރުލުމަށްޓަކާ އެ ބޭންކަށް ސައީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ސައީދު ވަނީ އިގްތިސާދީ ގޮތުން ސަރުކާރުން ގެންނަ މުހިންމު ބަދަލުތަކަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީ ވިދާޅުވީ މިފަދަ މަސައްކަތެއް ފެށުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 39 އޭޓީއެމް އެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން 34 އޭޓީއެމް އަކީ ރުފިޔާ އޭޓީއެމްކަމަށާއި ބާކީ ހުރީ ޑޮލަރ އޭޓީއެމްތައް ކަމަށެވެ. އަދި މިހާރުވެސް އެމްއައިބީގެ 6 ބްރާންޗް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކަމަށް އެނާ ވިދާޅުވިއެވެ. އަލަށް ސޮއިކުރި އެއްބަސްވުމާއި އެކު އިތުރު 23 އޭޓީއެމެއް ބަހައްޓާނެ ކަަމަށާއި އެ އޭޓީ އެމްތައް ބަހައްޓާނީ 19 ރަށެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި އެއްބަސްވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ. އަދި އިސްލާމިކް ބޭންކުގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީއެވެ.

މި އޭޓީއެމްތައް އިތުރުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފޯރުކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު