Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ރައީސް ޔާމީނަށް އެންމެ އުނދަގޫފުޅުވީ ޣައްސާން ދުރަށް ވަޑައިގެންނެވުމުން

ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ތެރޭގައި ޖެހުނު މައްސަލައިގައި ރައީސް ޔާމީން އަދި ރައީސް މައުމޫން ދެބައިވެގެން ދިޔައިރު ވެސް، ޣައްސާން ހުންނެވީ ރައީސް ޔާމީންގެ އަރިހުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ނޮވެމްބަރު 2024 | ބުރާސްފަތި 06:18
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަދި ޣައްސާން، ރައީސް ޔާމީން މިނިވަންވި ދުވަހު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަދި ޣައްސާން، ރައީސް ޔާމީން މިނިވަންވި ދުވަހު

ސިޔާސީ މަސައްކަތުގައި ވަރަށް ގިނަ ބޭފުޅުން އެމަނިކުފާނާ ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާފައި ދުރަށް ވަޑައިގެންފައިވާ ކަމަށާއި، އެންމެ ބޮޑަށް އުނދަގޫފުޅުވީ މިހާރުގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ދުރަށް ވަޑައިގެންނެވުމުން ކަަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންް ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެން-ޕީއެންސީގައި އެމަނިކުފާނަށް ވުރެ ބޮޑަށް އެމްޑީޕީ ސަރުކާރުގެ ކަންކަމާ ފާޑު ވިދާޅުވެފައި ތިއްބެވި ބޭފުޅުން ގޯސް ހެއްދެވުމުން އެކަން ބަލައި ގަންނަން އުނދަގޫ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ މައްސަލަ އާއި، އިންޑިއާ ސިފައިންގެ ވާހަކަ އެމަނިކުފާނު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން ވެސް އެ ބޭފުޅަކު ވަޑައިގެންނެވުމުން އެންމެ ދަތިވާ އެއް ބޭފުޅަކު ނުވަތަ ދެ ބޭފުޅަކު އަންނަ ނަމަ، އެ ބޭފުޅަކީ ޣައްސާން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ސަބަބަކީ އެމަނިކުފާނާ ވަރަށް ގާތްކޮށް ޣައްސާން މަސައްކަތް ކުރައްވާފައިވުން ކަމަށާއި، އެކަން ޤަބޫލު ނުކުރެވޭ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޣައްސާންގެ ބައްޕާފުޅު، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމަކީ ޤައުމަށް ވަރަށް ބޮޑު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި، ވަޒީފާއެއް ނުލިބިގެން ނުވަތަ އާމްދަނީއެއް ނުލިބިގެން ޣައްސާން ވަޑައިގަންނަވަން ނުޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ޣައްސާންގެ ޠަބިއްޔަތުގައި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި "ކޮމްޕޮރިމައިޒް" ވެގެން ހުރެގެން ޚިދުމަތް ކުރައްވަން ހުންނަވަން ނުޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ. އެކަން ޤަބޫލު ކުރަން ވަރަށް ދަތިކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެކުގައި މަސައްކަތް ކުރާ ކޮންމެ މީހަކު ދިޔަ ނަމަވެސް، ދެރަ ވާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ "ފޫނުބެއްދޭ" ވަރުގެ ގެއްލުމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ޤަބޫލު ކުރައްވަ އެވެ. ސިޔާސީ ލީޑަރަކަށް ހުންނަ މީހަކީ ކަންކަމާ ކުރިމަތިލުމުގެ ޤާބިލުކަން ހުރި މީހެއް ނަމަ، މީހުން ބިނާ ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނާ އާއިލީ ގޮތުން ވެސް ގާތް ގުޅުމެއް އޮންނަ ޣައްސާން މައުމޫނަކީ، އަބަދު ވެސް އެމަނިކުފާނުގެ ގާތް ބޭފުޅެެއްގެ ގޮތުގައި ފެނުނު ބޭފުޅެކެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ތެރޭގައި ޖެހުނު މައްސަލައިގައި ރައީސް ޔާމީން އަދި ރައީސް މައުމޫން ދެބައިވެގެން ދިޔައިރު ވެސް، ޣައްސާން ހުންނެވީ ރައީސް ޔާމީންގެ އަރިހުގަ އެވެ. ރައީސް މައުމޫންގެ ހުރިހާ ބޭފުޅުން ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރެއްވިއިރު ވެސް، ޣައްސާން ހުންނެވީ ރައީސް ޔާމީންގެ ފަޅީގަ އެވެ. އޭގެ ތެރެއިން ރައީސް މައުމޫން ޖަލަށް ލީއިރު ވެސް، ޣައްސާން ހުންނެވި ފަޅި ބަދަލު ކުރައްވާފައެއް ނުވެ އެވެ.

އެހެން ނަމަވެސް، މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ރައީސް ޔާމީނާ ދެމެދު ޖެހުނު މައްސަލައިގައި ޣައްސާން ހުންނެވީ ރައީސް މުޢިއްޒުގެ ފަަޅީގަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު